ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއްސުޢޫދު ސަސްޕެންޑްކޮށްފި

ޤާނޫނީ ވަކީލު ސ. މީދޫ ހަސަންކާރިގެ، އަލްއުސްތާޛު ޙުސްނުއްސުޢޫދު ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން ވަކާލާތުކުރުން، 2018 ސެޕްޓެންބަރު 25 ވަނަ ދުވަހުން ފެށިގެން މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ނިންމެވުމާގުޅިގެން، މިއަދުން ފެށިގެން އަލްއުސްތާޛު ޙުސްނުއްސުޢޫދު ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން ވަނީ މަނާކުރެވިފައެވެ.

އަލްއުސްތާޛު ޙުސްނުއްސުޢޫދު ސަސްޕެންޑްކުރުމަށް ނިންމާފައި ވަނީ، އޭނާގެ ނަމުގައި ހުޅުވާފައިވާ (@hsuood) ޓްވިޓަރ އެކައުންޓުން، 2018 ސެޕްޓެންބަރު 24 ވަނަ ދުވަހު ޖުޑީޝަރީއާ ގުޅޭގޮތުން ކޮށްފައިވާ
“Supreme court issued an unconstitutional ruling to extend the presidential term in November 2013.” ޓްވީޓާއި، އަދި ހަމަ އެ ތާރީޚުގައި، ޙުސްނުއްސުޢޫދު އާ ޙަވާލާދީ (http://vnews.mv/103496) ގައި "ސުއޫދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިމާވި މައްސަލަތަކެއްގެ ތެރެއިން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދުގެ ވަހީދުގެ ވެރިކަން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ދިގު ދަންމާލީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ.  ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް ........" ކަމަށް ލިޔެފައިވާ ލިޔުމާގުޅިގެން އެ މައްސަލަ ބަލަމުންގެންދާތީ، ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދުގެ ދަށުންނެވެ.

އިޢުލާނު ވިދާޅުވުމަށް