ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއްކަމަށް ބެލެވޭ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާ މައްސަލައާ ގުޅޭ ނޫސް ބަޔާން

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއްކަމަށް ބެލެވޭ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާ މައްސަލައާ ގުޅޭގޮތުން މިއަދު ނޫސް ބަޔާނެއް ނެރެފިއެވެ.

ޝަރުޢީ އެއްވެސް ކޯޓެއްގެ ހުއްދައަކާ ނުލައި ކޯޓެއްގެ އެތެރެ ފޮޓޯ ނެގުމާއި ވީޑިއޯ ކުރުމަކީ، ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދުގެ 4 ވަނަ މާއްދާގެ (ހ) ގެ 8، 9، 13(ހ)، އަދި 15 ވަނަ ނަންބަރުގެ ދަށުން ބަލާއިރު، ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލެއްކަމަށްވާތީ، އެ ޢަމަލު ކުށްވެރިކޮށް، ކޯޓުތަކުގެ ހައިބަތާއި ކަރާމަތާއި ޤަދަރަށް އުނިކަން އަތުވެދާ ފަދަ އެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށާއި، އަދި  ބުނެވިދިޔަ ޢަމަލަކީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދުގެ ދަށުން ކޯޓުގެ ޙުރުމަތް ކެނޑުމުގެ ޢަމަލަކަށްވާތީ، އެ މައްސަލަ ތަޙްޤީޤުކޮށް އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށް ކަމާބެހޭ އެންމެހައި އިދާރާތަކާ ގުޅިގެން މަސައްކަތްކުރަމުންދާކަން އެ ނޫސް ބަޔާނުގައި ބަޔާންކޮށްފައިވެއެވެ.

ދިވެހިރާއްޖޭގެ ޝަރުޢީ ކޯޓެއްގެ ތެރޭގައި ނަގާފައިވާ ފޮޓޯތަކެއްކަމަށް ބެލެވޭ ފޮޓޯތަކެއް މީސްމީޑިއާގައި ދައުރުވަމުންދާ މައްސަލައާ ގުޅޭ ނޫސްބަޔާން ވިދާލުވުމަށް