2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ ގެ ކޭސް މެނޭޖްމަންޓް ރިޕޯޓް ޝާއިޢުކޮށްފި

CM

ޝަރުޢީ ކޯޓުތަކުން މިއަހަރުގެ ފުރަތަމަ ކުއާޓަރ ގައި ކޭސް މެނޭޖްކުރިގޮތުގެ ރިޕޯޓް ޝާއިޢުކޮށްފިއެވެ. ޝަރުޢީ ކޯޓުތަކުގެ މިއަހަރުގެ ފުރަތަމަ ކުއާޓަރގެ ކޭސް މެނޭޖްމަންޓް ރިޕޯޓަށް ބަލާއިރު، ކޯޓުތަކުގެ ޕަރފޯމަންސްއާ ގުޅޭގޮތުން ފާހަގަކުރެވިފައިވާ ކަންތައްތަކުގެ ޚުލާޞާ ތިރީގައި އެވަނީއެވެ.

2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރއާ އަޅާކިޔާއިރު،

  • 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު %15 އިތުރުވެފައިވެއެވެ.
  • 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސުޕީރިއަރ އަދި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތައްވެސް ވަނީ އިތުރުވެގެންގޮސްފައެވެ. އެގޮތުން: ސުޕީރިއަ ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ %35 އިތުރުވެފައެވެ. އަދި މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ %3 އިތުރުވެފައެވެ.
  • 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދަށު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު %21 މައްސަލަ މަދުވެފައިވެއެވެ.
  • 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސުޕީރިއަ އަދި މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދުވެސް ވަނީ މަދުވެފައެވެ. އެގޮތުން: ސުޕީރިއަ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ވަނީ %3 މަދުވެފައެވެ. އަދި މެޖިސްޓްރޭޓް ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު ވަނީ %31 މަދުވެފައެވެ. 
  • 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ކޭސް ކްލިއަރެންސް ރޭޓު ހުރީ %76 ގައެވެ.
  • 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 2016 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަގައި ނުނިމި ހުރި މައްސަލަތަކަށް ވުރެ %22 މައްސަލަ އިތުރުވެފައިވެއެވެ.
  • 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓާރގެ ނިޔަލަށް ދަށުކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން %88 މައްސަލައަކީ އަހަރު ނުވާ މައްސަލަތަކެވެ.  

ފުރަތަމަ ކުއާޓަރ ގެ ކޭސް މެނޭޖްމަންޓް ރިޕޯޓް ވިދާޅުވުމަށް: