ހއ. ބާރަށު އައު ކޯޓު އިމާރާތުގެ ބިންގާ އަޅައިފި

 

 WhatsApp Image 2020-01-18 at 10.30.15.jpeg

ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން ހއ. އަތޮޅުގެ ހުރިހައި ރަށެއްގެ ކޯޓުތަކަކަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ހއ. ބާރަށު އައު ކޯޓު އިމާރާތުގެ ބިންގާ މިއަދު އަޅުއްވައި ދެއްވައިފިއެވެ. ބިންގާ އަޅުއްވައި ދެއްވީ ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ.އަބްދުﷲ ނަޒީރެވެ. މި ރަސްމިއްޔާތު އޮތީ ހއ. ބާރަށުގައި މިއަދު ހެނދުނު ބޭއްވި ރަސްމިއްޔާތެއްގައެވެ

މި ދަތުރުފުޅުގައި ހއ. ހޯރަފުށީ ކޯޓު އަޕްގްރޭޑް ކުރުމުގެ މަސައްކަތް ކުރުމަށްޓަކައި އެހެން އިމާރާތަކަށް ބަދަލުކުރުމަށްޓަކައި ހަމަޖައްސަން ޖެހޭ އިންތިޒާމްތައް ހަމަޖެއްސުމާއި، ހއ. އަތޮޅު ހުރިހައި ކޯޓުތަކެއްގެ ހާލަތު ބައްލަވާލެއްވުމާއި އަދި ކޯޓުތަކުގެ އިދާރީ ހިންގުން ހަރުދަނާ ކުރުމަށް ކުރެވެން ހުރި ކަންތައްތައް ދެނެގަތުމަށް ވަނީ ހަމަޖެހިފައެވެ