ހައިކޯޓު ދެކުނު ގޮފީގެ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް ކުރިޔަށް ގޮސްފައިވާ މިންވަރު

ހައިކޯޓުގެ ދެކުނު ގޮފީގެ މަސައްކަތްތައް ފެށުމަށް ވާންޖެހޭ ތައްޔާރީތަކުގެ ތެރެއިން އެގޮފީގެ މުވައްޒަފުން ހަމަޖެއްސުމުގެ މަސައްކަތް މިހާރު ދަނީ ކުރިޔަށެވެ. އެގޮތުން އެގޮފީގެ މުވައްޒަފުން ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރެއްވި ނަންބަރު ނަންބަރު: (IUL)197-A1/1/2015/24އިޢުލާނަށް އިޖާބަ ދެއްވި ފަރާތްތަކުގެ ތެރެއިން މަޤާމުތަކަށް ހަމަޖައްސާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި 9 އޮކްޓޯބަރު 2015 ވާ ހުކުރު ދުވަހާއި 10 އޮކްޓޯބަރު 2015 ވާ ހޮނިހިރު ދުވަހު އިންޓަރވިއު ކުރުން ކުރިޔަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ. މި އިންޓަރވިއު އޮންނާނީ ސ.ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގައެވެ.

ހައިކޯޓުގެ ދެކުނު ގޮފީގައި 7 މަޤާމަށް ޖުމްލަ 90 ފަރާތަކުން ކުރިމަތިލެއްވިއެވެ. އެމަޤާމުތަކަކީ: 

e
ހައިކޯޓުގެ ދެކުނު ގޮފީގެ މުވައްޒަފުން ހޯދުމަށްޓަކައި ކުރެވުނު އިޢުލާނާ ގުޅިގެން އެ ގޮފީގެ ރަޖިސްޓްރަރ އާއި ކޯޓު މާސްޓަރުގެ މަޤާމަށް ކުރިމަތިލެއްވި ފަރާތްތަކުގެ ތެރޭގައި ޝަރުތު ހަމަވާ އެއްވެސް ފަރާތެއް ނެތުމާއެކު އެ ދެ މަޤާމުގެ އިންޓަރވިއު ކުރިޔަށް ގެންދާ ގޮތަށް ހަމަޖެހިފައެއް ނުވެއެވެ.

ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނަށް ގެނެވުނު ފުރަތަމަ އިޞްލާޙުން، އެޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން، ހައިކޯޓުގެ ދެ ގޮފި ރާއްޖޭގެ ދެ ސަރަޙައްދެއްގައި ޤާއިމުކުރާ ގޮތަށް ވަނީ ހަމަޖެހިގެންގޮސްފައެވެ.