ޝަރުޢީ ދާއިރާގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އަދި ފައިނޭންޝަލް ސްޓޭޓްމަންޓާ ގުޅޭ ބައްދަލުވުން ބާއްވައިފި

 Auditmeeting2016-cover

ޝަރުޢީ ދާއިރާގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓް އަދި ފައިނޭންޝަލް ސްޓޭޓްމަންޓް އާ ގުޅޭ ބައްދަލުވުން މި ޑިޕާޓްމަންޓްގެ ޓްރޭނިންގ ހޯލްގައި މިއަދު  ބާއްވައިފިއެވެ.

މި ބައްދަލުވުމަކީ އޮޓިޑަރ ޖެނެރަލްގެ އޮފީހުން ކުރެއްވި، ޝަރުޢީދާއިރާގެ 2013 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުގެތެރޭގައި ފާހަގަކުރެވުނު ކަންތައްތައްކާގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށްޓަކައި ބޭއްވުނު ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި މަޝްވަރާކުރެވުނު ކަންތައްތަކުގެ ތެރޭގައި ކޮންސޮލިޑޭޓެޑް މާލީ ބަޔާން ތައްޔާރުކުރުމުގެ މުހިންމުކަމާއި، ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގައި ހިމެނޭ ބައިތަކާއި، އަދި މާލީ ބަޔާނަކީ އެއްވެސް އޮޅުމެއް އަދި އޮޅުވާލުންތަކެއްނެތް ބަޔާނަކަށް ހެދުމަށްޓަކައި ދުރާލާ ހިސާބުތައް ބަހަލައްޓައި ރިކޮންސައިލް ކުރުމުގެ މުހިންމުކަމާއި އެކަންކުރާނެ ގޮތްތަކާގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

00

02

2016 ވަނަ އަހަރުގެ ޝަރުޢީދާއިރާގެ ހިސާބުތައް އަދާ ހަމަކުރުމާއެކު ރިކޮންސައިލްކޮށް، އަދި އެކަމަށް ބޭނުންވާ އިންޓަރނަލް ކޮންޓްރޯލްތައް ޤާއިމުކުރެވިފައިވާކަން ޝަރުޢީދާއިރާގެ ފައިނޭންސް އެގްޒެކަޓިވް ކަށަވަރުކޮށް ދެއްވިއެވެ. އަދި މީގެއިތުރުން އަރަންޏާއި ދަރަނީގެ ހިސާބުކިތާބު މިހާރަށްވުރެ ހަރުދަނާކުރުމަށްޓަކައި ބޭނުންވާ ކަންކަން މިހާރުވެސް ކުރެވެމުންދާކަމުގެ މަޢުލޫމާތު ހިއްސާކުރެއްވިއެވެ.

04

އޮޑިޓަރ ޖެނެރަލްގެ އޮފީހުގެ ބޭފުޅުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއަރ ކޯޓުގެ ތަކުގެ ބަޖެޓް ސެކްޝަނުގެ އިސްވެރިންނާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން މި ބައްދަލުވުމުގައި ބައިވެރިވެވަޑައިގެންނެވިއެވެ.