ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން

ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ރިޕޯޓުކުރުމާ ގުޅޭ ޢާއްމު ސިޓީ

ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ރިޕޯޓުކުރުމާ ގުޅޭގޮތުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިއަދު ނެރުނު ޢާއްމު ސިޓީގައި ހިމެނޭ މުހިންމު ކަންތައްތައް ތިރީގައި އެވަނީއެވެ.

  • ·ޝަރުޢީ ކޯޓުތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް މީޑިއާގެ ވަޞީލަތްތައް މެދުވެރިކޮށް ރިޕޯޓްކުރުމުގައި، ޙުކުމްތަކާއި ނިންމުންތަކުގެ މަފްހޫމް އޮޅޭގޮތަށާއި، ޙުކުމްތަކާއި ނިންމުންތަކުގެ ރޫޙަށް ބަދަލު އަންނަ ގޮތަށް ރިޕޯޓްނުކުރުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މީޑިއާގެ އިދާރާތަކަށް އިލްތިމާސްކުރުން.
  • ·އަދި އެފަދަ ލިޔުންތަކުގެ ސުރުޚީއަކީ ވެސް އިސްވެދެންނެވުނު މިންގަނޑަށް ފެތޭ ސުރުޚީއަކަށް ވުން.
  • ·އެފަދަ ލިޔުންތަކުގެ ކޮންޓެންޓް ތައްޔާރުކުރުމުގައި، ޙުކުމް ނުވަތަ ނިންމުމުގައި ބަޔާންކޮށްފައިވާ ކަންތައްތަކަށް ބަދަލު ނާންނާނޭގޮތެއްގެ މަތިން ކޮންޓެންޓް ތައްޔާރުކުރުމަށާއި، ޙުކުމްތަކާއި ނިންމުންތައް ފުރިހަމައަށް ރިޕޯޓްކުރުމަށް ވެސް އިލްތިމާސްކުރުން.

ޢާއްމު ސިޓީ ވިދާޅުވުމަށް