ޤާނޫނުލްޢުޤޫބާތާއި، ޖިނާއީ އިޖުރާއާތާއި، ބިމާބެހޭ ޤާނޫނު އަދި ފަރާއިޟުގެ ޢިލްމަށް އަހުލުވެރިކުރުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ފެށިގެން ކުރިއަށްދަނީ

 M.mulitraining

ވ އަދި މ އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ މެޖިސްޓްރޭޓުންނަށް އަމާޒުކޮށްގެން ބާއްވާ، ޤާނޫނުލްޢުޤޫބާތާއި، ޖިނާއީ އިޖުރާއާތާއި، ބިމާބެހޭ ޤާނޫނު އަދި ފަރާއިޟުގެ ޢިލްމަށް އަހުލުވެރިކުރުމުގެ ޓްރޭނިންގ ޕްރޮގްރާމެއް ކުރިއަށް އެބަދެއެވެ.

މ. މުލީ މެޖިސްޓްރޭޓް ކޯޓުން އިންތިޒާމުކުރައްވައިގެން 03 ދުވަހުގެ މުއްދަތަށް ކުރިއަށް ގެންދާ މި ޓްރޭނިންގ ޕްރޮގްރާމް ކުރިއަށް ދާނީ 21 ޖުލައި 2016 އިން 23 ޖުލައި 2016 އަށް މ. މުލީ މެޖިސްޓްރޭޓް ކޯޓުގައެވެ.

ވ. އަތޮޅުގެ މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ 02 މެޖިސްޓްރޭޓަކާއި، މ. މެޖިސްޓްރޭޓް ކޯޓުތަކުގައި މަސައްކަތްކުރައްވާ 05 މެޖިސްޓްރޭޓުންގެ އިތުރުން، މ. މުލީ މެޖިސްޓްރޭޓް ކޯޓުގައި މަސައްކަތްކުރައްވާ 05 އިދާރީ މުވައްޒަފުންނާއެކު ޖުމްލަ 12 ބައިވެރިން ހިމެނޭ މި ޕްރޮގްރާމްގެ ސެޝަންތައް ނަންގަވައިދެއްވަނީ ސިވިލް ކޯޓުގެ އިސް ޤާޟީ އަލްއުސްތާޛު ޢަބްދުﷲ ޢަލީ އާއި، ކްރިމިނަލް ކޯޓުގެ ޤާޟީ އަލްއުސްތާޛު އާދަމް ޢާރިފް އެވެ.