ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހެޅުމުގެ ފުރުޞަތު ހުޅުވާލައިފި

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ޤާއިމުކޮށްފައިވާ ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީވުމުގެ ފުރުޞަތު މިއަދު ހުޅުވާލައިފިއެވެ. ބަސް ތަރުޖަމާކޮށްދޭ މީހުންގެ ޖަދުވަލަކާއި، ވާހަކަ ދެއްކުމުން މަހުރޫމުވެފައިވާ މީހުންގެ ތަރުޖަމާނުންގެ ޖަދުވަލެއް ހިމެނޭ    މި ދަފްތަރުގައި ރަޖިސްޓްރީވުމަށް އެދި ހުށަހަޅާ ފަރާތްތަކުގެ ތެރެއިން ދަފްތަރުގައި ހިމަނަނީ، އެކަމަށްޓަކައި ކުރެވޭ އިންޓަވިއުއަށް ބަލައި، ތަރުޖަމާކުރުމުގެ ޤާބިލުކަން އެކަށޭނެ މިންވަރަކަށް ހުރި ފަރާތްތަކެވެ.

ތަރުޖަމާނުންގެ ދަފްތަރުގައި ރަޖިސްޓްރީކުރެވިފައިވާ ފަރާތްތަކުގެ ތެރެއިން ފަރާތެއްގެ އެހީތެރިކަން ޝަރުޢީ ކޯޓަކުން ހޯދައިފިނަމަ، ގަޑިއަކަށް -/400 (ހަތަރު ސަތޭކަ) ރުފިޔާގެ ރޭޓުން އުޖޫރަދޭ ގޮތަށް ވަނީ ހަމަޖެހިފައެވެ.

އިޢުލާން އާއި އެޕްލިކޭޝަން ފޯމް