ހައިކޯޓުގެ ދެކުނު ގޮތްޕަށް މުވައްޒަފުން ނެގުމަށް ކުރި އިންޓަރވިއު ބާތިލުކުރުމާ ގުޅޭ

Image-1

ހައިކޯޓުގެ ދެކުނު ގޮތްޕަށް މުވައްޒަފުން ހޯދުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކުރެއްވި ނަންބަރު: (IUL)197-A1/1/2015/24 އިޢުލާނަށް އިޖާބަ ދެއްވި ފަރާތްތަކުގެ ތެރެއިން މަޤާމުތަކަށް ހަމަޖައްސާނެ ފަރާތްތައް ކަނޑައެޅުމަށްޓަކައި ކުރިޔަށް ގެންދިޔަ އިންޓަރވިއު 13 އޮކްޓޯބަރު 2015 ވީ އަންގާރަ ދުވަހު ބާތިލުކޮށް، އިންޓަރވިއު ޕެނަލް އަލުން އެކުލަވައިލުމަށް ފަހު އިންޓަރވިއު ބޭއްވުމަށް ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން ނިންމައިފިއެވެ.

9 އޮކްޓޯބަރު 2015 ވީ ހުކުރު ދުވަހާއި 10 އޮކްޓޯބަރު 2015 ވީ ހޮނިހިރު ދުވަހު ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގައި ކުރިޔަށް ގެންދިޔަ މިއިންޓަރވިއު ބާތިލުކޮށްފައިވަނީ އިންޓަރވިއު ކުރިޔަށް ގެންދިއުމަށްޓަކައި ޑިޕާޓްމަންޓުން އެކުލަވައިލި އިންޓަރވިއު ޕެނަލްގައި ސިޔާސީ މަޤާމެއް ފުރުއްވަމުންގެންދަވާ ބޭފުޅެއް ހިމެނިވަޑައިގަންނަވާ ކަން ޑިޕާޓްމަންޓުގެ ސަމާލުކަމަށް އައުމާގުޅިގެންނެވެ.

ޝަރުޢީ ދާއިރާގެ މަޤާމުތަކަށް ކުރިމަތިލާ މީހުންގެ ތެރެއިން މަޤާމުތަކަށް މީހުން ހޮވުމަށްޓަކައި އެކުލަވައިލެވޭ އިންޓަރވިއު ޕެނަލްގައި ސިޔާސީ މަޤާމެއް އަދާކުރަމުންދާ މީހަކު ނުވަތަ ސިޔާސީ ޙަރަކާތްތެރިއަކު ހިމަނައިގެން ނުވާނެ ކަމަށް ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ ޤަވާޢިދު 2011 ގެ 83 ވަނަ މާއްދާގެ (ށ) ގައި ބުނެއެވެ.

ހައިކޯޓުގެ ދެކުނު ގޮފީގެ 7 މަޤާމަކަށް ޖުމްލަ 90 ފަރާތަކުން ކުރިމަތިލެއްވިއެވެ.