ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުގެ ޢިމާރާތަށް ޖާގަ އިތުރުކުރުމުގެ އެއްބަސްވުމެއްގައި ކަލެކްޓިންގ ކޮމްޕެނީ ޕްރައިވެޓް ލިމިޓެޑް އާއެކު ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓުން މިއަދު ސޮއިކޮށްފިއެވެ.
މި މަސައްކަތަކީ، ހދ. ކުޅުދުއްފުށީ މެޖިސްޓްރޭޓް ކޯޓަށް އިތުރު މެޖިސްޓްރޭޓަކު ޢައްޔަންކުރެއްވުމާ ގުޅިގެން، އެ ކޯޓުގައި މިހާރު މަސައްކަތްކުރައްވާ 03 މެޖިސްޓްރޭޓުން މަސައްކަތްކުރައްވާނެ އިތުރު ޖާގަ ބޭނުންވާތީ އިތުރު ރޫމެއް އެޅުމަށާއި، އެ ކޯޓުގައި މިހާރު ހުރި ކޯޓު ރޫމްގެ ޖާގަ އިތުރުކޮށް ޒަމާނީ ކޯޓު ރޫމެއް ހެދުމަށާއި، އަދި މެޖިސްޓްރޭޓުންނާއި ކޯޓު އެޑްމިނިސްޓްރޭޓަރއާއި ލީގަލް މުވައްޒަފުން މަސައްކަތްކުރައްވާނެ ކެބިން ތައްޔާރުކުރުމަށްޓަކައި ޙަވާލުކުރެވުނު މަސައްކަތެކެވެ.
ޖުމްލަ 60 ދުވަހުގެ ތެރޭގައި ކޮށް ނިންމާގޮތަށް ޙަވާލުކުރެވުނު މި މަސައްކަތުގެ އަގަކީ 646،103.05 ރުފިޔާއެވެ.
ލ. އަތޮޅަކީ ރައްޔިތުންނަށް ރައްކާތެރި އަމާން ތަނަކަށް ހެދުމުގެ މަޤުޞަދުގައި، "ހައްދުންމަތި ރައްކާތެރި އަމާން މުޖުތަމަޢަކަށް، މުއައްސަސާތައް ގުޅިގެން" މި ނަމުގައި ލ. ފޮނަދޫ މެޖިސްޓްރޭޓް ކޯޓާއި ލ. އަތޮޅު ކައުންސިލް އިދާރާއިން އިސްނަންގަވައިގެން، ލ.އަތޮޅުގައި ހުރި އެހެނިހެން މުއައްސަސާތައް ގުޅިގެން ކުރިއަށް ގެންދާ އެއް ދުވަހުގެ ސެމިނަރ ލ. ފޮނަދޫ ރީޖަނަލް ހޮސްޕިޓަލްގެ "ގުރަހަ" މާލަމުގައި ފެށިގެން ކުރިއަށް އެބަދެއެވެ.
ޝަރުޢީ ދާއިރާގައި މެދުކެނޑުމެއް ނެތި 37 އަހަރަށް ވުރެ ގިނަދުވަހު ޚިދުމަތްކުރައްވާފައިވާ ބ.ކުޑަރިކިލު މިރާޒް، އަލްފާޟިލް މުހައްމަދު ރާޟީ ވަޒީފާއިން މުސްކުޅިކުރައްވައިފިއެވެ. މުސްކުޅިކުރެއްވި އިރު އޭނާ ހުންނެވީ ބ.ކުޑަރިކިލު މެޖިސްޓްރޭޓް ކޯޓުގެ އެޑްމިނިސްޓްރޭޓިވް އޮފިސަރުގެ މަޤާމުގައެވެ.
އަލްފާޟިލް މުޙައްމަދު ރާޟީ ޝަރުޢީ ދާއިރާއާ ގުޅިވަޑައިގެންނެވީ، 1979 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހުގެ 23 ވަނަ ދުވަހު، ބ. ކުޑަރިކިލު ކޯޓުގެ މަސައްކަތު މީހެއްގެ މަޤާމަށެވެ. އެއަށް ފަހު، އެ ކޯޓުގެ ކްލާރކް އެއްގެ މަޤާމާއި، އެސިސްޓެންޓް ސެކްރެޓަރީ އަދި ސެކްރެޓަރީގެ މަޤާމު އަދާކުރައްވާފައިވެއެވެ.
ޤާނޫނު ނަންބަރު 2016/12 (ޖިނާއީ އިޖުރާއަތުގެ ޤާނޫނު) އާ ގުޅޭގޮތުން ޖުޑީޝަލް ދާއިރާގެ މެޖިސްޓްރޭޓުންގެ މެދުގައި މަޝްވަރާކޮށް ޚިޔާލު ބަދަލުކޮށްލުމުގެގޮތުން، ފ. ޖުޑީޝަލް ދާއިރާއާއި ދ. ޖުޑީޝަލް ދާއިރާގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ވޯކްޝޮޕެއް ބާއްވައިފިއެވެ.
2017 އޮގަސްޓް 24 އިން 26 އަށް ކުރިއަށް ގެންދެވުނު މި ވޯކްޝޮޕް ބާއްވާފައިވަނީ ފ. ނިލަންދޫގައެވެ.
ފ އަދި ދ ޖުޑީޝަލް ދާއިރާތަކުގައި މަސައްކަތްކުރައްވާ ހުރިހާ މެޖިސްޓްރޭޓުންނާއި ލީގަލް އޮފިސަރުން ބައިވެރިވެލެއްވި މި ވޯކްޝޮޕް ފެސިލިޓޭޓް ކޮށްދެއްވީ، ޑްރަގް ކޯޓް ހިންގެވުމާ ޙަވާލުވެހުންނެވި ޤާޟީ އަލްއުސްތާޛު ޢަބްދުއްސައްތާރު ޢަބްދުލްޙަމީދެވެ.
2015ވަނަ އަހަރުގެ އޮކްޓޯބަރ 25 ވަނަ ދުވަހު، 6 މިލިއަން ރުފިޔާ އަށް އެސް ޖޭ ކޮންސްޓްރަކްޝަން އެންޑް ޓްރޭޑް އާ ޙަވާލުކުރެވުނު މ.މުލަކު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ މަސައްކަތް ނިމި ޢިމާރާތާއި ޙަވާލުވުމުގެ މަސައްކަތް މިވަގުތު ދަނީ ކުރެވެމުންނެވެ.
މުލަކަ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓު ޢިމާރާތްތަކުގެ ތެރެއިން މ.މުލަކު މެޖިސްޓްރޭޓް ކޯޓު ޢިމާރާތް ވެގެންދާނީ މެޖިސްޓްރޭޓުންނާއި މުވައްޒަފުން މަސައްކަތް ކުރުމަށްޓަކައި އަތޮޅުގައި ޤާއިމްކުރެވުނު ޖާގައިގެ ގޮތުން ތަނަވަސް އެންމެ ފުރިހަމަ އެއް މެޖިސްޓްރޭޓް ކޯޓު ޢިމާރާތްކަމުގައެވެ. މި ޢިމާރާތް ފަރުމާކުރެވިފައިވަނީ ޝަރީޢަތް ކުރުމަށް ޚާއްޞަ 02 މާލަމާއި މެޖިސްޓްރޭޓު ކޮޓަރިއާއި، އިދާރީ މުވައްޒަފުން މަސައްކަތްކުރާ އޭރިއާއަކާއި، ޖަލު ގޮޅިއެއް ހިމެނޭ ގޮތަށެވެ.
ސ.ހިތަދޫއަށް މިއަދުކުރި ވިއްސާރައިގައި ސ.ހިތަދޫ މެޖިސްޓްރޭޓް ކޯޓަށް ފެން ވަނުމާގުޅިގެން ކޯޓުގެ މަސައްކަތްތައް ކުރިޔަށް ގެންދިއުމަށް ދަތިވެ، މިއަދަށް ތާވަލުކުރެވިފައިވާ ބައެއް ޝަރީޢަތްތައް ކެންސަލްކޮށްފައިވާކަމަށް އެކޯޓުން މަޢުލޫމާތު ދެއްވައެވެ.
ޝަރުޢީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނާއި މުވައްޒަފުންގެ ޢާއިލާތަކަކީ، ގުޅުން ބަދަހި އެކުވެރި ޢާއިލާތަކަކަށް ހެދުމަށާއި އަދި އެކަމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް، ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެދިވަޑައިގެންފައިވެއެވެ.
2016 ވަނަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ދިދަ ނެގުމުގެ ޚާއްޞަ ރައްސްމިއްޔާތު ޝަރުޢީ ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ބާއްވައިފިއެވެ.
މި ރަސްމިއްޔާތުގައި، މެޖިސްޓްރޭޓް ކޯޓުތަކުގެ މެޖިސްޓްރޭޓުންނާއި، މުވައްޒަފުންނާއި، ކުރިން ކޯޓުތަކުގައި މަސައްކަތްކުރެއްވި މެސްޖިޓްރޭޓުންނާއި މުވައްޒަފުންވެސް ބައިވެރިވެފައިވެއެވެ.
2016 ވަނަ އަހަރުގެ މިނިވަންދުވަހުގެ މުނާސަބަތުގައި، ޝަރުޢީ ދާއިރާގެ މެޖިސްޓްރޭޓް ކޯޓުތަކުގައި ދިދަ ނެގުމުގެ ޚާއްޞަ ރަސްމިއްޔާތެއް މިރޭ ކުރިއަށް ގެންދާގޮތަށް ވަނީ ހަމަޖެހިފައެވެ.
ކައުންސިލް އިދާރާތަކާއެކު ޢިމާރާތްކޮށްފައިވާ ކޯޓުތަކުގައި މި ރަސްމިއްޔާތު ކުރިއަށްދާނީ ކައުންސިލްތަކާ ގުޅިގެންނެވެ. އަދި ވަކިން ޢިމާރާތްކުރެވިފައިވާ ކޯޓުތަކުގައި ދިދަ ނެގުމުގެ ރަސްމިއްޔާތު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވަނީ އެ ކޯޓެއްގެ މުވައްޒަފުން ބައިވެރިވެގެންނެވެ.
ވ އަދި މ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ބާއްވާ، ޤާނޫނުލްޢުޤޫބާތާއި، ޖިނާއީ އިޖުރާއާތާއި، ބިމާބެހޭ ޤާނޫނު އަދި ފަރާއިޟުގެ ޢިލްމަށް އަހުލުވެރިކުރުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ކުރިއަށް އެބަދެއެވެ.
މ. މުލީ މެޖިސްޓްރޭޓް ކޯޓުން އިންތިޒާމުކުރައްވައިގެން 03 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ދާނީ 21 ޖުލައި 2016 އިން 23 ޖުލައި 2016 އަށް މ. މުލީ މެޖިސްޓްރޭޓް ކޯޓުގައެވެ.
ލ.މާވަށު މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އެކޯޓުގެ އައު ޢިމާރާތަށް ބަދަލުކޮށްފިއެވެ. މިބަދަލާއެކު މިއަދުން ފެށިގެން އެކޯޓުގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާނީ އެ ކޯޓުގެ އައު ޢިމާރާތުގައެވެ.