ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ އާއިލީ މާހެފުން 1437

RatollM01

ރަމަޟާންމަހާ ދިމާކޮށް އެކި ކޯޓުތަކުން ބާއްވަމުން ގެންދާ މާހެފުމުގެ ޙަރަކާތަކީ، ފަނޑިޔާރުންގެ މަހާސިންތާ 2016 ނިންމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އެދިވަޑައިގެންނެވި ފަދައިން، ޝަރުޢީ ދާއިރާއަކީ އެއްބަޔަކު އަނެއް ބަޔަކަށް އިޙްތިރާމުކުރާ، އަދި މުވައްޒަފުންގެ އަގު ވަޒަންކުރާ އެކުވެރި ބަޔަކު އުޅޭ ދާއިރާއަކަށް ހެދުމުގެ މަޤުޞަދު ޙާޞިލްކުރެވޭނޭހެން އެންމެން ގުޅިގެން އާއިލީ ޙަރަކާތެއްގެ ގޮތުގައި ބޭއްވޭ ކަމެއްގެ ގޮތުގައި ހެދުމަށްޓަކައި، ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގައި މިއަދު ވަނީ އާއިލީ މާހެފުމެއް ބާއްވާފައެވެ.

RatollM02

RatollM03

RatollM04

RatollM05

ރ. އުނގޫފާރު މެޖިސްޓްރޭޓް ކޯޓުގެ މުވައްޒަފުން އިންތިޒާމުކުރި މި މާހެފުމުގައި، ކޯޓުގެ ހުރިހާ މުވައްޒަފުންނާއި، މުވައްޒަފުންގެ ޢާއިލާތަކުން ބައިވެރިވެފައި ވެއެވެ.