ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމް ފަށައިފި.

 25.10.2020.jpg

ކުޑަކުދިންގެ އަދުލުގެ ޤާނޫނަށް 2020 ނޮވެންބަރު 20 ވަނަ ދުވަހު ޢަމަލުކުރަން ފެށުމަށް ހަމަޖެހިފައިވާތީ، ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ 4 ދުވަހުގެ ޓްރެއިނިންގ ޕްރޮގްރާމެއް 25 އޮކްޓޯބަރގައި ވަނީ ފެށިފައެވެ. އޮންލައިންކޮށް ކުރިއަށްގެންދާ މި ޓްރޭނިންގ ޕްރޮގްރާމަކީ ޖުޑީޝަލް އެކެޑަމީއިން އިންތިޒާމްކޮށްގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރައްވާ މައިގަނޑު މުއައްސަސާތަކާއި ގުޅިގެން ކުރިއަށްގެންދާ ޓްރޭނިންގ ޕްރޮގްރާމެކެވެ.  މި ޕްރޮގްރަމް މިއަދު ފައްޓަވައި ދެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ އާޢިޝަތު ރިޒްނާ އެވެ.  ޗީފް ޖުޑީޝަލް އެޑްމިނިސްޓްރެޓަރގެ ވާހަކަފުޅުގައި މި ތަމްރީނު ޕްރޮގްރާމްގެ ބޭނުމަކީ، އަލަށް ފަށާ ކުޑަކުދިންގެ ޢަދަލުގެ ޤާނޫނު ތަންފީޒުކުރުމަށް ބޭނުންވާނެ މަޢުލޫމާތު އަދި މަސައްކަތްތައް ރޭވުމަށް ޤާޟީންނާއި ކޯޓުތަކުގައި މަސައްކަތްކުރައްވާ ލީގަލް މުވައްޒަފުންނަށް ބޭނުންވާނެ މަޢުލޫމާތު ފޯރުކޮށްދިނުމެވެ. ކުޑަކުދިންގެ ޢަދަލުގެ ނިޒާމް ހަރުދަނާވެގެންދާނީ ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ކަމާގުޅޭ އެކަށޭނެ މަޢުލޫމާތާއި ތަމްރީނު ލިބިދެވިގެން ކަމުގައި ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓާރ ފާހަގަ ކުރެއްވި އެވެ.  

މި ޓްރޭނިންގ ޕްރޮގްރާމްގައި، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ޖުވެނައިލް ކޯޓު، ޑްރަގްކޯޓުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ޖުވެނައިލް ޖަސްޓިސް ޔުނިޓް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް އިން ބައިވެރިވެއެވެ.  އަދި މި ޕްރޮގްރާމަށް މަޢުލޫމާތު ދެއްވާ، ފެސިލިޓޭޓަރުންނަކީ، ޖުވެނައިލް ކޯޓް، ޖުވެނައިލް ޖަސްޓިސް ޔުނިޓް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، މޯލްޑިވްސް ޕޮލިސް ސަރވިސް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސްގެ ތަޖުރިބާކާރު ބޭފުޅުންނެވެ.  މި ޕްރޮގްރާމް 28 އޮކްޓޫބަރ 2020 ގެ ނިޔަލަށް ކުރިއަށް ދާނެއެވެ. 

20 ނޮވެމްބަރ 2020 ގައި  ޢަމަލުކުރަން ފަށާ ޤާނޫނު ނަންބަރ 18/2019 (ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ޤާނޫނު) އަކީ ޤާނޫނާ ޚިލާފުވާ ކުޑަކުދިންގެ މައްސަލަތައް، އެކުދިން ކުށްކުރުމާ ދުރުކުރުމަށް ބާރުއަޅައިދޭ، އެކުދިންނާ ރަޙްމަތްތެރި މާޙައުލެއްގައި ހިންގޭނެ އުސޫލަކުން، އަދި އެކުދިންނަށް ބޭނުންވާ ރީހެބިލިޓޭޓިވް ފަރުވާ ލިބިދީ، އެކުދިން ހެޔޮގޮތުގައި އަނބުރާ މުޖުތަމަޢަށް އައިސް، މުޖުތަމަޢުގައި ބިނާކުރަނިވި ދައުރެއް އަދާކުރުމަށް މަގުފަހިކޮށްދެވޭނެ ގޮތަށް ބައްޓަންކުރެވިފައިވާ، ކުޑަކުދިންނަށް ޚާއްޞަކުރެވިގެންވާ ނިޒާމެއް މެދުވެރިކޮށް ނިންމުމަށްޓަކައި، ކުޑަކުދިންގެ ޢަދުލުގެ ނިޒާމެއް ޤާއިމުކުރުމަށް އެކަށައަޅަންޖެހޭ އުސޫލުތައް ބަޔާންކުރުމުގެ ޤާނޫނެވެ. މި ޤާނޫނުގެ މައިގަނޑު މަޤުޞަދަކީ، ޤައުމު ބިނާކުރުމުގައި ޢާއިލާގެ ދުޅަހެޔޮކަން ދަމަހައްޓައި، ޤައުމުގެ އަންނަން އޮތް ޖީލުތަކުގެ ދައުރުގެ މުހިންމުކަން ޤަބޫލުކޮށް، އެ ޖީލުތައް ހެޔޮގޮތުގައި ތަރުބިއްޔަތުކުރުމަށް މަގުފަހިކުރުމަށްޓަކައި، އަދުގެ ކުޑަކުދިންގެ ޖިސްމާނީ، ނަފްސާނީ، ރޫޙާނީ، ފިކުރީ އަދި އިޖްތިމާޢީ ދުޅަހެޔޮކަން ރައްކާތެރިކޮށް، ދަމަހައްޓައި، ތަރައްޤީކުރުމަށް ބާރުއެޅުމެވެ.  މި ޤާނޫނުގެ ދަށުން ޖިނާޢީ މަސްއޫލިއްޔަތު އުފުލާ ޢުމުރަކީ 15 އަހަރު ކަމުގައި ކަނޑައެޅި ފައިވެއެވެ. މި ޢުމުރަށްވުރެ ހަގު އުމުރުގެ ކުދިންގެ ތެރެއިން ޤާނޫނާ ޚިލާފު ޢަމަލުތަކަށް ހުށަހެޅޭ ކުދިންނާއި ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ތިބޭ ކުދިން ކުށްކުރުމުން ދުރުހެލިކޮށް އިޞްލާޙުކުރުމަށް ބާރުއަޅާފައިވެއެވެ. އައު ޤާނޫނުގެ ދަށުން ކުޑަކުދިންގެ މައްސަލަތައް ފުރަތަމަ މަރުޙަލާގައި ބެލުމުގެ އިޚްތިޞާޞް ލިބިގެންވަނީ ޖުވަނައިލް ކޯޓާއި އެކޯޓުގެ ދަށުން ޤާއިމުކުރެވޭ ޑިވިޝަންތަކާއި ޑްރަގް ކޯޓެވެ. ޖުވެނައިލް ކޯޓާއި އެ ކޯޓުގެ ޑިވިޜަންތަކުގައި ކުޑަކުދިންގެ މައްސަލަތައް ބެލުމުގައި މަސައްކަތްކުރަންވާނީ އެފަދަ މައްސަލަތައް ބެލުމުގެ ޚާއްޞަ ތަމްރީނު ލިބިފައިވާ ދެޖިންސުގެ ފަނޑިޔާރުންކަމުގައި އައު ޤާނޫނުގައި ބަޔާން ކުރައްވާފައި ވެއެވެ.

އަލަށް ފަށާ ޤާނުނުން އެންމެ ބޮޑަށް ފާހަގަ ކޮށްލެވޭ ކަމަކީ، ކުއްޖަކާމެދު އެއްވެސް ފިޔަވަޅެއް އެޅުމުގެ ކުރިން، އެ ކުއްޖާ އަކީ ކުށަށް އަރައިގަތުމުގެ ނުރައްކަލުގައި ކިހާ މިންވަރަކަށް ހުރި ކުއްޖެއްތޯ ދެނެގަތުމަށްޓަކައި ރިސްކު އެސެސްމެންޓެއް ހަދަން ޖެހެއެވެ. ކުއްޖާއާ މެދު އެއްވެސް ފިޔަވަޅެއް އެޅެނީ ރިސްކް އެސެސްމެންޓުގެ ރިޕޯޓް ހެދުމަށްފަހުގައެވެ. ތަޙުޤީޤު މުރުޙަލާގަ އާއި ދަޢުވާކުރުމުގެ މަރުޙަލާގަ އާއި ޝަރީޢަތް ކުރުމުގެ މަރުޙަލާގަ އާއި ޙުކުމް ތަންފީޒު ކުރުމުގެ މަރުޙަލާގައި މި ޤާނޫނުގެ ދަށުން އެންމެ އިސްކަމެއް ދީފައިވަނީ ކުއްޖާގެ މަޞަލަޙަތަށް އިސްކަން ދިނުމެވެ. މިގޮތުން ކޮންމެ މަރުޙަލާއެއްގައިވެސް ކުއްޖާ އަލުން މުޖުތަމަޢަށް ނެރުމަށް ކުއްޖާ އަށް އެހީތެރިވާން ޖެހެއެވެ.

 

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno