ޝަރުޢީ ދާއިރާއިން 31 ޑިސެމްބަރު 2013 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައް މައިގަނޑުގޮތެއްގައި ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް: އޮޑިޓް ރިޕޯޓް 2013

auditޝަރުޢީ ދާއިރާގެ މުއައްސަސާތަކުން 31 ޑިސެމްބަރު 2013 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައް މައިގަނޑުގޮތެއްގައި ކޮށްފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކަމަށް އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ 2013 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓް ރިޕޯޓުން ހާމަކޮށްފިއެވެ. އެގޮތުން މައިގަނޑުގޮތެއްގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ޝަރުޢީ ދާއިރާގެ މުއައްސަސާތަކުން 31 ޑިސެމްބަރު 2013 އަށް ނިމުނު މާލީ އަހަރުގެ ޚަރަދުތައް ކޮށްފައިވަނީ ރައްޔިތުންގެ މަޖިލީހުން ޑިޕާޓްމަންޓަށާއި ޝަރުޢީ ދާއިރާގެ މުއައްސަސާތަކަށް ފާސްކޮށްދެއްވި ބަޖެޓްތަކުގެ މަޤުޞަދުތައް ޙާޞިލުވާ ގޮތަށް، އެބަޖެޓްތަކުގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ކަނޑައެޅިފައިވާ މިންވަރަށް، ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށް ކަމަށް ރިޕޯޓްގައި ވަނީ ފާހަގަކޮށްފައެވެ.

މި ރިޕޯޓަކީ، ޤާނޫނު ނަންބަރު 2007/4 (އޮޑިޓް ޤާނޫނު) ގެ ދަށުން އޮޑިޓް ކުރެވުނު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ 31 ޑިސެމްބަރު 2013 ގައި ނިމުނު މާލީ އަހަރުގެ އަހަރީ މާލީ ބަޔާންތަކާމެދު އޮޑިޓަރ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތް ބަޔާންކުރެއްވުމަށާއި، ޝަރުޢީ ދާއިރާގެ 2013 ވަނަ އަހަރުގެ ބަޖެޓުން ޚަރަދު ކޮށްފައިވަނީ އެއަހަރަށް ރައްޔިތުންގެ މަޖިލީހުން ޝަރުޢީ ދާއިރާއަށް ފާސްކޮށްދެއްވާފައިވާ ބަޖެޓާ އެއްގޮތަށް، މުއައްސަސާތަކުގެ މަޤުޞަދު ޙާޞިލުވާގޮތަށް، ބަޖެޓްގައި ކަނޑައެޅިފައިވާ ކަންތައްތަކަށް، ބަޖެޓްގައި ޚަރަދުކުރުމަށް ކަނޑައެޅުނު ޙުދޫދުގެ ތެރޭގައި ތޯއާއި، ޝަރުޢީ ދާއިރާގެ މާލީ ކަންކަން ހިންގާފައިވަނީ ދައުލަތުގެ މާލިއްޔަތުގެ ޤާނޫނާއި ޤަވާޢިދާ އެއްގޮތަށްތޯ ބަލައި، ޢަމަލުކުރެވިފައިވާ މިންވަރާމެދު އޮޑިޓަރ ޖެނެރަލް ދެކެވަޑައިގަންނަވާ ގޮތް ބަޔާންކުރައްވައި، އިޞްލާޙުކުރަންވީ ކަންތައްތަކާމެދު އިޞްލާޙީ ފިޔަވަޅު އެޅުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ މާލީ ޒިންމާދާރު އިސްވެރިޔާއަށް ހުށަހެޅުމަށްޓަކައި އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކުރައްވާފައިވާ ރިޕޯޓެކެވެ.

އޮޑިޓުގައި ފާހަގަކުރައްވާފައިވާ މައްސަލަތަކާއި އިޞްލާޙްކުރަން ލަފާދެއްވި ގޮތް

އޮޑިޓަރ ޖެނެރަލްގެ އޮފީހުން ތައްޔާރުކޮށްފައިވާ އޮޑިޓް ރިޕޯޓްގައި މައްސަލައެއްގެ ގޮތުގައި ފާހަގަކޮށްފައިވަނީ، 2013 ވަނަ އަހަރުގެ މާލީ އަހަރުގައި ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައިވާގޮތަށް ހަރުމުދަލުގެ ރަޖިސްޓްރީ ބަލަހައްޓާފައި ނުވުން، މިމައްސަލައެވެ. މިމައްސަލަ ފާހަގަކޮށް، މިކަން އިޞްލާޙްކުރުމަށްޓަކައި، ދައުލަތުގެ މާލިއްޔަތުގެ ޤަވާޢިދުގައިވާ ގޮތަށް މުއައްސަސާއެއްގެ ހުރިހާ މުދަލެއްގެ ރަޖިސްޓްރީއެއް ބަރާބަރަށް ބެލެހެއްޓުމަށާއި، ހަރުމުދަލުގެ ރަޖިސްޓްރީގައި މުދަލުގެ ކޯޑް ނަންބަރު، މުދަލުގެ ފުރިހަމަ ތަފްޞީލު (ބްރޭންޑް، މޮޑެލް ނަންބަރު ނުވަތަ ސީރިއަލް ނަންބަރު) މުދާ ހުރިތަން، ލިބުނު ތާރީޚް، އަގު، އަދި އިތުރު މަޢުލޫމާތު ހިމެނުމަށާއި، ހަރު މުދަލުގެ ރަޖިސްޓްރީގައި މުދަލަކަށް ދީފައިވާ ކޯޑް ނަންބަރު އެމުދަލެއްގައި ޖެހުމަށް ރިޕޯޓްގައި ލަފާދެއްވާފައިވެއެވެ.

މިކަންކަމާގުޅޭގޮތުން ޑިޕާޓްމަންޓުން އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކު 06 ސެޕްޓެމްބަރު 2016 ގައި ބައްދަލުވުމެއް ބާއްވައި، މަޝްވަރާ ކުރެވިފައިވެއެވެ. މިބައްދަލުވުމުގައި ޝަރުޢީދާއިރާގެ 2013 ވަނަ އަހަރުގެ ކޮމްޕްލަޔަންސް އޮޑިޓުގެތެރޭގައި ފާހަގަކުރެވުނު ކަންތައްތައްކާގުޅޭ މަޢުލޫމާތު ޙިއްޞާކޮށް، ކޮންސޮލިޑޭޓެޑް މާލީ ބަޔާން ތައްޔާރުކުރުމުގެ މުހިންމުކަމާއި، ކޮންސޮލިޑޭޓެޑް މާލީ ބަޔާނުގައި ހިމެނޭ ބައިތަކާއި، އަދި މާލީ ބަޔާނަކީ އެއްވެސް އޮޅުމެއް އަދި އޮޅުވާލުންތަކެއްނެތް ބަޔާނަކަށް ހެދުމަށްޓަކައި ދުރާލާ ހިސާބުތައް ބަހަލައްޓައި ރިކޮންސައިލް ކުރުމުގެ މުހިންމުކަމާއި އެކަންކުރާނެ ގޮތްތަކާގުޅޭގޮތުންވެސް މަޝްވަރާ ކުރެވުނެވެ.

އޮޑިޓަރ ޖެނެރަލްގެ އޮފީހާއެކު 06 ސެޕްޓެމްބަރު 2016 ގައި ބައްދަލުވާ ގުޅޭ ޚަބަރު

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno