ޖުޑީޝަލް ސަރވިސް ކޮމިޝަނަށް ދަށުކޯޓުގެ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބު 2019 ގައި ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބުކޮށްފި

candidates03.jpeg

2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ޖުޑީޝަލް ސަރވިސް ކޮމިޝަނަށް، ދަށުކޯޓުތަކުގެ ފަނޑިޔާރުންގެ ތެރެއިން އެ ކޯޓުތަކުން އިންތިޚާބުކުރާ ފަނޑިޔާރަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި، ވާދަކުރާ ކެންޑިޑޭޓުންގެ ނަންތައް ތަރުތީބު ކުރުމަށްފަހު، ކެންޑިޑޭޓުންގެ ނަންތައް މިއަދު ޢާންމު ކޮށްފިއެވެ.

candidates01.jpeg

candidate04.jpeg

މިގޮތުން، ކެންޑިޑޭޓް ނަންބަރު 01 ލިބިވަޑައިގެންނެވީ ޢަބްދުއްރައްޒާޤު މުޙައްމަދު، ދިލްބަހާރުގެ / ގދ. ފިޔޯރީ އަށެވެ. ކެންޑިޑޭޓް ނަންބަރު 02  އަޙްމަދު ހައިލަމް، އޯޝަންލީޑް / ސ. ހިތަދޫ އަށް ލިބިވަޑައިގެންނެވިއިރު، ކެންޑިޑޭޓް ނަންބަރު 03 ލިބިވަޑައިގެންނެވީ ޢަލީ ޝަރީފް، އީރާފް / ލ. ކަލައިދޫ އަށެވެ.

އިލެކްޝަންސް ކޮމިޝަނުގެ އެހީތެރިކަމާއެކު ކުރިއަށް ގެންދާ މި އިންތިޚާބުގެ ވޯޓުނެގުން ކުރިއަށްދާނީ 2019 އޮގަސްޓް 24 ވާ ހޮނިހިރު ދުވަހުގެ ހެނދުނު 0900 އިން ހަވީރު 1700 އަށެވެ.