ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އައުސްތާޛު މުޙައްމަދު މޫސާ އަވަހާރަވެއްޖެއެވެ. އަލްއުސްތާޛް މުހައްމަދު މޫސާއަކީ، 1984ވަނަ އަހަރުން ފެށިގެން ދައުލަތަށް ޚިދުމަތް ކުރައްވަމުން ގެންދެވި ހީވާގި މުވައްޒަފެކެވެ. ދައުލަތަށް ޚިދުމަތް ކުރެއްވި ދިގު މުއްދަތުގައި އޭނާވަނީ، ފުލުސް ކޯޓުގެ ކާތިބުކަމާއި ކަނދޮޅުދޫ ކަތީބު ކަންފަދަ ޒިންމާދާރު މަޤާމުތައް އަދާކުރައްވާފައެވެ. އަދި އަލްއުސްތާޛް މުޙަމަދު މޫސާ ވަނީ، 1990 ވަނަ އަހަރުން ފެށިގެން ފަނޑިޔާރުކަމުގައި 29 އަހަރާއި 5 މަސްދުވަހު ޚިދްމަތްކުރައްވާފައެވެ.
އެމަނިކުފާނު އަވަހާރަވީއިރު، އަނބިކަނބަލަކާއި ދެބޭފުޅުން ދުނިޔޭގައި އެބަތިއްބެވިއެވެ.
އަލްއުސްތާޛު މުޙައްމަދު މޫސާގެ މައްޗަށް ކުރެވޭ ކަށުނަމާދު އޮންނާނީ، މިއަދުގެ މަޣްރިބް ނަމާދަށްފަހު ހުޅުމާލޭ ވަގުތީ މިސްކިތުގައެވެ.