2017 ޖޫންމަހު ކޭސް ކްލިއަރެންސް ރޭޓް 99 އިންސައްތައިގައި

statjune2017-web

2017 ވަނަ އަހަރުގެ ޖޫން މަހުގެ ޝަރުޢީ ދާއިރާގެ ތަފާސްހިސާބަށް ބަލާއިރު، ޖޫން މަހުގެ ތެރޭގައި ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު މިއަހަރުގެ މެއި މަހާ އަޅައިބަލާއިރު %41 އިން ސައްތަ ވަނީ ދަށްވެފައެވެ. ފާއިތުވި ޖޫން  މަހު ދަށުކޯޓުތަކަށް ހުށަހެޅިފައިވަނީ ޖުމްލަ 921 މައްސަލައެވެ.

ޖޫންމަހުގައި ދަށުކޯޓުތަކުން 913 މައްސަލަ ނިންމާފައިވާއިރު، ކޭސް ކްލިއަރެންސް ރޭޓް ހުރީ %99 އިންސައްތައިގައެވެ.

މިއަހަރުގެ ޖޫންމަހުގެ ނިޔަލަށް ދަށުކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތަކުގެ ތެރެއިން ނުނިމި ހުރީ 8076 މައްސަލައެވެ.