2020 ޖޫން 28 ގައި ނ. ހޮޅުދޫ މެޖިސްޓްރޭޓް ކޯޓަށް ޢައްޔަން ކުރެވުނު އިސް މެޖިސްޓްރޭޓު އަލްއުސްތާޛު އާދަމް ޝަރީފުގެ އިންޑަކްޝަން ޕްރޮގްރާމުގެ ބްރީފިންގ ސެޝަން 3 (ޖުޑީޝަލް ސަރވިސް ކޮމިޝަންގެ ބްރީފިންގ ސެޝަން) 2020 ޖުލައި 14 ވަނަ ދުވަހުގެ ހަވީރު 16:00-18:00 އަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި ވަނީ ކުރިއަށް ގެންގޮސްފައެވެ. މި ސެޝަން ނަންގަވައި ދެއްވީ ޖުޑީޝަލް ސަރވިސް ކޮމިޝަނުގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިން އެވެ. މި ސެޝަނުގައި ފަނޑިޔާރުންގެ ސުލޫކާއި، އިންޓަގްރިޓީ ފަދަ ތަފާތު ކަންކަމާގުޅޭ ގޮތުން މަޢުލޫމާތު ޙިއްޞާ ކުރެއްވެވިއެވެ.
މި އިންޑަކްޝަން ޕްރޮގްރާމަކީ 2020 ޖުލައި 01 އިން ފެށިގެން ކުރިއަށްދާ ޕްރޮގްރާމެކެވެ. ޖުޑީޝަލް އިންޑަކްޝަން ޕްރޮގްރާމަކީ، އަލަށް ހުވާ ކުރައްވާ ފަނޑިޔާރުންނަށް އަމާޒު ކޮށްގެން ޖުޑީޝަލް އެކެޑަމީން ހިންގަމުންދާ ވަރަށް މުހިއްމު ޕްރޮގްރާމެކެވެ. ފޭސްޓު ފޭސް އަދި އޮންލައިންކޮށް ކުރިއަށް ގެންދާ މި އިންޑަކްޝަން ޕްރޮގްރާމު ފަރުމާ ކުރެވިފައިވަނީ، ސެމިނާރސް، ރިސާރޗް އެންޑް ޕްރެޒެންޓޭޝަން ބައި ޕާޓިސިޕަންޓްސް، ޕްރޮފެޝަނަލް އެޓޭޗްމަންޓް އެންޑް މެންޓޯޝިޕް ޕްރޮގްރާމް ހިމެނޭ ގޮތަށެވެ.