ޔޫއެންޑީޕީގެ ފަރާތުން މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ ގިނަ އަދަދެއްގެ އައި.ސީ.ޓީ އިކުއިޕްމެންޓްސް ހަދިޔާކޮށްފި

Image 5.png

 

ޔޫ.އެން.ޑީ.ޕީ މޯލްޑިވްސް އާއި ބްރިޓިޝް ހައި ކޮމިޝަންގެ އެހީތެރިކަމާއިއެކު މެޖިސްޓްރޭޓް ކޯޓުތަކަށް ބޭނުންވާ އައި.ސީ.ޓީ ވަސީލަތްތައް 07 ޖުލައި 2021 ވީ ބުދަ ދުވަހު ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން އަށް ޔޫއެންޑީޕީގެ ފަރާތުން ހަވާލުކޮށްދެއްވައިފިއެވެ. މިތަކެތި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) އާއި ހަވާލުކޮށްދެއްވީ ޑީ.ޖޭ.އޭ ގައި ބޭއްވި ރަސްމިއްޔާތެއްގައެވެ. މި ތަކެއްޗާއި ޑީ.ޖޭ.އޭ ގެ ފަރާތުން ހަވާލުވެލެއްވީ ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާއެވެ. މި ރަސްމިއްޔާތުގައި ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިން، ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާ، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައި ކޮމިޝަނަރ ހާރ އެކްސެލެންސީ ކެރޯން ރޮސްލަރ، ޔޫ.އެން.ޑީ.ޕީ ގެ ރެސިޑެންޓް ރެޕްރެޒެންޓޭޓިވް އެޑް އިންޓަރިމް ވޭރާ ހާކިމް، އަދި މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ. ކޮވިޑް19 އާއިގުޅިގެން ރަސްމިއްޔާތުގައި ގިނަ ބޭފުޅުން ބައިވެރިވެ ވަޑައިގެންނެވީ ވާރޗުއްލްކޮށެވެ.

ޔޫ.އެން.ޑީ.ޕީ ގެ ފަރާތުން ހަދިޔާ ކުރެއްވި އައި.ސީޓީ އިކުއިޕްމަންޓްސް ތަކަކީ ޝަރުޢީ ދާއިރާގެ ހިދުމަތްތަކަކީ ޒަމާނީ ވަސީލަތްތަކުގެ އެހީގައި ފަސޭހަ އަދި އަވަސް ކަމާއިއެކު ފޯރުކޮށްދެވޭ ހިދުމަތްތަކެއްކަން ކަށަވަރު ކުރުމަށް ޝަރުޢީދާއިރާގެ ފަރާތުން ކުރަމުންގެންދާ މަސައްކަތްތަކަށް އެހީތެރިވެދިނުމުގެ ގޮތުން ޔޫއެންޑީޕީ މޯލްޑިވްސްގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ތެރެއިން މިއަހަރު ވެދެއްވި އެފަދަ ބޮޑު އެއް އެހީއެވެ. މީގެ ކުރިންވެސް ޔޫއެންޑީޕީގެ ފަރާތުން ވަނީ މާލޭގެ ކޯޓުތަކަށްވެސް ބޭނުންވާ މިފަދަ ވަސީލަތްތައް ފޯރުކޮށްދެއްވާފައެވެ. އަދި މީގެ އިތުރުން ފަނޑިޔާރުންނާއި މެޖިސްޓްރޭޓުން އަދި ޝަރުޢީދާއިރާގެ މުވައްޒަފުންނަށް ބޭނުންވާނެ އެކިކަހަލަ ޓްރޭނިންގ ތަކާއި އަދި ޝަރުޢީދާއިރާގެ ކަންތައްތައް ހަރުދަނާ ކުރުމަށް ބޭނުންވާ އެހެނިހެން ފަންނީ އެހީތެރިކަންވެސް ޔޫ.އެން.ޑީ.ޕީ މޯލްޑިވްސްގެ ފަރާތުން ދަނީ ޝަރުޢީދާއިރާއަށް ފޯރުކޮށްދެއްވަމުންނެވެ.

ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޖުޑީޝަލް ސާރވިސް ކޮމިޝަންގެ ރައީސް އަލްއުސްތާޛާ ޙިސާން ޙުސައިން ފާހަގަ ކުރެއްވި ގޮތުގައި ޔޫއެންޑީޕީގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމުގެ ސަބަބުން ޝަރުޢީދާއިރާގެ މަސައްކަތްތައް ހަރުދަނާ ކުރުމަށް ކުރަމުންދާ މަސައްކަތައް އިތުރު ކުރިއެރުންތަކެއް ލިބިގެންދާނެކަން ފާހަގަ ކުރެއްވިއެވެ. އަދި ދުނިޔެއަށް މި ކުރިމަތިވި ކޮވިޑް 19 ގެ އާލަމީ ވަބާގައި ޝަރުޢީދާއިރާގެ މަސައްކަތްތަކަށް ބުރޫނާރާ ހުއްޓުމެއް ނެތި ކުރިއަށް ގެންދިޔުމުގައި ޔޫއެންޑީޕީގެ ފަރާތުން ވޭތުވެދިޔަ ދުވަސްތަކުގައި ވެދެއްވާފައިވާ އެހީތައް ފާހަގަ ކުރައްވާކަމަށެވެ. އަދި އެކަމަށްޓަކައި އެކަމަނާ ޔޫއެންޑީޕީއަށާއި ގުޅިފައިވާ ފަރާތްތަކަށް ޝުކުރު އަދާކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުން ޗީފް ޖުޑީޝަލް އެޑްމިނިސްޓްރޭޓަރ އަލްއުސްތާޛާ ޢާއިޝަތު ރިޒްނާވެސް ޔޫއެންޑީޕީ މޯލްޑިވްސް އާއި ބްރިޓިޝް ހައިކޮމިޝަންގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށް ޝުކުރު އަދާކުރެއްވިއެވެ. އަދި މި ލިބިގެން ދިޔަ އިތުރު އެހީގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކަށް މިހާރު ދިމާވެފައިވާ ދަތިތަކަށް ކޮންމެވެސް ވަރެއްގެ ހައްލެއް ލިބި، މަސައްކަތްތައް ހަލުވިވެ އަވަސް ކަމާއިއެކު ކުރިއަށް ގެންދިޔުމަށް މަގުފަހިވެގެން ދާނެކަމަށް ފާހަގަ ކުރެއްވިއެވެ.

ފާއިތުވެދިޔަ އަހަރުތަކުގެ ބަޖެޓުގެ ހާލަތު ހުރިގޮތުން އެކަށީގެންވާ އަވަސް މިނެއްގައި މިފަދަ ވަސީލަތްތައް ކޯޓުތަކަށް ހޯދާދިނުމުގައި ތަފާތު ގޮންޖެހުންތަކާ ޑިޕާޓްމަންޓަށް ވަނީ ކުރިމަތިލާންޖެހިފައިކަންވެސް އެކަމަނާގެ ވާހަކަ ފުޅުގައި ފާހަގަ ކުރެއްވިއެވެ. އެހެންކަމުން ޔޫއެންޑީޕީ މޯލްޑިވްސްގެ ފަރާތުން ބްރިޓިޝް ހައި ކޮމިޝަން މެދުވެރިކޮށް މި ފޯރުކޮށްދެއްވި އެހީތެރިކަމަކީ ޑީ.ޖޭ.އޭގެ ފަރާތުން އުފަލާއިއެކު ބަލައިގަނެ އެކަމުގެ އަގު ވަޒަން ކުރާކަމެއް ކަން ފާހަގަ ކުރެއްވިއެވެ. އަދި މީގެ އިތުރުން ކޮވިޑް 19 އާއި ގުޅިގެން މިހާރު އޮންލައިންކޮށް ޖުޑީޝަރީ އިން ގެންދާ ގިނަ ހިދުމަތްތައް ކުރިއަށް ގެންދިޔުމަށްޓަކައި ޔޫއެންޑީޕީގެ ފަރާތުން ވެދެއްވަމުން ގެންދަވާ އެހީތެރިކަމަށްވެސް ޝުކުރު އަދާކުރެއްވިއެވެ. އަދި ކުރިއަށް އޮތްތާނގައިވެސް މި ގުޅުން އިތުރަށް ބަދަހިވެ ޖުޑީޝަރީގެ ކުރިއެރުމަށް ބޭނުންވާ އެހީތެރިކަން އެކި ދާއިރާތަކުން ލިބިގެން ދާނެ ކަމަށް އުއްމީދުކުރައްވާކަންވެސް އެކަމަނާގެ ވާހަކަފުޅުގައި ފާހަގަ ކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ޔޫ.އެން.ޑީ.ޕީ ގެ ރެސިޑެންޓް ރިޕްރެޒެންޓޭޓިވް އެޑް އިންޓަރިމް ވޭރާ ހާކިމް، ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ބްރިޓިޝް ހައިކޮމިޝަނަރ ހާރ އެކްސެލެންސީ ކެރޮން ރޮސްލަރ އަދި ޏ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛާ ޚަދީޖާ ލީނާ ވެސް ވާހަކަފުޅުދެއްކެވިއެވެ. އެގޮތުން ޏ.ޖުޑީޝަލް ދާއިރާގެ އިސް މެޖިސްޓްރޭޓް އަލްއުސްތާޛާ ޚަދީޖާ ލީނާ ގެ ވާހަކަފުޅުގައި ޔޫއެންޑީޕީގެ ފަރާތުން މި ވެދެއްވި އަގުނުކުރެވޭ އެހީތެރިކަމުގެ ސަބަބުން މެޖިސްޓްރޭޓް ކޯޓުތަކުގެ މަސައްކަތްތަކަށް ވަރަށް ބޮޑު ފަސޭހަކަމެއް ލިބިގެންދާނެ ކަމަށް އެކަމަނާ ވިދާޅުވީއެވެ. އަދި ޝަރުޢީދާއިރާގެ ފަރާތުން ފޯރުކޮށްދެމުން ގެންދާ ހިދުމަތްތަކުގެ ފެންވަރު ރަނގަޅު ކުރެވި ހަލުވި ކަމާއި ފަސޭހަ ކަމާއިއެކު އާންމުންނަށް ހިދުމަތް ފޯރުކޮށްދިނުމަށް މަގުފަހިވެގެންދާނެ ކަންވެސް އެކަމަނާ ފާހަގަކުރެއްވިއެވެ.

ޔޫއެންޑީޕީ އާއި ބްރިޓިޝް ހައިކޮމިޝަން ގުޅިގެން މި ވެދެއްވި އައިސީޓީ ވަސީލަތްތަކުގެ އެހީގައި ކޯޓުތަކުން ފޯރުކޮށްދޭ ހިދުމަތުގެ ފެންވަރު ރަނގަޅު ކުރެވި އަދި އެކަމުގެ ސަބަބުން އަދުލު އިންސާފު ގާއިމު ކުރުމުގެ ނިޒާމަށް މީހުން ކުރާ އިތުބާރު އިތުރަށް ވަރުގަދަ ކުރުމަށް ޝަރުޢީދާއިރާގެ ފަރާތުން ކުރަމުންދާ މަސައްކަތައްވެސް އިތުރު ކުރިއެރުން ތަކެއް ލިބިގެން ދިޔުމަށް މަގުފަހިވެގެންދާނެއެވެ.

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
ankara escort
sex watch
porn
kartal escort
izmit escort
freehdporn.mobi
porno