ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރގެ މަޤާމަށް ސ.ހުޅުދޫ، ރަތްވިލާގެ އަލްއުސްތާޛާ ރަޢުފާ ޙައިދަރު ޢައްޔަން ކުރަށްވައިފި

222.jpeg

ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ޤާނޫނުގެ 21-1 ވަނަ މާއްދާގެ (ރ) ގެ 8 ވަނަ ނަންބަރުން ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނަށް މަތިކޮށްފައިވާ ޒިންމާގެ ދަށުން ދިވެހިރާއްޖޭގެސުޕްރީމް ކޯޓުގެ ރަޖިސްޓްރާރގެ މަޤާމަށް، ސ.ހުޅުދޫ، ރަތްވިލާގެ، އަލްއުސްތާޛާ ރަޢުފާ ޙައިދަރު ޢައްޔަން ކުރަށްވައިފިއެވެ

އަލްއުސްތާޛާ ރަޢުފާ ޙައިދަރު އެންމެ ފުރަތަމަ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅިވަޑައިގެންނެވީ 19 އޮކްޓޯބަރ 2011 ގައި އެސިސްޓެންޓް ލީގަލް އޮފިސަރުގެ މަޤާމަށެވެ. އެއަށްފަހު 06 ނޮވެމްބަރ 2019 ގައި ލީގަލް މަޤާމުތަކުގެ އޮނިގަނޑަށް ގެނެވުނު އިސްލާހާއި ގުޅިގެން ލީގަލް އޮފިސަރަކަށް ބަދަލުވެގެން ދިޔައެވެ. 08 އެޕްރީލް 2013 އިން 7 މެއި 2014 އަށް އަލްއުސްތާޛާ ރަޢުފާ ޙައިދަރު ވަނީ ވަގުތީގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރގެ މަޤާމުވެސް އަދާ ކުރަށްވާފައެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ރަޖިސްޓްރަރގެ މަޤާމަށް އަލްއުސްތާޛާ ރަޢުފާ ޙައިދަރު އައްޔަނުކުރެވިގެން ދިޔައީ 12 ޖަނަވަރީ 2020 ވަނަ ދުވަހުއެވެ