ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ ފައިނަލް އިންސްޕެކްޝަން ހެދުމަށް ޑީ.ޖޭ.އޭ ގެ ޓީމެއް ޅ.ނައިފަރުގައި

12ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އައު އިމާރާތަށް ބަދަލުކުރުމުގެ ކުރިން އިމާރާތުގެ ފައިނަލް އިންސްޕެކްޝަން ހެދުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުގެ ޓީމެއް ޅ.ނައިފަރުގައި މިހާރު ދަނީ ޙަރަކާތްތެރިވަމުންނެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވަނީ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތުގެ ޕްރޮޖެކްޓް އޮފިސަރު ކަމަށްވާ އެޑްމިނިސްޓްރޭޓިވް އޮފިސަރ ޢަބްދުލްވާޙިދު އިބްރާހީމް އާއި ޑިޕާޓްމަންޓުގެ ސީނިއަރ ނެޓްވޯރކް އިންޖިނިއަރ ހުސައިން ވަޙީދު އާއި ސީނއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ ޢަލީ އާދަމް އެވެ.

11މި ޓީމުގައި ހިމެނިވަޑައިގަންނަވާ ބޭފުޅުންގެ ތެރެއިން ޕްރޮޖެކްޓް އޮފިސަރ ގެ މައިގަނޑު މަސައްކަތަކީ ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އައު އިމާރާތަށް ބަދަލުކުރުމުގެ ކުރިން އިމާރާތުގެ އިންސްޕެކްޝަނެއް ހަދައި، އިމާރާތަށް އިތުރަށް ބޭނުންވާ ކަންކަން ފާހަގަކުރުމެވެ. މި ޓީމުގައި ހިމެނިވަޑައިގަންނަވާ ސީނިއަރ ނެޓްވޯރކް އިންޖިނިއަރ ހުސައިން ވަޙީދު އަދި ސީނއަރ ކޮމްޕިއުޓަރ ޕްރޮގްރާމަރ ޢަލީ އާދަމް ކުރައްވާނީ އައު އިމާރާތުގެ ނެޓްވޯރކާއި ޕީ.އޭ.ބީ.އެކްސް ޗެކްކުރުމުގެ މަސައްކަތެވެ.

ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އައު އިމާރާތަކީ ދެ ބުރިއަށް ހަދާފައިވާ އިމާރާތެކެވެ. މި ކޯޓު އިމާރާތް ޑިޒައިން ކޮށްފައިވަނީ ޝަރީޢަތްކުރާ 2 ކޮޓަރިއާއި، މެޖިސްޓްރޭޓުން މަސައްކަތް ކުރައްވާ 2 ކޮޓަރިކޮޅާއި ކޯޓު އެޑްމިނިސްޓްރޭޓަރ ކޮޓަރިއަކާއި މުވައްޒަފުން މަސައްކަތް ކުރާ އޭރިއާއަކާއި ވަކީލުން މަޑުކުރެއްވުމަށް ޚާއްޞަކޮށްފައިވާ އޭރިއާއެއް ހިމެނޭގޮތަށެވެ. އަދި ބަންދުގައި ބައިތިއްބައިގެން ކޯޓަށް ޙާޟިރުކުރާ ފަރާތްތައް ތިބުމަށް ޕްރިޒަން ސެލް އޭރިއާއަކާއި އެފަރާތްތައް ކޯޓަށް ޙާޟިރުކުރާ ޕޮލިސް އޮފިސަރުން މަޑުކުރެއްވުމަށް ޚާއްޞަކޮށްފައިވާ އޭރިއާއަކާއި ކޮންފަރެންސް ހޯލެއްވެސް ހިމެނޭ ގޮތަށެވެ.

ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އައު ބަދަލުކޮށް، އައު އިމާރާތުގައި ވަރަށް އަވަހަށް މަސައްކަތް ފެށުމަށް ވަނީ ހަމަޖެހިފައެވެ.