2014 ވަނަ އަހަރާއި 2015 ވަނަ ކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ އަދަދު އެހެން އަހަރުތަކަށް ވުރެ މަދު !

 crc1

ދިވެހި މުޖުތަމަޢަކީ ކުށްކުރުން މަދު މުޖުތަމަޢަކަށް ހެދުމަށްޓަކައި ދައުލަތުން ގިނަ މަސައްކަތްތަކެއް ކުރަމުންދާއިރު، ފާއިތުވި 2014 ވަނަ އަހަރާއި 2015 ވަނަ އަހަރު ކޯޓުތަކަށް ހުށަހެޅުނު ޖިނާއީ މައްސަލަތަކުގެ ޢަދަދު އެހެން އަހަރުތަކާ އަޅާކިޔާއިރު ވަރަށް ބޮޑުތަން މަދުވެފައިވާކަން ޝަރުޢީދާއިރާގެ ތަފާސްހިސާބުތަކުން ދައްކައެވެ. އެގޮތުން 2014 ވަނަ އަހަރާ 2015 ވަނަ އަހަރު އެކުޖުމްލަ ރާއްޖޭގެ ކޯޓުތަކަށް ހުށަހެޅިފައިވަނީ 4295 ޖިނާއީ މައްސަލައެވެ. އެއީ އެދެއަހަރު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ %11.5 މައްސަލައެވެ. އޭގެ ތެރޭގައި ހިމެނެނީ 2015 ވަނަ އަހަރު ހުށަހެޅުނު 2033 މައްސަލައާއި، 2014 ވަނަ އަހަރު ހުށަހެޅުނު 2262 މައްސަލައެވެ. 2014 ވަނަ އަހަރާއި 2015 ވަނަ އަހަރަކީ ރޫލް އޮފް ލޯ ނެގެހެއްޓުމުގައި ކާމިޔާބު ދެއަހަރުކަން މި ނަތީޖާއިން ހާމަވެގެންދެއެވެ.

މި ނަތީޖާ އޭގެ ކުރީ އަހަރުތަކާ އަޅާކިޔާއިރު، 2012 ވަނަ އަހަރާ 2013 ވަނަ އެކުޖުމްލަ 5352 މައްސަލަ ޖިނާއީ މައްސަލައިގެ ގޮތުގައި ކޯޓުތަކަށް ވަނީ ހުށަހެޅިފައެވެ. އެއީ 2013 ވަނަ އަހަރު ހުށަހެޅުނު 2971 މައްސަލައާއި 2012 ވަނަ އަހަރު ހުށަހެޅުނު 2381 މައްސަލައެވެ

ތަފާސްހިސާބުތަކަށް ބަލާއިރު އެންމެ ގިނައިން ޖިނާއީ މައްސަލަ ހުށަހެޅިފައިވަނީ 2009 އަހަރުއެވެ. އެއަހަރު އެކަނިވެސް 4094 މައްސަލަ ހުށަހެޅިފައިވެއެވެ. އެފަހުން 2010 ވަނަ އަހަރު 3057 މައްސަލަ ހުށަހެޅިފައިވެއެވެ. 2009 ން 2011 އަހަރާ ދެމެދު އެކުޖުމްލަ 9917 ޖިނާއީ މައްސަލަ ހުށަހެޅިފައިވާކަން ފާހަގަކުރެވެއެވެ.

 

 

crc3crc4

crc2