ބ. ކެންދޫ މެޖިސްޓްރޭޓް ކޯޓުގެ ހިންގުން އެކޯޓުގެ އައު ޢިމާރާތަށް ބަދަލުކުރުން

Kendhoo02

ބ. އަތޮޅު ކެންދޫ މެޖިސްޓްރޭޓް ކޯޓަށް ބޭނުންވާ ޖާގަ އިތުރުކުރުމުގެ ގޮތުން، އަލަށް ޢިމާރާތްކުރެވުނު  އެކޯޓުގެ އައު ޢިމާރާތުގެ މަސައްކަތް ނިމި، ކޯޓުގެ ހިންގުން، 26 މެއި 2016 ވަނަ ދުވަހުން ފެށިގެން ވަނީ ކޯޓުގެ އައު ޢިމާރާތަށް ބަދަލުކުރެވިފައެވެ.

Kendhoo01

އަލަށް ޢިމާރާތްކުރެވުނު ބ.ކެންދޫ މެޖިސްޓްރޭޓް ކޯޓަކީ، ޝަރީޢަތް ކުރުމަށް ޚާއްޞަ މާލަމަކާއި، މެޖިސްޓްރޭޓް ރޫމްގެ އިތުރުން، އިދާރީ މަސައްކަތްކުރުމަށް ޚާއްސަ ބަޔަކާއި، ސްޓޯރ ރޫމެއް ހިމެނޭ ގޮތަށް ފަރުމާކުރެވިފައިވާ ކޯޓެކެވެ.