ހައިކޯޓު ދެކުނުގޮފީގެ މުވައްޒަފުން އިސްނަންގަވައިގެން، ސ.ހުޅުދޫމީދޫގައި ޝަރުޢީދާއިރާގައި މަސައްކަތްކުރައްވާ ހުރިހާ މުވައްޒަފުންނަށް 27 ޖޫން 2016 ވަނަ ދުވަހުގެ ރޭ ތަރާވީހެއް ބާއްވައިފިއެވެ. މި ތަރާވީހަކީ ޝަރުޢީ ދާއިރާގެ މުވައްޒަފުންގެ މެދުގައި އެކުވެރިކަން އާލާކޮށް މުވައްޒަފުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މަޤުޞަދުގައި ކުރިއަށް ގެންދެވުނު ޙަރަކާތެކެވެ.
ތަރާވީސް ފެށިގެން ދިޔައީ ސ.މީދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް އައްޝައިޚު މުޙައްމަދު ޠައްޔިބު މުވައްޒަފުންނާ މުޚާތަބުކުރައްވައި ދެއްވި ދީނީ ދަރުސަކަށް ފަހުއެވެ.
މިތަރާވީހުގައި ހައިކޯޓު ދެކުނުގޮފީގެ ފަނޑިޔާރު އަލްއުސްތާޛު ޝުޖާޢު ޢުޘްމާނާއި، މީދޫ ކޯޓުގެ އިސް މެޖިސްޓްރޭޓް އައްޝައިޚު މުޙައްމަދު ޠައްޔިބު އާއި ހުޅުދޫ މެޖިސްޓްރޭޓް ކޯޓުގެ އިސް މެޖިސްޓްރޭޓް ޢަލީ ނަޒީރު އާއި ހުޅުދޫ އަދި މީދޫ މެޖިސްޓްރޭޓް ކޯޓުގެ ހުރިހާ މުވައްޒަފުން ބައިވެރިވެވަޑައިގެންނެވިއެވެ.