ފަނޑިޔާރުގޭގެ މަސައްކަތުގެ ފެށުން ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަފްލާ ރޭ ދަރުބާރުގޭގައި ބާއްވައިފި

ޤަޟާއީ އަހަރު އިފްތިތާޙް ކުރުމުގެ ރަސްމިއްޔާތަކީ ކޮންމެ އަހަރަކުވެސް ފަނޑިޔާރުގޭގެ މަސައްކަތުގެ ފެށުން ރަސްމީ ގޮތެއްގައި ފާހަގަކުރުމަށް ބާއްވާ ރަސްމީ ހަފްލާއެކެވެ. ރޭގެ ހަފްލާގައި ޤަޟާއީ އަހަރު އިފްތިތާޙް ކޮށްދެއްވީ ދިވެހިރާއްޖޭގެ ރައީސުލް ޖުމްހޫރިއްޔާ އަލްފާޟިލް އިބްރާހީމް މުޙައްމަދު ޞާލިޙެވެ. ރައީސުލް ޖުމްހޫރިއްޔާގެ ވާހަކަފުޅުގައި ރައްޔިތުންގެ ހައްގުތައް ރައްކާތެރިކޮށްދީ ހިމާޔަތްކޮށްދިނުމުގައި އެންމެ މުހިންމު ދައުރެއް އަދާކުރައްވާ ބަޔަކީ ފަނޑިޔާރުންކަން ފާހަގަކުރެއްވިއެވެ. އަމިއްލަ ފަރުދެއްވިޔަސް ދައުލަތުގެ ކަމެއް ހިންގުމާ ހަވާލުވެ ހުރި މީހެއް ކަމުގައި ވިޔަސް ފަނޑިޔާރުންގެ މަސައްކަތާ ބެހި ނުފޫޒު ފޯރުވައިގެން ނުވާނެކަން ގާނޫނު އަސާސީގައި ސާފުބަހުން ލިޔެފައި އޮންނަނީ އެސަބަބަށްޓަކައި ކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި ފަނޑިޔާރުންނަށް ދުސްތޫރީ އިނާޔަތްތައް ލިބިދީފައި އޮންނަނީ އެފަނޑިޔާރުންގެ ފަރާތުންވެސް ވަރަށް މަތިވެރި މަގުސަދުތަކެއް ހާސިލުކުރަން ބޭނުންވާތީ، ރައްޔިތުންގެ މެދުގައި ތަފާތު ނުކޮށް އަދުލު އިންސާފު ގާއިމު ކޮށްދިނުމަށްޓަކައިކަން އެމަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މުޅި ޝަރުޢީ ނިޒާމަށް ބަލާއިރު ކޯޓުތަކުން ހިދުމަތްތައް ހޯދުމުގައި ރައްޔިތުންނަށް ފަސޭހަވާނެ ގޮތްތަކަކަށް އިދާރީ ހިންގުން ބަދަލުވަމުން އައުން އެއީ ރައްޔިތުންނަށްލިބޭ ވަރަށްބޮޑު ހިތްހަމަޖެހުމެއްކަމަށާއި ހުރިހައި ކޯޓުތަކެއް އެއްވިޔުގައަކުން ގުޅާލެވި ކޯޓުތަކުގެ މެދުގައި މުޢާމަލާތް ކުރެވޭނެ ފަސޭހަ އިންތިޒާމެއް މިހާރު ހަމަޖެހިފައި އޮތުމަކީ ކޯޓުތަކުގެ ހިންގުމަށް އައި ހެޔޮ ބަދަލެއްކަން އެމަނިކުފާނު ފާހަގަ ކުރެއްވިއެވެ.

ރޭގެ ހަފްލާގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު އަޙްމަދު މުޢުތަޞިމް ޢަދުނާން 2020 ވަނަ އަހަރުގެ ސްޓޭޓް އޮފް ދަ ޖުޑީޝަރީ އެޑްރެސް ވެސް އިއްވަވާ ދެއްވިއެވެ. އެމަނިކުފާނުގެ ވާހަކަ ފުޅުގައި ޤާނޫނުގެ ހުކޫމަތް ކަށަވަރުކޮށްދީ ނެގެހެއްޓުމަކީ ހަމައެކަނި ކޯޓުތަކުގެ ޒިންމާއެއްނޫންކަމާއި އެ ޒިންމާއަކީ ސަރުކާރާއި މިނިވަން މުއައްސަސާތަކާއި ސަލާމަތީ ހިދުމަތްތަކާއި ކައުންސިލްތަކާއި ދިވެހިރާއްޖޭގެ ބާގެ މެންބަރުންނާއި ރައްޔިތުންގެވެސް ޒިންމާއެއްކަންވެސް ފާހަގަކުރެއްވިއެވެ.

ސުޕްރީމްކޯޓުގެ އަމާޒަކީ ކައިރި މުސްތަޤްބަލެއްގައި އެ ކޯޓުގެ އަޑުއެހުންތަކުގެ ލައިވް ސްޓްރީމް ކުރިއަށް ގެންދިޔުމާއި އަދި ގާނޫނަކުން އާންމުންނަށް ހުޅުވާލެވިގެން ޝަރީއަތް ބޭއްވުން މަނާކުރާ ބާވަތުގެ މައްސަލަތައް ފިޔަވައި ސުޕްރީމް ކޯޓުގައި ބޭއްވޭ ޝަރީއަތްތަކުގެ މަޖިލިސްތައް ހިނގަމުންދާއިރު އަޑުއައްސަވަން ވަޑައިގަންނަވާ ފަރާތްތަކަށް ޝަރީއަތުގެ މަޖިލީހައް ވަދެ ނުކުމެ ވަޑައިގަތުމުގެ ފުރުސަތު އޮންނަގޮތަށް އިންތިޒާމްތައް ހަމަޖެއްސުންކަން އެމަނިކުފާނުގެ ޖުޑީޝަރީ އެޑްރެސްގައި ފާހަގަކުރެއްވިއެވެ.

އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލައްވަމުން ފަނޑިޔާރުގެއިން ގާނޫނު އަސާސީ ނަގަހައްޓާނޭ ކަމުގެ ޔަގީންކަން އެރުވިއެވެ. އަދި އެއްވެސް ނުފޫޒަކަށް ލެނބުމެއްނެތި އަސާސީ ހައްގުތައް ކަށަވަރުކޮށްދިނުމުގައި ފަނޑިޔާރުގެއިން ދެމިއޮންނާނެ ކަމާއި އިންސާފަކީ މުޖުތަމައު ވިއްސިވިހާލިނުވެ ހިފަހައްޓާ ބާރުކަން އެނގިތިބެ އިންސާފުގެ ފަނޑިޔާރުގެއެއް ގާއިމުވެ އޮންނާނެ ކަން ފާހަގަ ކުރެއްވިއެވެ.

ރޭގެ ހަފްލާގައި ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ ޑރ. އަބްދުﷲ ނަޒީރުވެސް ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި 2023 ވަނަ އަހަރު ނިމުމުގެ ކުރިން ރާއްޖޭގެ ކޯޓުތަކަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމަށް ބޮޑު ހައްލެއް ހޯއްދެވުމަކީ އެއް އަމާޒުކަން ފާހަގަކުރެއްވިއެވެ. އަދި 2020 ވަނަ އަހަރު ނިމުމުގެ ކުރިން ކޯޓުތަކުގައި އީ.ފައިލިންގ ސިސްޓަމް ގާއިމު ކުރެވި އަދި އީ.ފައިލިންގ ސިސްޓަމް މެދުވެރިކޮށް ކޯޓުތަކުގައި މައްސަލަ ހުށަހެޅޭނެ އިންތިޒާމް ހަމަޖެހިގެން ދިޔުމަކީ އުންމީދު ކުރަށްވާކަމެއްކަން ފާހަގަކުރެއްވިއެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno