ކުޑަކުދިންގެ ޢަދުލުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ޓްރެއިނިންގ ޕްރޮގްރާމް ނިމިއްޖެ

Closing Photo.jpg

 

އަލަށް ފަށާ، ކުޑަކުދިންގެ ޢަދުލުގެ ނިޒާމާ ބެހޭ ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން ޖުޑީޝަލް އެކެޑަމީއިން އިންތިޒާމްކޮށްގެން ކުޑަކުދިންގެ ޢަދުލުގެ ނިޒާމުގައި މަސައްކަތްކުރައްވާ މައިގަނޑު މުއައްސަސާތަކާއި ގުޅިގެން އޮންލައިންކޮށް ކުރިއަށްގެންދެވުނު 4 ދުވަހުގެ ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ރަސްމިއްޔާތު 28 އޮކްޓޯބަރ 2020 ވަނަ ދުވަހު ބާއްވައިފިއެވެ. މި ޓްރޭނިންގ ޕްރޮގްރާމްގައި ދިވެހިރާއްޖޭގެ ސުޕްރީމްކޯޓު، ދިވެހިރާއްޖޭގެ ހައިކޯޓު، ޖުވެނައިލް ކޯޓު، ޑްރަގްކޯޓުގެ އިތުރުން މޯލްޑިވްސް ޕޮލިސް ސަރވިސް، ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީސް، ޖުވެނައިލް ޖަސްޓިސް ޔުނިޓް އަދި މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް ގެ ފަރާތުން މުޅިއެކު 36 ބޭފުޅަކު ބައިވެރިވެފައިއެވެ.

މި ޓްރޭނިންގ ކުރިޔަށް ގެންދިޔަ ގޮތާބެހޭ ގޮތުން ބައިވެރިން ފާޅުކުރައްވާފައިވާ ޚިޔަލުތަކަށްބަލާއިރު، މި ޓްރޭނިންގގެ ސަބަބުން އަލަށް ތަޢާރަފުވާ ކުޑަކުދިންގެ ޢަދަލުގެ ނިޒާމުގެ ސަބަބުގެ ކުށްކުރާ ކުދިން އިޞްލާޙުވުމަށް ވަރަށް ބޮޑަށް މަގުފައިވެފައިވާ ކަމާއި މިގޮތުން ތަޙުޤީޤު މަރުޙަލާގައާއި ދަޢުވާކުރުމުގެ މަރުޙަލާގައާއި ޝަރީޢަތް ކުރުމުގެ މަރުޙަލާގައާއި އަދި ޙުކުމް ތަންފީޒުކުރުމުގެ މަރުޙަލާގައި އެންމެ ބޮޑަށް ސަމާލުކަންދެނީ ކުއްޖާގެ މަޞަލަޙަތަށް އިސްކަންދީ، ކުށްޖާ އިޞްލާޙުވުމަށް ފުރުޞަތު ދިނުންކަން ބައިވެރިންނަށް އޮޅުން ފިލިއެވެ. ގުޅުން ހުރި ހުރިހާ މަރުޙަލާ އަކުންވެސް ނުވަތަ އެ މަރުޙަލަކާ ގުޅޭ މުއްވައްޞަސާ އަކުން އާޤާނޫނަށް ޢަމަލުކުރަން ތައްޔާރުވެފައިވާ މިންވަރު އެނގި މުއައްސަސާ ތަކުން ޢަމަލުކުރާ އިޖްރާއަތް ތައް ސާފުވިކަން ބައިވެރިން ފާހަގަ ކުރެއްވި އެވެ. އަދި އައު ޤާނޫނުގައިވާ ގޮތުގެ މަތިން ކޯޓުތަކުގައި ކުޑަކުދިންނާ ރަޙުމަތްތެރި މާޙައުލެއް ޤާއިމުކުރުމާއި، ޤާނޫނުގެ ދަށުން ހަދަންޖެހޭ ޤަވާޢިދު ހެދުމާއި މި ނޫނަސް ޤާނޫނުގައި ބުނާ ކަންކަން ފުރިހަމަ ކުރުމަށް ބޭނުންވާ ވަސީލަތްތައް ފޯރުކޮށް ދިނުން އަވަސްކޮށް ދެއްވުމަށް ތަންމްރީނުގެ ބައިވެރިން އެދިވަޑައިގެންފައި ވެއެވެ. އަދި މި ތަމްރީނަކީ ގިނަ މަޢުލޫމާތު ތަކެއް ލިބުނު އަދި ވަރަށް ޝައުޤުވެރިކަމާއެކު ކުރިޔަށް ގެންދެވުނު ތަމްރީނު ޕްރޮގްރާމެއް ކަމުގައިވެސް ބައިވެރިން ފާހަގަ ކުރެއްވިއެވެ.  

މި ޓްރޭނިންގ ޕްރޮގްރާމް ނިންމުމުގެ ގޮތުން އޮންލައިންކޮށް ބޭއްވުނު ރަސްމިއްޔާތު ޝަރަފުވެރި ކޮށްދެއްވީ، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ އާޢިޝަތު ރިޒްނާ އެވެ. އެކަމަނާގެ ވާހަކަފުޅުގައި މިފަދަ ޤާނޫނަކަށް އެންމެ ފުރިހަމައަށް އަމަލުކުރުމުގައި ހުރި ގޮންޖެހުންތަށް ބައިވެރިންގެ ވާހަކަތަކުން ފާހަގަވެގެން ހިނގައްޖެ ކަމަށާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އިން ޝަރުއީދާއިރާގެ ކޯޓުތަކާއި އަދި ކުޑަކުދިންގެ އަދުލުގެ ނިޒާމުގައި ހިމެނޭ އެންމެހާ މުއައްސަސާތަކާއި ގުޅިގެން ކުރަންހުރި މަސައްކަތުގެ ގިނަކަން އިތުރަށް އިހުސާސްވެގެން ހިނގައްޖެކަމާއި، އަދި އެކަމަނާގެ އުއްމީދަކީ މިފަދަ ތަމްރީނުތައް މި އަށްވުރެ ފުޅާދާއިރާއެއްގައި މުސްތަގުބަލުގައި ކުރިއަށްގެންދެވޭނެފަދަ ގޮތަކަށް ޖުޑީޝަލް އެކެޑަމީން މަސައްކަތް ކޮށް ދެއްވުމެވެ. އަދި ޤާނޫނުގެ މަގުޞަދު ޙާސިލްވާގޮތަށް ގަވާއިދުތައް އެކުލަވާލުމުގެ މަސައްކަތްތައް މިހާރުކުރެވެމުން ދާކަން ފާހަގަ ކުރެއްވިއެވެ. މި ޤާނޫނުގެ އެންމެ މުހިންމު މަގުސަދަކީ ކުއްޖާގެ މަސްލަހަތު ހިމާޔަތްކުރުން ކަމަށް އެކަމަނާ ފާހަގަކުރެއްވިއެވެ.

މި ބައްދަލުވުމުގައި، ޖުޑީޝަލް އެކެޑަމީގެ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު އަލީ ވެސް ވާހަކަފުޅު ދެއްކެވި އެވެ. އެ މަނިކުފާނުގެ ވާހަކަފުޅުގައި ފެސިލިޓޭޓަރުން ހުށަހެޅި ކަރުދާސްތަކުން ފާހަގަވެގެން ދިޔައީ ކުދިންކުރާ ކުށްތަކަށް އަދަބުދިނުމުގެ ބަދަލުގައި ކުއްޖާއަށް އިސްލާހުވުމަށް ފުރުސަތުދީ، ކުދިންގެ ހައްޤުތަށް ހިމާޔަތްކުރުމަށްޓަކައި މި ޤާނޫނުގެދަށުން ގިނަގުނަ މަސައްކަތްތަކެއް ކުރެވެމުން ދާކަމާއި، ކުޑަކުދިންގެ ހައްޤުތައް ރައްކާތެރިކުރުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާކަން ފާހަގަކުރެއްވިއެވެ. އަދި މިހާރު އަމަލުކުރެވެމުންދާ ކުޑަކުދިންގެ ޙައްޤުތައް ރައްކާތެރި ކުރުމުގެ ޤާނޫނަށް އަހުލުވެރިކުރުމުގެ ގޮތުން އިތުރު ތަމްރީނުތަށް ބޭއްވުމަށް ޖުޑީޝަލް އެކެޑަމީއިން ތައްޔާރުވަމުން އަންނަކަމަށްވެސް އެ މަނިކުފާނުގެ ވާހަކަފުޅުގައި ފާހަގަކުރެއްވިއެވެ. މި ޓްރޭނިންގ ޕްރޮގްރާމު ކާމިޔާބުކަމާއެކު ކުރިއަށްގެންދިއުމަށް ކަމާގުޅުންހުރި އެންމެހާއިދާރާތަކުން ވެދެއްވި އެހީތެރިކަމަށާއި ދެއްވި އެއްބާރުލުމަށް މުޅި ޖުޑީޝަރީގެ ނަމުގައި ޖުޑީޝަލް އެކެޑަމީގެ ޑިރެކްޓަރ ޖެނެރަލް އަލްއުސްތާޛް އަޙްމަދު އަލީ ވަނީ ޝުކުރުއަދާކުރައްވާފައެވެ.

ފަހުގެ ޚަބަރުތައް

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno