ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ސިޓީ އެޑްރެސް ކުރުމާގުޅޭ

ދިވެހިރާއްޖޭގެ ފަނޑިޔާރުންނާއި، ޤާނޫނީ ވަކީލުންނާއި، ޝަރުޢީ ދާއިރާގެ މުވައްޒަފުންނަށް "ކޮންޓިނުއިންގ ޖުޑީޝަލް އެޑިޔުކޭޝަން" ޕްރޮގްރާމްތައް އެކުލަވައިލައި ތަންފީޛުކުރުމުގެ އެންމެހައި މަސްއޫލިއްޔަތުތައް އަދާކުރައްވާނީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/11/SC (31 އޮގަސްޓް 2015) ސަރކިއުލަރ އިން ޤާއިމުކުރައްވާފައިވާ ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީންނެވެ. އަދި ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ހިނގަމުންދާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ބެއްލެވުމުގެ ދަށުންނެވެ. ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއާގުޅޭ މަޢުލޫމާތު ތިރީގައި މިވަނީއެވެ.

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ފޮނުއްވާ ސިޓީއާއި ލިޔެކިޔުންތައް އެޑްރެސްކުރައްވާނީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އަށެވެ. އަދި އެކަޑަމީއަށް އެޑްރެސްކުރައްވާ ސިޓީތަކުގައި ބޭނުންކުރައްވާނީ މި ޑިޕާޓްމަންޓްގެ ނަންބަރު 12/2016 (27 އޮކްޓޫބަރު 2016) ޢާންމު ސިޓީގައި ބަޔާންކޮށްފައިވާ ސިޓީ ނަންބަރު “198-MJA” އެވެ.

 

ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީއަށް ސިޓީ އެޑްރެސްކުރުމާގުޅޭ ޢާއްމު ސިޓީ ވިދާޅުވުމަށް