މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އޯޑިއޯ ވީޑިއޯ ކޮންފަރެންސިންގ ސިސްޓަމްތައް ސަޕްލައިކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

DJA-AudioVideo20194.jpeg

ޝަރުޢީ ދާއިރާއަކީ ޒަމާނީ ވަޞީލަތްތައް ފަހިވެފައިވާ ދާއިރާއެއްގެ ގޮތުގައި ތަރައްޤީކުރުމަށްޓަކައި ކުރަމުންދާ މަސައްކަތުގެ ތެރެއިން، ޝަރުޢީ ދާއިރާގެ މުވާޞަލާތީ ވިއުގަ އިތުރަށް ތަރައްޤީކޮށް، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނާއި ކޯޓުތައް، އިންޓަގްރޭޓެޑް ކޮމިއުނިކޭޝަން ނެޓްވަރކަކުން ގުޅައިލައި، ކޯޓުތަކުގައި ޔުނިފައިޑް ކޮމިއުނިކޭޝަން އެންހޭންސްމަންޓް ސޮލިއުޝަނެއް ޤާއިމުކުރުމަށް ޓަކައި، 2016 ވަނަ އަހަރުގެތެރޭގައި ދިރާގާއެކު ވެވުނު އެއްބަސްވުމުގެ ފުރަތަމަ ފޭސްގެ ދަށުން ގުޅައިލެވުނު 101 މެޖިސްޓްރޭޓުގައި އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތްތައް ކުރިއަށް ގެންދެވޭނެ އިންތިޒާމް ހަމަޖެއްސުމަށް ޓަކައި އެ ކޯޓުތަކަށް ބޭނުންވާ ސިސްޓަމްތައް ސަޕްލައިކުރުމުގެ އެއްބަސްވުމުގައި މިއަދު ސޮއިކޮށްފިއެވެ.

DJA-AudioVideo2019.jpeg

އައިލެންޑްމާކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑް އާއެކު ވެވުނު މި މަސައްކަތް ނިމިގެންދިއުމުން، މި ސިސްޓަމްތައް ޤާއިމްކުރެވޭ ކޯޓުތަކަށް ހުށަހެޅޭ މައްސަލަތައް އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ހިންގުމުގެ އިންތިޒާމް ހަމަޖެހިގެން ދާނެއެވެ. މި އިންތިޒާމްތައް ހަމަޖެހިގެން ދިއުމުން، މައްސަލަތައް ހިންގުމަށް ޓަކައި ކޯޓަށް ޙާޟިރުކުރަންޖެހޭ ފަރާތްތައް ކޯޓަށް ޙާޟިރުކުރުމުގެ ބަދަލުގައި އެ ޚަޞްމަކު ހުރި ތަނަކީ މި ވިއުގައިގެ ތެރެއިން ގުޅައިލެވިފައިވާ ތަނެއްކަމުގައިވާނަމަ އޯޑިއޯ ވީޑިއޯ މެދުވެރިކޮށް ޝަރީޢަތް ކުރިއަށް ގެންދިއުމުގެ އިންތިޒާމް ހަމަޖެހިގެންދާނެއެވެ.

101 މެޖިސްޓްރޭޓް ކޯޓެއްގެ 126 ކޯޓު ރޫމްގައި އޯޑިއޯ ވީޑިއޯ ސިސްޓަމްތައް ހަރުކުރުމުގެ މަސައްކަތް ޖުމްލަ 30 ދުވަހުގެ ތެރޭގައި ކޮށް ނިންމާގޮތަށް އައިލެންޑްމާކް ހާރޑްވެއަރ ޕްރައިވެޓް ލިމިޓެޑްއާ ޙަވާލުކުރެވިފައި ވަނީ 1.5 މިލިއަން ރުފިޔާއަށެވެ.

antalya bayan escort
kadikoy escort
bodrum escort
konya escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno