ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓް އިމާރާތް އެޅުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކޮށްފި

ހައްދުންމަތީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގެ ފަރާތުން ޢިމާރާތްކުރުމަށް ހަމަޖެހިފައިވާ މެޖިސްޓްރޭޓް ކޯޓް ޢިމާރާތް ކުރުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސޮއިކުރުމުގެ ރަސްމިއްޔާތު 29 ސެޕްޓެމްބަރ 2015 ގައި ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގައި ބާއްވައިފިއެވެ.


މިމަސައްކަތް ޙަވާލުކޮށްފައިވަނީ މައްސާޙު ކޮންސްޓްރަކްޝަން  އާއެވެ. މައްސާޙު ކޮންސްޓްރަކްޝަންގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖަރ ސާމިރު އަބޫބަކުރެވެ. ހައްދުންމަތީ ފޮނަދޫ މެޖިސްޓްރޭޓް ކޯޓުގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ  ލ. އަތޮޅުގެ ކޯޓް އެޑްމިނިސްޓްރޭޓަރ މުޙައްމަދު ޙަމީދެވެ.
ހައްދުންމަތީ ދަނބިދޫ ގައި ޢިމާރާތްކުރެވޭ މެޖިސްޓްރޭޓް ކޯޓް ޢިމާރާތް ކުރުމަށް ހަމަޖެހިފައިވަނީ ދަނބިދޫ މެޖިސްޓްރޭޓް ކޯޓް ގެ ޢިމާރާތް އެޅުމަށް ދަނބިދޫ ކައުންސިލުން ހަމަޖައްސަވައިދެއްވި  10000 އަކަފޫޓް ގެ ބިމެއްގައެވެ.