2018 ވަނަ އަހަރުގެ އެކްޝަން ޕްލޭން ހިއްސާކުރުމުގެ ބައްދަލުވުން ބާއްވައިފި

2018ActionPlan 02

ޝަރުޢީ ދާއިރާގެ ސްޓްރެޓީޖިކް އެކްޝަން ޕްލޭންގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި ޝަރުޢީ ދާއިރާއިން އަހަރުން އަހަރަށް އެކުލަވައިލަމުންގެންދާ އެކްޝަން ޕްލޭނާގުޅޭ މަޢުލޫމާތު ކޯޓުތަކާ ޙިއްޞާކުރުމަށްޓަކައި ބާއްވާ ބައްދަލުވުންތަކުގެ ތެރެއިން، މިއަހަރުގެ އެންމެ ފަހު ބައްދަލުވުން، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ ޓްރޭނިންގ ހޯލްގައި މިއަދު ބާއްވައިފިއެވެ.

2018ActionPlan 01

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި، ހައިކޯޓާއި، ސުޕީރިއަރ ކޯޓުތަކުގެ ރަޖިސްޓްރާރުންނާއި އެޑްމިނިސްޓްރޭޓަރުންގެ އިތުރުން، އިދާރީ ހިންގުމުގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވި މިބައްދަލުވުމުގައި، 2017 ވަނަ އަހަރުގެ ތެރޭގައި ޝަރުޢީ ދާއިރާއިން ހާސިލުކުރެވުނު ކަންތައްތަކާ ގުޅޭގޮތުން މަޝްވަރާކުރެވުނެވެ. އަދި ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ އެކްޝަން ޕްލޭންތަކާ އެއްގޮތަށް ނަތީޖާ ޙާޞިލުކުރުމަށްޓަކައި ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުން، ކުރިއަށް އޮތް 2018 ވަނަ އަހަރުގެ މަސައްކަތްތައް ރާވައި ހިންގުމާގުޅޭގޮތުން  ވަނީ މަޝްވަރާކުރެވިފައެވެ.

2018ActionPlan 03

ޝަރުޢީ ދާއިރާގެ ކޮންމެ ކޯޓަކީ ވަކި ކަހަލަ މައްސަލަތަކެއް ހުށަހެޅޭ ކޯޓުތަކެއް ކަމާއި، އަދި އެކި ކޯޓުތަކަށް ކުރިމަތިވާ ގޮންޖެހުންތައްވެސް ތަފާތުވާކަން ފާހަގަކޮށް އެކަންކަމަށް ވަރަށް ބޮޑަށް ރިޢާޔަތްކުރެވިގެން، ޝަރުޢީ ދާއިރާގެ އެކްޝަން ޕްލޭން އެގޮތުގެ މަތީން އިޞްލާޙުކުރެވި، ދައުލަތުގެ ކަމާބެހޭ ފަރާތްތަކާ ހިއްސާކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް މިއަދުގެ ބައްދަލުވުމުގައި ވާހަކަ ދެކެވުނެވެ.

2018ActionPlan 04

ޝަރުއީ ކޯޓުތަކުގެ ޕަރފޯމަންސް ބެލުމުގައި އާއްމުކޮށް ބޭނުންކުރާ ބައެއް އިންޑިކޭޓަރ ތަކަކީ މިހާރު ވަޒަންކުރެވެމުންދާގޮތަށް ބަލާއިރު، ކޯޓުތަކުގެ މަސައްކަތުގެ ފެންވަރު އެންމެ ރަނގަޅަށް ތަސްވީރުވާ އިންޑިކޭޓަރތަކެއް ނޫންކަން ބައިވެރިން ފާހަގަކުރިއެވެ.

ޝަރުއީ ކޯޓުތަކުގެ ވަރކްލޯޑްގެ ތެރޭގައި ހިމެނޭ ކަންކަމުގެ ތެރެއިން، ބަންދާމެދު ގޮތެއް ނިންމުމަށްޓަކައި ބޭއްވޭ ޝަރީޢަތުގެ މަޖިލިސްތަކާއި، ކާވެންޏާއި ވަރީގެ މައްސަލަތަކަށް ކޯޓުތަކުން ހޭދަކުރާ ވަގުތަކީވެސް، ކޯޓުތަކުގެ ވަސީލަތްތައް ހިނގަމުންދާ ކަންކަމަށްވީ ހިނދު، މިކަންކަންވެސް ފެންނާނޭހެން ޝަރުއީދާއިރާގެ ޕަރފޯމަންސް ވަޒަން ކުރުމުގެ ނިޒާމް ބަދަލުކުރުމުގެ މުހިންމުކަމުގެ މައްޗަށްވެސް ބައިވެރިންގެ މެދުގައި ވާހަކަ ދެކެވުނެއެވެ.

އަދި މީގެއިތުރުން، ކޯޓުތަކުގެ ބެކްލޮގް ދަށްކޮށް، ކޭސް ކްލިއަރެންސް ރޭޓް ކުރީ އަހަރުތަކެކޭ އެއްގޮތަށް 100 ޕަސެންޓަށްވުރެ މަތީގައި ހިފެހެއްޓުމަށްޓަކައި، މިފެށޭ 2018 ވަނަ އަހަރުގެ ތެރޭގައި ކުރެވިދާނެ ކަންތައްތަކާ ގުޅޭގޮތުންވެސް، މި ބައްދަލުވުމުގެ ބައިވެރިންގެ މެދުގައި މަޢުލޫމާތު ބަދަލުކޮށް އެކި ކޯޓުތަކުގެ މަސައްކަތްތަކާގުޅޭ މަޢުލޫމާތު ހުރިހާ ބައިވެރިންނާ ވަނީ ހިއްސާކުރެވިފައެވެ.

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno