ހައިކޯޓުގެ އުތުރާއި ދެކުނު ގޮތްޕަށް ބޭނުންވާ އޮފީސް މެޝިނަރީސް ސަޕްލައި ކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފި

divi

ރާއްޖޭގެ އުތުރާއި ދެކުނުގައި ޤާއިމުކުރުމުގެ މަސައްކަތް ކުރަމުންދާ ހައިކޯޓުގެ ގޮފިތަކަށް ބޭނުންވާ އޮފީސް މެޝިނަރީސް ސަޕްލައި ކުރުމުގެ މަސައްކަތް ޑިވިޜަން އޮފް އޯޑިއޯ ވިޝުއަލް އާ ޙަވާލުކޮށް، މަސައްކަތުގެ އެއްބަސްވުމުގައި ސޮއި ކޮށްފިއެވެ. ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގައި މިއަދު އޮތް ރަސްމިއްޔާތުގައި، ޑިޕާޓްމަންޓްގެ ފަރާތުން އެއްބަސްވުމުގައި ސޮއި ކުރެއްވީ އެސިސްޓެންޓް ޑިރެކްޓަރ އަމީރާ އަބްދުއްރަޝީދެވެ. އަދި ޑިވިޜަން އޮފް އޯޑިއޯ ވިޝުއަލްގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ސޭލްސް އެންޑް މާކެޓިންގ މެނޭޖަރ ޝިރާޒް މުސްތޮފާއެވެ.

 

މި މަސައްކަތް ޙަވާލުކޮށްފައިވަނީ 19 އޮކްޓޯބަރު 2015 ވާ ހޯމަ ދުވަހުގެ ކުރިން ތަކެތި ސަޕްލައިކޮށް ނިންމަންޖެހޭ ގޮތަށެވެ.