މީހުން ޓްރެފިކު ކުރުން ހުއްޓުވުމާ ގުޅޭގޮތުން މަޢުލޫމާތުދޭ މަސައްކަތު ބައްދަލުވުމުގައި ބައިވެރިވުން

މީހުން ޓްރެފިކް ކުރުން ހުއްޓުވުމާއި ގުޅޭ ގޮތުން އެކުލަވާލައިފައިވާ ޤާނޫނާއި ، ގައިޑްލައިންތަކާއި އަދި ސްޓޭންޑަރޑް އޮޕަރާޓިން ޕްރޮސީޖިއަރސް ( އެސް. އޯ. ޕީ ) އާ ގުޅޭ މަޢުލޫމާތު، ކަމާ ގުޅުން ހުރި ފަރާތްތަކަށް ފޯރުކޮށްދިނުމަށްޓަކައި މިނިސްޓްރީ އޮފް އެކޮނޮމިކް ޑިވެލޮޕްމަންޓު އާއި އިންޓަނޭޝަނަލް އޯގައިނޭޝަން ފޯ މައިގްރޭޝަން ގުޅިގެން ހޮޓެލް ޖެންގައި ބޭއްވި މަސައްކަތު ބައްދަލުވުމުގައި ސިވިލް ކޯޓާއި ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ބައިވެރި ވެއްޖެއެވެ.
21 ޑިސެންބަރު 2016 ވީ ބުދަ ދުވަހު ކުރިޔަށްދިޔަ މި ބައްދަލުވުމުގައި ޑިޕާޓުމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ފަރާތުން ބައިވެރިވަޑައިނެވީ  ޑިރެކްޓަރ މުޙައްމަދު ޢަލީ މުޙައްމަދާއި އަދި އެސިސްޓެންޓު ލީގަލް އޮފިސަރ އަލްއުސްތާޛު ސުހާދު އާދަމް އެވެ. އަދި ސިވިލް ކޯޓުގެ ފަރާތުން  ބައިވެރިވެ ވަޑައިގެންނެވީ އެކޯޓުގެ އެސިސްޓެންޓު ލީގަލް އޮފިސަރ އަލްއުސްތާޛާ ނުހާ ޢަބުދުﷲ އެވެ.
މި ބައްދަލުވުމުގައި މީހުން ޓްރެފިކު ކުރުން ހުއްޓުވުމުގެ ޤާނޫނު (2013/12) ރާއްޖޭގައި ޢަމަލުކުރަން ފެށިފަހުން، މިވީ ތިން އަހަރުދުވަހުގެ ތެރޭގައި މީހުން ޓްރެފިކް ކުރުން ހުއްޓުވުމަށްޓަކައި ސަރުކާރުން ހޯދާފައިވާ ކާމިޔާބީތަށް ފާހަގަ ކުރެއްވިއެވެ. އަދި މި ޤާނޫނުގައި މަފްހޫމްތަކާއި ކަނޑައެޅިފައިވާ އަދަބުތަކާއި އަދި ވިކްޓިމް އައިޑެންޓިފިކޭޝަންގެ ގައިޑްލައިންތައްވެސް ބައިވެރިންނާ ޙިއްސާ ކުރެވުނެވެ.