ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ނިންމަވައިފި

ކ. ގުރައިދޫ މެޖިސްޓްރޭޓް ކޯޓުގެ ކޯޓު އިސްމެޖިސްޓްރޭޓް އަލްއުސްތާޛު މުޙައްމަދު މޫސާ އަވަހާރަވުމާގުޅިގެން، 5 ޖުލައި 2019 އިން ފެށިގެން ކުރިއަށް އޮތް ތިން ދުވަހު ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ދިދަ ބައިދަނޑިއަށް ތިރިކުރުމަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ނިންމަވައިފިއެވެ. 
 
1990 ވަނަ އަހަރުން ފެށިގެން 29 އަހަރާއި 5 މަސްދުވަހު ފަނޑިޔާރު ކަމުގެ މަޤާމުގައި ޚިދުމަތްކުރައްވާފައިވާ، އައުސްތާޛު މުޙައްމަދު މޫސާ އަކީ ކެއްތެެރިކަމާއި މުރާލިކަމާއެކު ޝަރުޢީ ދާއިރާއަށް ޚިދުމަތް ކުރެއްވި ބޭފުޅެކެވެ.