ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ މާބަނޑު މުވައްޒަފުން މަސައްކަތަށް ނުނިކުންނަ ގޮތަށް ހަމަޖެއްސުން

މިދުވަސްވަރު މާލޭގައި ހަލުވިކަމާއެކު ފެތުރެމުންދާ ރޯގާއިން އެންމެ ނުރައްކާތެރި ޙާލަތު މެދުވެރިވާ މީހުންގެ ތެރޭގައި މާބަނޑު މީހުން ހިމެނޭތީ، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ވަކިގޮތެއް އަންގަންދެން، މުސާރައާއި ޢިނާޔަތްތައް ލިބޭގޮތަށް، ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގައި މަސައްކަތްކުރައްވާ މާބަނޑު މުވައްޒަފުން މިއަދުން ފެށިގެން މަސައްކަތަށް ނުނިކުންނަ ގޮތަށް ހަމަޖެއްސުމަށް ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވަނީ އެދިވަޑައިގެންފައެވެ. އެހެންކަމުން، ޝަރުޢީ ދާއިރާގައި މަސައްކަތްކުރައްވާ މާބަނޑު މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަމަށްޓަކައި ރާއްޖޭގެ ހުރިހާ ކޯޓުތަކުން މި ފިޔަވަޅު އަޅައިދިނުމަށް މި ޑިޕާޓްމަންޓުން މިހާރު ވާނީ ކޯޓުތަކުގައި އެދިފައެވެ.