މިއަހަރުގެ ފުރަތަމަ ކުއާޓަރ ގެ ކޭސްމެނޭޖްމަންޓް ރިޕޯޓް

2018

2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރ އާ އަޅާކިޔާއިރު،

  1. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދަށު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތަކުގެ އަދަދު ވަނީ %1 ދަށްވެފައެވެ.
  2. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސުޕީރިއަރ ކޯޓުތަކަށް ހުށަހެޅުނު މައްސަތަކުގެ އަދަދު %9 އިތުރުވެފައިވާއިރު، މެޖިސްޓްރޭޓު ކޯޓުތަކަށް ހުށަހެޅުނު މައްސަލަތައް ވަނީ %10 ދަށްވެފައެވެ.
  3. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ދަށު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު %18 ވަނީ އިތުރުވެފައެވެ.
  4. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ސުޕީރިއަރ ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދު %21 އިތުރުވެފައިވާއިރު، މެޖިސްޓްރޭޓު ކޯޓުތަކުން ނިންމި މައްސަލަތަކުގެ އަދަދުވެސް ވަނީ %14 އިތުރުވެފައެވެ.
  5. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ކޭސް ކްލިއަރެންސް ރޭޓު ހުރީ %82 ގައެވެ.
  6. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ނުނިމި ހުރި މައްސަލަތަކުގެ އަދަދު 2017 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގައި ނުނިމި ހުރި މައްސަލަތަކަށް ވުރެ %6 މައްސަލަ ވަނީ އިތުރުވެފައެވެ.
  7. 2018 ވަނަ އަހަރުގެ ފުރަތަމަ ކުއާޓަރގެ ނިޔަލަށް ދަށުކޯޓުތަކުގައި ނުނިމި ހުރި މައްސަލަތަކުގެ ތެރެއިން %78 މައްސަލައަކީ އަހަރު ނުވާ މައްސަލަތަކެވެ.

ކޭސްމެނޭޖްމަންޓް ރިޕޯޓް ވިދާޅުވުމަށް

mersin escort
<