މެޖިސްޓްރޭޓް ކޯޓުތަކުގައި ނުނިމިހުރި މައްސަލަތައް ނިންމުމުގައި މިހަފުތާވެސް ކާމިޔާބު

news mcs dhavvun

ޝަރުޢީ ކޯޓުތަކުގައި އެކަށީގެންވާ ވަރަށްވުރެ މާދިގު މުއްދަތަކަށް ނުނިމި ލަސްވެފައިވާ މައްސަލަތައް ހުރިކަން ފާހަގަކުރެވިފައިވާތީ، ކޯޓުތަކުގައި ހުރި މިފަދަ މައްސަލަތައް ނިންމޭނެ ގޮތަކަށް މައްސަލަތައް މެނޭޖްކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ވަނީ ޝަރުޢީ ކޯޓުތަކަށް އަންގަވާފައި ވެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކަށް ހުށަހެޅި ނުނިމި ގިނަދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި ކުރެވެމުންދާ މަސައްކަތުން މިހާތަނަށް ކުރިއެރުންތަކެއް ވަނީ ޙާޞިލު ކުރެވިފައެވެ.

މައްސަލަތައް ނިންމުމަށްޓަކައި ކުރެވުނު މަސައްކަތުން ފާއިތުވެދިޔަ ހަފުތާގެ ނިޔަލަށް 543 މައްސަލަ ނިންމިފައި ވެއެވެ.

މެޖިސްޓްރޭޓް ކޯޓުތަކުގެ ތެރެއިން ނުނިމި ހުރި މައްސަލަތައް އެންމެ ގިނަކަމަށް ފާހަގަކުރެވިފައިވާ 12 މެޖިސްޓްރޭޓް ކޯޓުގައި ނުނިމި ގިނަ ދުވަސްވެފައިވާ މައްސަލަތައް ނިންމުމަށްޓަކައި، ޝަރުޢީ ވަފުދުތައް ގެންދަވަނީ ކޯޓުތަކުގައި މަސައްކަތް ކުރައްވަމުންނެވެ. ކޯޓުތަކަށް ހުށަހެޅިފައިވާ މައްސަލަތައް ކުޑައަޑިވަންދެން މި ވަފުދުތަކުން އަތޮޅު ތެރޭގައި މަސައްކަތްކުރައްވަމުން ގެންދަވާނެއެވެ.