02 އޮކްޓޫބަރުން 08 އޮކްޓޫބަރުގެ ނިޔަލަށް 355 މައްސަލަ ނިންމައި، 440 އަޑުއެހުން ބޭއްވި

stat2

02 އޮކްޓޫބަރުން 2016 އިން 08 އޮކްޓޫބަރު 2016 އަށް ނިމުނު ހަފްތާގައި ޝަރުޢީ ކޯޓުތަކުގެ ޕަރފޯމަންސަށް ބަލާއިރު ޖުމްލަ 355 މައްސަލަ ނިންމައި، ކޯޓުތަކުން 440 އަޑުއެހުން ވަނީ ބާއްވާފައެވެ. އެހަފްތާގައި ނިންމި މައްސަލަތަކުގެ ތެރެއިން ދިވެހިރާއްޖޭގެ ހައިކޯޓުންނާއި ސުޕީރިއަރ ކޯޓތަކުން ނިންމާފައިވާ މައްސަލާގެ ޢަދަދަކީ 154 އެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުން ވަނީ 201 މައްސަލަ ނިންމައި ޙުކުމް ކޮށްފައެވެ.

މި ނަތީޖާއަށް ބަލާއިރު މެޖިސްޓްރޭޓަކު އެވަރެޖްކޮށް އެހަފްތާގައި 1.6 މައްސަލަ ނިންމާފައިވާ ކަން ފާހަގަކުރެވެއެވެ.

25 ސެޕްޓެމްބަރު 2016 ން 01 އޮކްޓޫބަރު 2016 އަށް ނިމުމު ހަފްތާގައި ކޯޓުތަކުގެ ކޭސް ކްލިރެންސް ރޭޓް %139 ގައި ހުރިނަމަވެސް 02 އޮކްޓޫބަރުން 2016 އިން 08 އޮކްޓޫބަރު 2016 އަށް ނިމުނު ހަފްތާގައި ކްލިރެންސް ރޭޓް ހުރީ %79 ގައެވެ. 02 އޮކްޓޫބަރުން 2016 އިން 08 އޮކްޓޫބަރު 2016 އަށް ނިމުނު ހަފްތާގައި ކޯޓުތަކުގެ ކްލިރެންސް ރޭޓް އޭގެ ކުރީ ހަފްތާއަށް ވުރެ ދަށް ވެފައިވަނީ އެހަފްތާގައި ރަސްމީ މަސައްކަތު ދުވަހުގެ ގޮތުގައި މަސައްކަތް ކޮށްފައިވަނީ 4 ދުވަހުގައި ކަމަށްވާތީ ކަމަށް ބެލެވެއެވެ.

02 އޮކްޓޫބަރުން 2016 އިން 08 އޮކްޓޫބަރު 2016 އަށް ނިމުނު ހަފްތާގައި ޗުއްޓީގައި ތިއްބެވީ 13 މެޖިސްޓްރޭޓުންނެވެ. އެ ހަފްތާގައި އެއް މެޖިސްޓްރޭޓަކު ހާޟިރުނުވާއިރު، 14 މެޖިސްޓްރޭޓުން ސަލާމުގެ ޗުއްޓީގައި ތިއްބެވިކަން ފާހަގަކުރެވެއެވެ. ސަލާމުގައި ތިއްބެވި މެޖިސްޓްރޭޓުންގެ ތެރެއިން 10 މެޖިސްޓްރޭޓަކު އެއް ދުވަހު ސަލާމުގައި ހުންނެވިއިރު، 4 ދުވަހު 2 މެޖިސްޓްރޭޓަކު ސަލާމުގައި ތިއްބެވިއެވެ.

ހައިކޯޓުގައި މިވަގުތު ތިއްބެވީ ޖުމްލަ 7 ފަނޑިޔާރުންނެވެ. ސުޕީރިއަރ ކޯޓުތަކުގައި ތިއްބެވީ 38 ޤާޟީންނެވެ. އަދި ރާއްޖޭގައި މިވަގުތު ތިއްބެވީ 129 މެޖިސްޓްރޭޓުންނެވެ.

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno