ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އައު ޢިމާރާތަށް ބަދަލުކުރުން

naifaru0102

ޅ. ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އެ ކޯޓުގެ އައު ޢިމާރާތަށް ބަދަލުކޮށް، މިއަދުން ފެށިގެން ކޯޓުގެ ޚިދުމަތްތައް ފޯރުކޮށްދެމުންދާނީ އެ ކޯޓުގެ އައު ޢިމާރާތުގައެވެ.

ދެބުރިއަށް ޢިމާރާތްކޮށްފައިވާ ނައިފަރު މެޖިސްޓްރޭޓް ކޯޓަކީ ޝަރީޢަތްކުރުމަށް ޚާއްޞަ ދެ ކޯޓު ރޫމާއި، ދެ މެޖިސްޓްރޭޓް ރޫމާއި، އިދާރީ މަސައްކަތްކުރުމަށް ޚާއްޞަ ބަޔަކާއި، ކޮންފަރެންސް ހޯލަކާއި، އަރުޝީފަކާއި، ސްޓޯރ ރޫމެއްގެ އިތުރުން، ވަކީލުންނަށް ޚާއްޞަކުރެވިފައިވާ ބަޔަކާއި، ކޯޓަށް ޙާޟިރުކުރެވޭ ފަރާތްތައް ބޭތިއްބުމަށް ޚާއްޞަ ކުރެވިފައިވާ ބަޔަކާއި، އެކޮމަޑޭޝަން ރޫމެއްވެސް ހިމެނޭގޮތަށް ފަރުމާކޮށްފައިވާ ކޯޓެކެވެ.

ނައިފަރު މެޖިސްޓްރޭޓް ކޯޓުގެ އައު ޢިމާރާތުގެ ތިރީބައި ޚާއްޞަކުރެވިފައިވަނީ ކޯޓުގައި ހިންގާ ޝަރީޢަތްތައް ހިންގުމަށެވެ. އަދި މަތީބައި ޚާއްޞަކުރެވިފައިވަނީ އިދާރީ މަސައްކަތްތަކަށާއި ކޯޓުގެ އަރުޝީފަށެވެ.