ޝަރުޢީ ދާއިރާއަށް މެދުނުކެނޑި 44 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ އަލްފާޟިލް އާދަމް އިބްރާހީމް ރިޓަޔަރ ކުރައްވައިފި

r3

ޝަރުޢީ ދާއިރާއަށް މެދުނުކެނޑި 44 އަހަރު ޚިދުމަތް ކޮށްދެއްވާފައިވާ މ. ޕެންޒީ ހައުސް އަލްފާޟިލް އާދަމް އިބްރާހީމް ރިޓަޔަރ ކުރައްވައިފިއެވެ.

މ. ޕެންޒީ ހައުސް އަލްފާޟިލް އާދަމް އިބްރާހީމް އަކީ 24 ޖެނުއަރީ 1972 ން ފެށިގެން މެރީޖް ރަޖިސްޓްރޭޝަން ޑިވިޜަންގެ ޕިއޯނުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ދޭވާނީ ކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ސަރުދާރުކަމުގެ މަޤާމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ އަގުކޮމިޓީގެ މެމްބަރުކަމުގެ މަޤާމް އިޚްލާޞްތެރިކަމާއެކު އަދާކުރައްވާފައިވާ ޚިދުމަތްތެރި ބޭފުޅެކެވެ. ރިޓަޔަރ ކުރެއްވި އިރު ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އަގުކޮމިޓީ މެމްބަރުކަމުގެ މަޤާމުގައެވެ.

R2

R1

r4

މ. ޕެންޒީ ހައުސް އަލްފާޟިލް އާދަމް އިބްރާހީމް ރިޓަޔަރ ކުރެއްވުމާގުޅިގެން އެމަނިކުފާނު ޝަރުޢީ ދާއިރާއަށް އިޚްލާޞްތެރިކަމާއެކު ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރުމުގެ ގޮތުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ވަނީ ޙަފްލާއެއް ބާއްވާފައެވެ. މި ޙަފްލާގައި އެމަނިކުފާނުގެ ޚިދުމަތުގެ 44 އަހަރުގެ ތަޖުރިބާ މުވައްޒަފުންނާ ޚިއްޞާކުރެއްވިއެވެ. އަދި މި ޙަފްލާގައި، ޝަރުޢީ ދާއިރާއަށް އެމަނިކުފާނު ކޮށްދެއްވި ޚިދުމަތްތަކުގެ އަގު ވަޒަންކުރައްވައި، އެކަމަށްޓަކައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އެމަނިކުފާނަށް ޝުކުރުއަދާކުރެއްވިއެވެ. މި ޙަފްލާގައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެންމެހައި މުވައްޒަފުން ބައިވެރިވެ، ޝުޢޫރު ފާލުކުރެއްވިއެވެ.