ހައިކޯޓު/ ދެކުނު ގޮފީގެ ފަނޑިޔާރުން ހަމަޖެއްސުމާ ބެހޭ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރު

ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) އަށް 1 ވަނަ އިސްލާޙް ގެނައުމުގެ ޤާނޫނުގެ 35 ވަނަ މާއްދާގެ ދަށުން ދިވެހިރާއްޖޭގެ، ދެ ސަރަހައްދެއްގައި ޤާއިމުކުރަންޖެހޭ ހައިކޯޓުގެ ގޮފިތަކަށް ފަނޑިޔާރުން ހަމަޖެއްސުމަކީ، ދިވެހިރާއްޖޭގެ ޢަދްލު އިންޞާފު ޤާއިމްކުރުމުގެ ބާރުގެ އެންމެ އިސްފާރާތުގެ ހައިސިއްޔަތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މަސްއޫލިއްޔަތެއްކަމަށް ބުނެވިދިޔަ ޤާނޫނުގެ 35 ވަނަ މާއްދާގެ (ޅ)ގައި ކަނޑައެޅިބަޔާންވެފައި އޮންނައޮތުމަށާއި، ފަނޑިޔާރުން ހަމަޖެއްސުމުގައި ރިޢާޔަތްކުރަންޖެހޭނެކަމަށް ޤާނޫނުގައި ބުނެފައިވާ ކަންކަމުގެ މައްޗަށާއި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ މައްޗަށާއި ޝަރުޢީ ހަމަތަކުގެ މައްޗަށް ވިސްނާބެލުމަށްފަހު، ޤާނޫނު ނަންބަރު 2010/22  (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 35 ވަނަ މާއްދާގެ ދަށުން ޤާއިމުކުރެވިފައިވާ ހައިކޯޓު/ ދެކުނު ގޮފީގެ ފަނޑިޔާރުކަމަށް އަލްއުސްތާޛް ޝުޖާޢު އުޘްމާން (A054911/ ހިލިހިލާއާގެ، ގއ. ވިލިނގިލި) މީލާދީ ސަނަތުން 2016 ވަނަ އަހަރުގެ މެއި މަހުގެ 23، ހިޖުރީސަނަތުން1437 ވަނަ އަހަރުގެ ޝަޢުބާން މަހުގެ 16 ވަނަ ދުވަހު ބޭއްވުނު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ އިއްތިފާޤުން ކަނޑައަޅައި، މިކަން ކަމާބެހޭ ފަރާތްތަކަށް އެންގުމަށް ވަނީ ނިންމަވާފައެވެ.


ހައިކޯޓު / ދެކުނު ގޮފީގެ ފަނޑިޔާރުން ހަމަޖެއްސުމާ ބެހޭ ިދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަރާރު ވިދާޅުވުމަށް