މެޖިސްޓްރޭޓް ކޯޓުތަކުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރއާއި، ކުށުގެ ރެކޯޑް ސޮފްޓްވެއަރ އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ވެބްސައިޓްތައް ރަސްމީކޮށް އިފްތިތާޙްކޮށް ދެއްވައިފި

Opening

މެޖިސްޓްރޭޓް ކޯޓުތަކުގެ ކޭސް މެނޭޖްކުރުމަށްޓަކައި ތައްޔާރުކުރެވުނު ޚާއްޞަ ސޮފްޓްވެއަރ ކަމުގައިވާ "މެޖިސްޓްރޭޓް ކޯޓުތަކުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރ"އާއި، ކުށުގެ ރެކޯޑް ސޮފްޓްވެއަރ އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ ވެބްސައިޓްތައް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ މިއަދު އިފްތިތާޙްކޮށް ދެއްވައިފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި ބޭއްވުނު މި ޙަފްލާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ދިވެހިރާއްޖޭގެ ހައިކޯޓާއި ސުޕީރިއަރ ކޯޓުތަކުގެ ފަނޑިޔާރުން ބައިވެރިވެ ވަޑައިގެންނެވިއެވެ.

CJ Opening

ކޯޓް ޓެކްނޮލޮޖީގެ ރޮނގުން ދުނިޔޭގެ ކުރިއަރާފައިވާ އެހެނިހެން ޤައުމުތަކާ އެއްހަމައަކަށް ދިވެހި ރާއްޖޭގެ ޝަރުޢީ ދާއިރާ ތަރައްޤީކުރުމަކީ ޝަރުއީ ދާއިރާގެ މައިގަނޑު އެއް އަމާޒެވެ. އެގޮތުން، ކޯޓުތައް އޮޓޮމޭޓްކޮށް، ފަނޑިޔާރުންނާއި މުވައްޒަފުންނަށް އަދި ޚާއްޞަކޮށް ޚަސްމުންނާއި، ވަކީލުންނާއި، ޢާންމުންނަށް ޓެކްނޮލޮޖީގެ ފަސޭހަކަން ލިބިގެންދާނެ ގޮތަކަށް ޒަމާނީ ޓެކްނޮލޮޖީގެ ވަސީލަތްތައް ޝަރުޢީ ދާއިރާގައި ޤާއިމުކޮށް ތަރައްޤީކުރުމަށް ގިނަ މަސައްކަތްތައްކެއް ދަނީ ކުރެވެމުންނެވެ.

Bench

MC

ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގައި މިއަދު ބޭއްވުނު ޙާއްސަ ޙަފްލާގައި އިފްތިތާޙްކުރެވުނު ސޮފްޓްވެއަރތަކާއި ވެބްސައިޓްތަކުގެ ތަފްޞީލް ތިރީގައި މި ވަނީއެވެ.

  1. މެޖިސްޓްރޭޓް ކޯޓުތަކުގެ ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރ

ޒަމާނީ ކޭސް މެނޭޖްމެންޓް ސިސްޓަމެއް ޝަރުޢީދާއިރާގައި ޤާއިމުކުރުމަށް ފަށާފައިވާ މަޝްރޫޢުގެ ދަށުން ފާއިތުވިތަނުގައި ދަށު ކޯޓުތަކުގެ ތެރެއިން ޑްރަގް ކޯޓާއި، ފެމިލީ ކޯޓާއި، ސިވިލް ކޯޓު އަދި ކްރިމިނަލް ކޯޓުގައި ކޭސް މެނޭޖްމަންޓް ސިސްޓަމް، އެކި މިންވަރަށް ވަނީ ބޭނުން ކުރަން ފަށާފައެވެ. އަދި ދިވެހިރާއްޖޭގެ ހައިކޯޓަށް ބޭނުންވާ މޮޑިއުލްތައް ފަރުމާކުރުމުގެ މަސައްކަތް މިހާރުވަނީ ފެށިފައެވެ.

ޝަރުޢީ ދާއިރާގެ ނެޓްވޯކް އެންހޭންސްމަންޓް ޕްރޮޖެކްޓްގެ ދަށުން 2016 ވަނަ އަހަރު 101 މެޖިސްޓްރޭޓް ކޯޓު ގުޅައިލުމަކީ، ޒަމާނީ ކޭސް މެނޭޖްމަންޓް ސިސްޓަމެއް ޝަރުޢީދާއިރާގައި ޤާއިމުކުރުމަށް ފެށި މަޝްރޫޢު އިތުރު ހަރުފަތަކަށް ގެންދިއުމަށް އެޅުނު ފިޔަވަޅެކެވެ. އެގޮތުން ނެޓްވޯކް އެންހޭންސްމަންޓް ޕްރޮޖެކްޓްގެ ދަށުން ގުޅައިލެވުނު 101 މެޖިސްޓްރޭޓް ކޯޓުގައި ކޭސް މެނޭޖްމަންޓް ސޮފްޓްވެއަރ މިހާރު ވަނީ ބޭނުންކުރަން ފަށާފައެވެ. ބާކީ އޮތް 87 މެޖިސްޓްރޭޓް ކޯޓުވެސް މި ވިއުގައިގެ ތެރެއިން ގުޅައިލުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

މައްސަލަތައް ހިންގުމުގެ ނިޒާމް ކޮމްޕިއުޓަރައިޒް ވެގެންދާއިރު، މައްސަލަ ހުށަހަޅާ ފޯމްތައް ކޯޓަށް ބަލައިގަތުމަށް ފަހު ފޯމް އެޕްރޫވް ކުރުމާއި، ފަނޑިޔާރުންނާ މައްސަލަ ޙަވާލުކުރުމާއި، މައްސަލަ ތާވަލް ކުރުމާއި، މައްސައިގެ ޗިޓު ހެދުމާއި، މައްސަލަތައް ޝެޑިއުލް ކުރުމާއި، އަދި ކުރުރުގޮތަކަށް ދަންނަވާނަމަ ކޯޓަށް މައްސަލައެއް ހުށަހެޅުމަށް ފަހު ކަނޑައްތުކުރާ ހުރިހާ މަރުހަލާއެއް ޑޭޓާ މެނޭޖްމަންޓް ސިސްޓަމެއްގެ ތެރެއިން ބެލެހެއްޓޭނެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

  1. ކުށުގެ ރެކޯޑް ސޮފްޓްވެއަރ

މި ޕޯޓަލްއަކީ ރާއްޖޭގެ ހުރިހާ ކޯޓަކުން ނިންމާ ޖިނާއީ މައްސަލަތަކުގެ ރެކޯޑްތައް މަރުކަޒީކޮށް ބެލެހެއްޓުމަށްޓަކައި ތައްޔާރުކޮށްފައިވާ ސޮފްޓްވެއަރ އެކެވެ. ޝަރީޢަތުގެ ބޭނުމަށާއި، އަދި ދައުލަތުގެ އެކިއެކި އިދާރާތަކުގެ ބޭނުމަށް ކުށުގެ ރެކޯޑް ސާފުކޮށްދިނުމުގެ މަސައްކަތް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން މިހާތަނަށް ކުރަމުން ގެންދިޔައީ ކޮންމެ ކޯޓަކުން ވަކި ވަކިން އެ މަޢުލޫމާތު ހޯދައިގެންނެވެ.

މި ޕޯޓަލް ފަރުމާކުރެވިފައި ވަނީ ކޮންމެ ކޯޓަކުން ވެސް ނިންމާ ނިންމުންތަކުގެ މަޢުލޫމާތު ސީދާ އެ ކޯޓަކުން ކުށުގެ ރެކޯޑް ޕޯޓަލްއަށް އަޕްޑޭޓް ކުރަމުންގެންދާ ގޮތަށެވެ. މި ޕޯޓަލް ބޭނުންކުރަން ފަށައި، އަދި މިހާތަނަށް ކޯޓުތަކުން ނިންމާފައިވާ ނިންމުންތަކުގެ މަޢުލޫމާތު އަޕްޑޭޓްކޮށް ނިމުމުން، ޢާންމުންނާއި ދައުލަތުގެ އިދާރާތަކުގެ ބޭނުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ފޯރުކޮށްދޭ ކުށުގެ ރެކޯޑް ސާފުކުރުމުގެ މަސައްކަތް ހަލުވިވެ އިތުރަށް ލުއިފަސޭހަވެގެންދާނެއެވެ.

  1. މެޖިސްޓްރޭޓް ކޯޓުތަކުގެ ވެބްސައިޓްތައް

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހަޅަންޖެހޭ ފޯމްތައް އޮންލައިންކޮށް ލިބެން ނެތުމުންނާއި، ކޯޓުތަކުގެ ޝެޑިއުލްތައް ޢާންމުކޮށް ފެންނަން ނުހުރުމާއި، އަދި ކޯޓުތަކުގެ ނިންމުންތައް އޮންލައިންކޮށް ލިބެން ނުހުރުމުގެ ޝަކުވާއަކީ ޢާންމުކޮށް ލިބެމުންދާ ޝަކުވާއެވެ.

އެހެންކަމުން، މިކަމަށް އެކަށޭން ޙައްލެއް ހޯދުމުގެގޮތުން މެޖިސްޓްރޭޓް ކޯޓުތަކަށް ޚާއްޞަކޮށްގެން، courts.gov.mv ގެ ނަމުގައި ވެބްސައިޓެއް ވަނީ ތައްޔާރުކުރެވިފައެވެ. މިގޮތުން، މި ވެބްސައިޓްގެ ތެރެއިން 187 މެޖިސްޓްރޭޓް ކޯޓަށް ކަސްޓަމައިޒްޑް ވަކި ވެބްސައިޓްތަކެއް މިހާރު ވަނީ ތައްޔާރުކުރެވިފައެވެ. މެޖިސްޓްރޭޓް ކޯޓުތަކުގެ ކޭސް މެނޭޖްމަންޓް ސިސްޓަމްގެ ތެރެއިން މައްސަލަ ޝެޑިއުލް ކުރުމުން، މެޖިސްޓްރޭޓް ކޯޓުގެ ވެބްސައިޓުގައި ހިމެނޭ ކޯޓް ޝެޑިއުލްގެ މަޢުލޫމާތުވެސް ވަގުތުން އަޕްޑޭޓްވެގެން ދާނެއެވެ.

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno