ޝަރުޢީ ދާއިރާއަށް 39 އަހަރު ޚިދުމަތްކުރެއްވުމަށް ފަހު މުސްކުޅިކުރައްވައިފި

Khalid 01

މެދުކެނޑުމެއް ނެތި 39 އަހަރަށް ވުރެ ގިނަދުވަހު ޝަރުޢީ ދާއިރާއަށް ޚިދުމަތްކުރައްވާފައިވާ ހއ. ދިއްދޫ، ރޯޒްމީޑް އަލްއުސްތާޛު ޚާލިދު ޤާސިމް (ކ. ތުލުސްދޫ، ރޯޒީ) ވަޒީފާއިން މުސްކުޅިކުރައްވައިފިއެވެ. މުސްކުޅިކުރެއްވި އިރު ހުންނެވީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލް ކަމުގެ މަޤާމުގައެވެ.

Khalid 02 1

އަލްއުސްތާޛު ޚާލިދު ޤާސިމް ޝަރުޢީ ދާއިރާއާ ގުޅިވަޑައިގެންނެވީ 1977 ވަނަ އަހަރުގެ ޖުލައި 11 ވަނަ ދުވަހު މާލެ އަތޮޅުގެ ޤާޟީ ކަމުގެ ވަޒީފާއިންނެވެ. އެއަށް ފަހު، މާލެ އަތޮޅު ހިންމަފުށީ ކޯޓުގެ ޤާޟީ ކަމާއި، މާލެ އަތޮޅު ތުލުސްދޫ ކޯޓުގެ މެޖިސްޓްރޭޓް ކަމާއި، ތުލުސްދޫ ކޯޓުގެ ސީނިޔަރ މެޖިސްޓްރޭޓް ކަމާއި، މާލެ އަތޮޅުގެ އިސް މެޖިސްޓްރޭޓް ކަމާއި، މިނިސްޓްރީ އޮފް ޖަސްޓިސްގެ ޑިރެކްޓަރ އޮފް ޖުޑީޝަލް އެފެއާޒްގެ މަޤާމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އެސިސްޓެންޓް ޑިރެކްޓަރ ޖެނެރަލްގެ މަޤާމާއި، ޑެޕިއުޓީ ޑިރެކްޓަރ ޖެނެރަލްގެ މަޤާމު ވަނީ އަދާކުރައްވާފައެވެ.

Khalid 03

” އަލްއުސްތާޛު ޚާލިދު ޤާސިމް އަކީ ޝަރުޢީ ދާއިރާއަށް އަގުހުރި ޚިދުމަތްތަކެއް ކޮށްދެއްވާފައިވާ ނަމޫނާ ބޭފުޅެކެވެ. ޝަރުޢީ ދާއިރާގެ ވަޒީފާތަކުގައި އަލްއުސްތާޛު ޚާލިދު ޤާސިމް ހޭދަކުރެއްވި މުއްދަތުގައި އިޚްލާޞްތެރިކަމާއި ވަފާތެރިކަމާއެކު މުޅި ޝަރުޢީ ދާއިރާގެ ކުރިއެރުމަށްޓަކައި ވަރަށް ބުރަކޮށް މަސައްކަތްކޮށްދެއްވާފައިވެއެވެ.

ވަޒީފާގެ މާހައުލުގައި ކުރިމަތިވާ ތަފާތު އެކި ގޮންޖެހުންތަކާއެކުވެސް އެކަށޭނަ ޙައްލު ހޯދައިދީ މުވައްޒަފުންގެ ލާބައާއި މަންފާއަށް އަލްއުސްތާޛު ޚާލިދު ޤާސިމް ވަނީ ބުރަ މަސައްކަތްތަކެއް ކޮށްދެއްވާފައެވެ. މުޅި ޝަރުޢީ ދާއިރާއަށް އަލްއުސްތާޛު ޚާލިދު ޤާސިމް ކޮށްދެއްވި ޚިދުމަތްތަކީ އޭގެ އަގު ވަޒަން ނުކުރެވޭފަދަ އަގުހުރި ޚިދުމަތްތަކެކެވެ.

އަލްއުސްތާޛު ޚާލިދު ޤާސިމް މިއަދު ވަޒީފާގެ މާހައުލުން ޝަރުޢީ ދާއިރާއާ ވަކިވެގެން ދިއުމަކީ މުޅި ޝަރުޢީ ދާއިރާއަށް އަދި ވަކިން ޚާއްޞަކޮށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް ލިބިގެން ދިޔަ ވަރަށް ބޮޑު ހުސްކަމެކެވެ." އަލްއުސްތާޛު ޚާލިދު ޤާސިމް މުސްކުޅިކުރައްވާ މުނާސަބާއާ ގުޅިގެން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވިދާޅުވިއެވެ.

Khalid 04

Khalid 05

ޝަރުޢީ ދާއިރާގެ ޚިދުމަތުގައި ހޭދަވި ދިގު މުއްދަތުގައި، އަލްއުސްތާޛު ޚާލިދު ޤާސިމް ޝަރުޢީ ދާޢިރާއަށް ކޮށްދެއްވި މަސައްކަތުގެ އަގު ވަޒަންކޮށް، އަލްއުސްތާޛު ޚާލިދު ޤާސިމް އަށް، މުޅި ޝަރުޢީ ދާއިރާގެ ފަނޑިޔާރުންނާއި މުވައްޒަފުންގެ ނަންފުޅުގައި ބާއްޖަވެރި ދުވަސްތަކަކަށް އެދެމެވެ.

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno