ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި މެމްސް ސޮފްޓްވެއަރ ބޭނުންކުރަން ފަށައިފި

mem

ޝަރުޢީ ދާއިރާގެ މައި ސޮފްޓްވެއަރ "މޯލްޑިވްސް އީ-ކޯޓް މެނޭޖްމަންޓް ސިސްޓަމް" (މެމްސް) ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި ތަޢާރަފުކޮށް ބޭނުން ކުރަން ފަށައިފިއެވެ. ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓުގައި މެމްސް ތަޢާރަފުކޮށްފައިވަނީ އެކަމަށްޓަކައި ކުރާންޖެހޭ މަސައްކަތްތައް ކުރުމަށްޓަކައި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަންގެ މުވައްޒަފުން މިހަފްތާ ބަންދުގައި އެކޯޓަށް ކުރި ޒިޔާރަތުގައެވެ.

މެމްސް ސޮފްޓްވެއަރ މެޖިސްޓްރޭޓް ކޯޓުތަކަށް ފުޅާކުރުމުގެ މަޝްރޫޢުގެ ދަށުން މިހާތަނަށް 13 މެޖިސްޓްރޭޓް ކޯޓުގައި މެމްސް ތަޢާރަފުކޮށް ބޭނުން ކުރަން ވަނީ ފަށާފައެވެ. އެ ކޯޓުތަކަކީ ޏ. ފުވައްމުލަކު މެޖިސްޓްރޭޓް ކޯޓު، އދ. މަހިބަދޫ މެޖިސްޓްރޭޓް ކޯޓު، ހއ.ދިއްދޫ މެޖިސްޓްރޭޓް ކޯޓު، ހދ.ކުޅުދުއްފުށި މެޖިސްޓްރޭޓް ކޯޓު، ނ.މަނަދޫ މެޖިސްޓްރޭޓް ކޯޓު، ރ.އުނގޫފާރު މެޖިސްޓްރޭޓް ކޯޓު، ކ.ތުލުސްދޫ މެޖިސްޓްރޭޓް ކޯޓު، ވ.ފެލިދޫ މެޖިސްޓްރޭޓް ކޯޓު، ތ.ވޭމަންޑޫ މެޖިސްޓްރޭޓް ކޯޓު، ގއ.ވިލިނގިލި މެޖިސްޓްރޭޓް ކޯޓު، ގދ.ތިނަދޫ މެޖިސްޓްރޭޓް ކޯޓު އަދި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓު އަދި ހުޅުމާލޭ މެޖިސްޓްރޭޓް ކޯޓެވެ. ޅ.ނައިފަރު މެޖިސްޓްރޭޓް ކޯޓަކީ މެމްސް ބޭނުންކުރަން ފެށި 14 ވަނަ މެޖިސްޓްރޭޓް ކޯޓެވެ.