ޖުޑީޝަލް އެކެޑަމީއާއި ޔޫއެންޑީޕީ ގުޅިގެން، 'ޓްރެއިނިންގ އޮފް ޖުޑިޝަލް ޓްރެއިނަރސް' ގެ ނަމުގައި ތަމްރީނު ޕްރޮގްރާމެއް ފަށައިފި

IMG 7793

ޖުޑީޝަލް އެކެޑަމީ އާއި ޔުނައިޓަޑް ނޭޝަންސް ޑިވެލޮޕްމަންޓް ޕްރޮގްރާމް (ޔޫ.އެން.ޑީ.ޕީ) ގުޅިގެން ބްރިޓިޝް ހައިކޮމިޝަންގެ އެހީތެރިކަމާއެކު، ޓްރެއިނިންގ އޮފް ޖުޑިޝަލް ޓްރެއިނަރސްގެ ނަމުގައި 3 ދުވަހުގެ ޓްރެއިނިންގ އޮފް ޓްރެއިނަރސް (ޓީ.އޯ.ޓީ) ޕްރޮގްރާމެއް މިއަދު ފެށިގެން ކުރިއަށް އެބަދެއެވެ. މި ޕްރޮގްރާމަކީ، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުންނަށް އަމާޒުކޮށްގެން 2021 ސެޕްޓެންބަރު 16 އިން 18 ވަނަ ދުވަހުގެ ނިޔަލަށް، ކ. ތުލުސްދޫގައި ކުރިއަށްގެންދާ ޕްރޮގްރާމެކެވެ.

މި ޕްރޮގްރާމްގެ މަޤްޞަދަކީ، ދިވެހިރާއްޖޭގެ ޖުޑިޝަރީގެ ޤާބިލުކަން އިތުރުކުރުމުގެގޮތުން ޔޫއެންޑީޕީގެ އެހީގައި މުރާޖާއާކުރެވުނު ޖުޑިޝަލް ކަރިކިއުލަމްގައި ހިމެނޭ މޮޑިއުލްތައް އޭގެ އެންމެ ފުރިހަމަ ގޮތުގައި ޖުޑިޝަރީއަށް ފޯރުކޮށްދިނުމަށް ޓްރެއިނަރުންތަކެއް ތަމްރީނުކުރުމެވެ. މި ޕްރޮގްރާމްގައި ސުޕްރީމް ކޯޓާއި، ސުޕީރިއާރ ކޯޓުތަކާއި، މެޖިސްޓްރްޓް ކޯޓުތަކުގެ ފަނޑިޔާރުން ހިމެނޭގޮތައް ޖުމްލަ 26 ފަނޑިޔާރުން ޓްރެއިނަރުންގެ ގޮތުގައި ތަމްރީނު ކުރެވިގެންދާނެއެވެ. އަދި މި ޕްރޮގްރާމްގައި ތަމްރީނުކުރެވޭ ޓްރެއިނަރުން މެދުވެރިކޮށް ދިވެހިރާއްޖޭގެ ހުރިހާ ކޯޓުތަކުގެ ފަނޑިޔާރުންނަށް އިތުރު ތަމްރީން ޕްރޮގްރާމްތައް ކުރިއަށް ގެންދިއުމަށްވެސް ވަނީ ހަމަޖެހިފައިވެއެވެ.

މި ޓީއޯޓީ ޕްރޮގްރާމްގައި ޖިންސީ އަދި ގިންތިއަށް ނިސްބަތްކޮށް ދޭ އަނިޔާއާއި، ފަނޑިޔާރުންގެ ސުލޫކީ މިންގަނޑާއި، ކޭސް މެނޭޖްމަންޓްގެ އިތުރުން ހުކުމް ލިޔާނެގޮތާ ގުޅޭ ސެޝަންތަކެއް ހިމެނޭނެއެވެ.

މި ޕްރޮގްރާމް ފެސިލިޓޭޓްކޮށްދެއްވަނީ ކަރިކިއުލަމް ރިވިއު ކުރުމުގައި މަސައްކަތް ކުރެއްވި ޔޫއެންޑީޕީގެ ކޮންސަލްޓެންޓް، ޖަޖް މެލްކޮމް ސިމަންސްއެވެ.