ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް އިޞްލާޙްކުރުމުގެ މަގުޗާޓް އިފްތިތާޙްކުރައްވައިފި

JudicialReform2019.jpg

ޝަރުޢީ ދާއިރާގެ މިނިވަންކަން ކަށަވަރުކޮށް، ޝަރުޢީ ދާއިރާ އިޞްލާޙްކުރުމަށްޓަކައި ގެންނަންޖެހޭ ބަދަލުތައް ގެނައުމަށްޓަކައި ކުރަންޖެހޭ ކަންތައްތައް ފާހަގަކޮށް އެކުލަވައިލައިފައިވާ "ފަނޑިޔާރުގޭގެ މިނިވަންކަން ކަށަވަރުކޮށް، ފަނޑިޔާރުގެ އިޞްލާޙްކުރުމުގެ މަގުޗާޓު 2019-2023" މިރޭ އިފްތިތާޙްކޮށް ދެއްވައިފިއެވެ. މި މަގުޗާޓް އިފްތިތާޙްކުރުން އޮތީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގައި އެ ކަމަށްޓަކައި ބޭއްވުނު ޚާއްޞަ ރަސްމިއްޔާތެއްގައެވެ. މި މަގުޗާޓް އިފްތިތާޙްކޮށް ދެއްވީ ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.

05 އަހަރު ދުވަހުގެ މުއްދަތަށް އެކުލަވައިލެވުނު މި މަގުޗާޓުގައި އިޞްލާޙީ ބަދަލުތައް ގެންނަންޖެހޭ މައިގަނޑު 20 ދާއިރާއެއް ފާހަގަކޮށްފައި ވެއެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި ބާއްވާ މި އަހަރު ދެވަނަ ރަސްމިއްޔާތު މިރޭ ބާއްވައިފި

LawyersOath2019-02-05.JPG

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03 ރޫލިންގ) ގެ 4 ވަނަ މާއްދާ އާއި 5 ވަނަ މާއްދާ އާ އެއްގޮތްވާ ގޮތުގެމަތީން 83 ފަރާތަކަށް ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ މިރޭ ދެއްވައިފިއެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި މިރޭ ބޭއްވި މި ރަސްމިއްޔާތަކީ، ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި މި އަހަރު ބޭއްވުނު ދެވަނަ ރަސްމިއްޔާތެވެ.

އިތުރަށް ވިދާޅުވުމަށް...

ތަޢުލީމާއި ތަޖުރިބާ ހޯދުމަށް ޝަރުޢީ ދާއިރާގެ އިސް ވަފުދެއް ތުރުކީ ވިލާތަށް ޒިޔާރަތް ކުރައްވައިފި

Turkey01-2019.jpeg

ޝަރުޢީ ކޯޓުތަކާއި އިދާރާތަކުގެ ހިންގުން ހަރުދަނާކޮށް، ޝަރުޢީ ދާއިރާއަށް ގެންނަންޖެހޭ އިޞްލާޙީ ހެޔޮ ބަދަލުތައް ގެނައުމަށްޓަކައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އިސް ނަންގަވައިގެން ކުރިއަށް ގެންދަވާ ޚާއްޞަ މަސައްކަތްޕުޅުގެ ދަށުން 2019 މާރިޗު 9 އިން 16 އަށް ޝަރުޢީ ދާއިރާގެ އިސް ވަފުދެއް ގެންދަވަނީ ތުރުކީ ވިލާތަށް ދަތުރެއް ކުރައްވަމުންނެވެ.

އިތުރަށް ވިދާޅުވުމަށް...

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ބޭފުޅަކު ހަމަޖައްސަވައިފި

SGDr.Faiz.jpg

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސެކްރެޓަރީ ޖެނެރަލްގެ މަޤާމަށް ޑރ. ޙުސައިން ފާއިޒް ހަމަޖައްސަވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިދާރީ ހިންގުމުގެ އެންމެ އިސް ވެރިޔަކީ ސެކްރެޓަރީ ޖެނެރަލްއެވެ. ސެކްރެޓަރީ ޖެނެރަލްއަކީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ޢައްޔަންކުރައްވާ ފަރާތެކެވެ.

2019 ޖަނަވަރީ 07 ވަނަ ދުވަހުން ފެށިގެން، ޑރ. ޙުސައިން ފާއިޒް އެ މަޤާމަށް ޢައްޔަންކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާގެ ޙަރަކާތްތައް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ނިންމައިފި

2018 އޮކްޓޫބަރު 31 ވަނަ ދުވަހުގެ ހެނދުނު ރާއްޖެ ޓީވީން ގެނެސްދީފައިވާ "ފަށާއިރު" ޕްރޮގްރާމް ހުށަހަޅައިދިން ފަރާތްތަކުން އެ ޕްރޮގްރާމްގައި، ޝަރުޢީ ކޯޓުތަކާއި ފަނޑިޔާރުންގެ، އަދި ވަކިން ޚާއްޞަކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ ޙުރުމަތް ކެނޑޭ އަދި މުޅި ޝަރުޢީ ދާއިރާގެ ކަރާމާތާއި ޤަދަރަށް އުނިކަން ލިބޭ ފަދަ ކޮންޓެންޓް ގެނެސްދީފައިވާކަން ފާހަގަކުރެވިފައިވާތީ އާއި، ރާއްޖެ ޓީވީ ގެ މި ޢަމަލަކީ ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމާބެހޭ ޤަވާޢިދު ގެ 4 ވަނަ މާއްދާގެ (ހ) ގެ 1، 8، 15 އަދި  16 ވަނަ ނަންބަރާ ޚިލާފު ޢަމަލެއްކަމަށް ވާތީ، މި މައްސަލަ ބަލައި ތަޙުޤީޤުކޮށް  މި މައްސަލައިގައި އިތުރު ގޮތެއް ކަނޑައަޅަންދެން، ޝަރުޢީ އެއްވެސް ކޯޓެއްގެ ޝަރީޢަތުގެ އަޑުއެހުންތަކާއި، ޝަރުޢީ ދާއިރާއިން އިންތިޒާމްކުރާ އެއްވެސް ޙަރަކާތެއް ކަވަރ ކުރުމުގެ ފުރުޞަތު ރާއްޖެ ޓީވީ އަށް ނުދިނުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އިޢުލާން ވިދާޅުވުމަށް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ ޚާއްޞަ މުނާސަބާ ކުލަގަދަކޮށް ފާހަގަކޮށްފި

IMG 9176

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 10 އަހަރު ފުރުމުގެ ޚާއްޞަ މުނާސަބާ ފާހަގަކުރުމުގެ ގޮތުން މިރޭ ރަސްމިއްޔާތެއް ބާއްވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 10 އަހަރު ފުރިފައިވަނީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުގައެވެ.

ދަރުބާރުގޭގެ ރަންނަބަނޑޭރި މާލަމުގައި އޮތް ރަސްމިއްޔާތުގައި، ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނާއި، ކުރީގެ އުއްތަމަ ފަނޑިޔާރު ރިޓަޔަރޑް ޖަސްޓިސް އޮނަރަބަލް އަލްއުސްތާޛު އަޙުމަދު ފާއިޒު ޙުސައިން އާއި، ސުޕްރީމް ކޯޓުގެ ކުރީގެ ފަނޑިޔާރުން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި ދައުލަތުގެ ބަންޑާރަނައިބު އަލްއުސްތާޛު މުޙައްމަދު އަނިލް އާއި، ޕްރޮސިކިއުޓަރ ޖެނެރަލް އަލްއުސްތާޛާ ޢާއިޝަތު ބިޝާމް އާއި، ހައިކޯޓާއި، ދަށު ކޯޓުތަކުގެ ފަނޑިޔާރުންނާއި، މިނިވަން މުއައްސަސާތަކާއި ޖަސްޓިސް ސެކްޓަރ ގައި ހިމެނޭ މުއައްސަސާތަކާއި އިދާރާތަކުގެ އިސްވެރިންނާއި ޤާނޫނީ ވަކީލުންނާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ މުވައްޒަފުންނާއި، ޝަރުޢީ ދާއިރާގެ ކޯޓުތަކާއި އިދާރާތަކުގެ އިސްވެރިންނާއި މުވައްޒަފުން ބައިވެރިވެވަޑައިގަތެވެ.

IMG 9177

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު ވާހަކަފުޅު ދެއްކެވުން

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް 10 އަހަރު ފުރުން ފާހަގަކުރުމުގެ ގޮތުން ބޭއްވުނު މި ޚާއްޞަ  ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ ވާހަކަފުޅު ދެއްކެވިއެވެ.

ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރުގެ ވާހަކަފުޅު ވާހަކަފުޅުގައި، ސުޕްރީމް ކޯޓު އުފެދުނު ތާރީޚު ކަމުގައިވާ 2008 ސެޕްޓެމްބަރު 18 ވަނަ ދުވަހަކީ، ދިވެހި ދައުލަތުގެ ދުސްތޫރީ ޙަޔާތުގެ އެންމެ މުހިންމު އެއް ދުވަސްކަން ފާހަގަކުރައްވައި، އެ ތާރީޚުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އުފެދިގެން ދިޔުމަކީ،  ބާރުތައް ވަކިވެފައިވާ ދުސްތޫރީ ނިޒާމެއްގައި ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމް މުސްތަޤިއްލު ބާރެއްގެ ގޮތުގައި ތަންޛީމްކޮށް ހިންގުމަށްޓަކައި ގެނެވުނު ދުސްތޫރީ މުހިންމު އިޞްލާހެއް ކަމުގައި ވިދާޅުވިއެވެ.

ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ އައު ޤާނޫނުއަސާސީ 2008 ވަނަ އަހަރު ވުޖޫދަށް އައުމުގެ ކުރިން، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމް މަސައްކަތް ކުރަމުންދިޔަ ގޮތުގެ ތާރީޚަށް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ދިވެހިރާއްޖޭގެ ޢަދުލު އިންޞާފު ޤާއިމުކުރުމުގެ ނިޒާމަކީ އަބަދުވެސް ޢުޟުވީގޮތުން ވެރިކަން ހިންގުމުގެ ބާރަށް ތަބާވާ، އިދާރީގޮތުން އެބާރުގެ ބައެއްގެ ގޮތުގައި ހިނގަމުންދިޔަ ނިޒާމެއް ކަމަށާއި، 1980 ވަނަ އަހަރު ދިވެހިރާއްޖޭގެ ހައިކޯޓު އުފެދުނު ނަމަވެސް، ކުރީގެ ދުސްތޫރުތަކުން އެ ކޯޓަށް ވެސް ޢަދުލު އިންޞާފު ޤާއިމުކުރުމުގެ އެންމެ މަތީ ބާރު ލިބިދީފައި ނުވާކަން ފާހަގަކުރެއްވިއެވެ. އެހެންމަވެސް، އެއިރުގައިވެސް ފަނޑިޔާރުންނަކީ މުސްތަޤިއްލު ބައެއްކަން އެމަނިކުފާނު ފާޙަގަކުރެއްވިއެވެ.

"ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ނިޒާމުގައި މަސައްކަތްކުރާ ފަނޑިޔާރުންނަކީ ފަނޑިޔާރުކަމުގެ މަސްއޫލިއްޔަތު އިސްލާމީޝަރީޢަތުގެ އަޙްކާމުތަކާއި ޤާނޫނާ އެއްގޮތްވާގޮތުގެ މަތިން އަދާކުރުމުގައި ވަޡީފީ ގޮތުން އަބަދުވެސް މިނިވަން މުސްތަޤިއްލު ބައެއްކަން ފާޙަގަކުރެވޭ" އެމަނިކުފާނު ވިދާޅުވިއެވެ.

 އެމަނިކުފާނުގެ ވާހަކަފުޅުގައި ސުޕްރީމް ކޯޓުގެ 10 އަހަރުގެ ތާރީޚުގައި ސުޕްރީމް ކޯޓުގެ މަސައްކަތުން ޙާޞިލުކުރެވިފައިވާ ކަންތައްތަކަށް އަލިއަޅުއްވާލެއްވިއެވެ. އެގޮތުން، ޤާނޫނުއަސާސީގައި ކަށަވަރުކޮށްދީފައިވާ އަސާސީ ޙައްޤުތަކާއި، ޤާނޫނުއަސާސީގެ ސިފަތައް ހިމާޔަތްކޮށްދީ، ޤާނޫނުގެ ސިޔާދަތު ނެގެހެއްޓުމަށްޓަކައި މުހިންމު ނިންމުންތަކެއް ނިންމައި، އެ ނިންމުންތަކުގެ ޒަރީޢާއިން މުހިންމު މަބާދިއުތަކާއި އުޞޫލުތަކާއި، ޤަޟާއީ ސަވާބިގުތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކަށައަޅާފައިކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ޢަދުލުއިންޞާފަށް ފަސޭހައިން ވާޞިލުވުން ކަށަވަރުކުރުމަށްޓަކައި، ސުޕްރީމް ކޯޓުގެ ނިންމުންތަކާއި، ރޫލިންގ ތަކާއި، ސަރކިއުލަރ ތަކާއި، އަދި ޝަރީޢަތްކުރުމާބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އެކުލަވާލާފައިވާ ޤަވާޢިދުތަކުންވެސް ބޭނުންތެރި ހަމަތަކާއި އުޞޫލުތަކެއް ތަޢާރަފްކޮށްފައިވާކަން ފާހަގަކުރެއްވިއެވެ.

އޭގެ އިތުރުން، ކުރިމަގަށްޓަކައި ކަނޑައަޅަންޖެހޭ ލަނޑުދަނޑިތަކަށް ވެސް އެމަނިކުފާނުގެ ވާހަކަފުޅުގައި އަލިއަޅުއްވާލެއްވިއެވެ.

"ވަކިވަކި ކޯޓުތަކުން ޝަރީޢަތްކުރުމުގައި މިނިވަންކަމާއި ޢަދުލުވެރިކަމާއެކު ޝަރީޢަތްކުރެވޭނެ މާޙައުލެއް ޤާއިމުކޮށްދިނުމާއި، ކޯތުތަކަށް ހުށަހެޅޭ މައްސަލަތަކުގައި ޝަރީޢަތްކޮށް ޙުކުމްކުރުމުގެ މަރުޙަލާ ދިގުދެމިގެން ނުދާނޭ ފަދަ ގޮތަކަށް ކޭސް މެނޭޖްކުރުން ފަދަ ކަންކަމަކީ، މި ދެންނެވި ގޮތުގެ މަތިން ލަނޑުދަނޑިތަކެއް ކަނޑައެޅިގެންދާއިރު ވިސްނަންޖެހޭ މުހިންމު ބައެއް ކަންކަން"  އެމަނިކުފާނު ވިދާޅުވިއެވެ.

ހަމައެހެންމެ، މި ޒަމާނުގެ ކުރިއަރާފައިވާ އެހެނިހެން ޖުރިސްޑިކްޝަންތަކެކެކޭ އެއް ފަދައިން، ޢަދުލުއިންޞާފު ޤާއިމުކުރުމުގެ ނިޒާމަކީ އިދާރީ އަދި މާލީ ކަންކަމުގައިވެސް މުސްތަޤިއްލުކަމާއެކު ހަރުދަނާ އިންތިޒާމެއްގެ ދަށުން ހިނގާ ނިޒާމަކަށް ހެދުމަކީ ވަރަށް މުހިންމު، ޟަރޫރަތްތެރި ކަމެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. އޭގެ އިތުރުން ކޯޓުތަކުގެ އިދާރީ އޮނިގަނޑު ޒަމާނަށް ފެތޭ ގޮތަށް އިޞްލާޙުކުރުމާއި، ކޯޓުތަކަށް އިންސާނީ އަދި އެހެނިހެން ވަޞީލަތްތައް ހޯދައި ފުރިހަމަކޮށްދިނުމާއި، އިންފޮޝަން އެންޑް ކޮމިއުނިކޭޝަން ޓެކްނޮލޮޖީގެ ވަޞީލަތްތައް އެކަށީގެންވާ ގޮތެއްގައި ކޯޓުތަކުގައި ޤާއިމުކޮށްދިނުމާއި، ފަނޑިޔާޜުންނާއި މުވައްޒަފުންނަށް ބޭނުންވާ ރައްކައުތެރިކަމާއި ސަލާމަތްތެރިކަން ކަށަވަރުކޮށްދިނުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން ހަރުދަނާކުރުމާއި، ދިވެހިރާއްޖޭގެ ޖުޑީޝަލް އެކަޑަމީ ތަރައްޤީކުރުމުގެ މުހިންމުކަން ފާޙަގަކުރެއްވިއެވެ. އެ ލަނޑުދަނޑިތައް ޙާޞިލުކުރުމުގައި އެންމެ ބޮޑު ގޮންޖެހުމަކީ ބަޖެޓުގެ ދަތިކަން ކަން ފާހަގަކުރައްވައި، ދައުލަތުން ދެއްވަންޖެހޭ މާލީ ސަޕޯޓް ދެއްވުމަށް އެމަނިކުފާނު އިލްތިމާސްކުރެއްވިއެވެ.

"ރާއްޖެއާއި ރާއްޖެއިން ބޭރުގެ އެކިއެކި ސްޓޭކްހޯލްޑަރުންގެ އިތުބާރާއި އިޙްތިރާމް ލިބިގެންވާ ނިޒާމަކަށް ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމް ހެދޭނީ، ބަޖެޓަރީ ސަޕޯޓް އަޅުގަނޑުމެންނަށް ލިބިގެން " އެމަނިކުފާނު ވިދާޅުވިއެވެ.

ފާއިތުވި 10 އަހަރުގެ ތެރޭގައި ޤާނޫނުގެ ޙުކުމް ނަގަހައްޓައި، އިސްލާމީ ޝަރީޢަތުގެ އުޞޫލުތަކާއި، ޤާނޫނުއަސާސީ އާއި ޤާނޫނުތަކާއި، ތަހުޒީބު މުޖުތަމަޢުތަކުގައި އިސްތިޤުރާރުވެފައިވާ ޤާނޫނީ ޢާއްމު މަބްދަޢުތަކާ އެއްގޮތްވާގޮތުގެ މަތިން ޢަދުލުއިންޞާފު ޤާއިމުކުރުމުގެ މަސައްކަތުގައި ވަކި ފަރާތަކަށް ބުރަ ނުވެ، ވަކި ފަރާތަކުން ދައްކަފާނެ ބިރަކަށް ޖެހިލުން ނުވެ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ހަރުދަނާކަމާއެކު ކުރަމުން އައި މަސައްކަތް ކުރިޔަތް އޮތް ތަނުގައިވެސް މާﷲ ސުބުޙާނަހޫ ވަ ތަޢާލާގެ ވާގިފުޅާއެކު ކުރިޔަށް ގެންދާނެ ކަމުގެ ޔަޤީންކަން އެމަނިކުފާނު ދެއްވިއެވެ.

މިރޭގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 10 އަހަރު ރަމްޒުކޮށްދޭ ފޮތް އިފްތިތާހް ކުރުން އޮތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 10 އަހަރު ރަމްޒުކޮށްދޭ ފޮތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙާޞިލުކޮށްފައިވާ ކާމިޔާބީތަކާއި، ތަޖުރިބާތަކުގެ އުސްއަލިތަކާއި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓު އެކުލެވިގެންވާ ގޮތާއި، އަދި އެނޫންވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓާ ގުޅޭ މުހިންމު މަޢުލޫމާތުތައް އެއްތަނަކުން ފެންނާނޭގޮތަށް ތައްޔާރުކުރެވިފައިވާ ފޮތެކެވެ. މި ފޮތް އިފްތިތާޙްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ. ފޮތް އިފްތިތާޙްކުރުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ 10 އަހަރާ ގުޅޭ ވީޑިއޯއެއް ދެއްކުން އޮތެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނިންމުންތަކާއި، ކޯޓު ޝެޑިއުލްއާއި، ފޯމްތަކާއި އަދި އެނޫންވެސް މުހިންމު ލިޔުންތައް ފަސޭހަކަމާއެކު ޢާއްމުންނަށް ލިބޭނޭ އިންތިޒާމް ހަމަޖެހިފައި އޮތުމަކީ މުހިންމު ކަމެއް ކަމަށް ވުމާއެކު، 2009 ވަނަ އަހަރު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފުރަތަމަ ވެބްސައިޓް އިފްތިތާޙްކުރެވުނެވެ. އެ ވެބްސައިޓް ރީބްރޭންޑް ކޮށް، ޔޫޒަރ ފްރެންޑްލީ ވެބްސައިޓެއްގެގޮތުގައި އަލުން ފަރުމާކޮށްފައިވުމާއެކު، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހްކުރުން ވެސް މި ރަސްމިއްޔާތުގައި އޮތެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އާ ވެބްސައިޓް އިފްތިތާހްކޮށްދެއްވީ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް ޑރ. އަޙްމަދު ޢަބްދުﷲ ދީދީ އެވެ.

IMG 9178

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ދިގުމުއްދަތަށް ޙިދުމަތްކޮށްދެއްވާފައިވާ މުވައްޒަފުންނަށް އެކަން ފާހަގޮކޮށް އެކަމުގެ އަގުވަޒަންކުރުމުގެ ގޮތުން ހަނދާނީ ލިޔުން ދިނުމާއި، މަސައްކަތުގެ ފެންވަރު ބެލުމުން 70 އިންސައްތަ އިން މަތި ޙާސިލްކޮށްފައިވާ ސުޕްރީމް ކޯޓުގެ މުވައްޒަފުންނަށް ހަނދާނީ ލިޔުން ދިނުމާއި، ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން އިންތިޒާމްކޮށްގެން ކުރިޔަށްދިޔަ 'ޖުޑީޝަރީ ހޭންޑްބޯލް ޓީމް 2018' ގައި ސުޕްރީމް ކޯޓުގެ ޓީމް އެ މުބާރާތުގައި ރަނަރއަޕް ޓީމްގެ މަޤާމު ހާސިލުކޮށްފައިވާތީ، އެ ކާމިޔާބީ ފާހަގަކޮށް، ޓީމްގެ ހުނަރުވެރި ކުޅުންތެރިންނަށް ހަނދާނީ ލިޔުން ދިނުން ވެސް މި ރަސްމިއްޔާތުގައި އޮތެވެ.

ރަސްމިއްޔާތު ނިމިގެން ދިޔައީ ދިވެހިރާއްޖޭ ސުޕްރީމް ކޯޓުގެ 10 ވަނަ އަހަރީ ދުވަހުގެ ކޭކު ފެޅުމުގެ ޚާއްޞަ ވަގުތުކޮޅަށްފަހުގައެވެ.

ދިވެހި ތާރީޚުގައި ސުޕްރީމް ކޯޓެއް ފުރަތަމަ ފަހަރަށް ޤާއިމު ކުރެވުނީ 18 ސެޕްޓެމްބަރު 2008 ވަނަ ދުވަހުއެވެ. އިންތިޤާލީ މަރުޙަލާއާއެކު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ކަނޑައްތު ކުރި 10 އަހަރު ދުވަހުގެ ތެރޭގައި، ގިނަ ކާމިޔާބީތަކެއް ހާސިލުކޮށް، ފާހަގަކުރެވޭ އެތަކެއް ތަޖުރިބާއެއް ވަނީ ކޮށްފައެވެ.

ޤާނޫނީ ވަކީލު އަލްއުސްތާޛު ޢަލީ ޙުސައިން ވަގުތީގޮތުން ސަސްޕެންޑްކުރުން

އަލްއުސްތާޛު ޢަލީ ޙުސައިންއާ ޙަވާލާދީ، "ގޮނޑިއާމެދު ސުޕްރީމް ކޯޓުން ނިންމަންޖެހޭ ނިންމުމެއް ނެތް: ޢަލީ ހުސައިން" މި މައުޟޫޢުގައި 2018 އޮކްޓޫބަރު 05 ވަނަ ދުވަހު http://vnews.mv/103800 ގައި ޝާއިޢުކޮށްފައިވާ ލިޔުމާ ގުޅޭގޮތުން ޢަލީ ޙުސައިންއާ ސުވާލުކުރުމަށްފަހު، ޢަލީ ޙުސައިން ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް ބެލިބެލުމުން، ބ. ކެންދޫ/ މުނިޔާގެ، ޢަލީ ޙުސައިންގެ މި ޢަމަލަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ 3.2 ގެ (ހ)، (ނ)، (ރ) އާ ޚިލާފު ޢަމަލަކަށްވާތީ، އެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ  (ނ) ގެ ދަށުން ޤާނޫނީ ވަކީލު ބ. ކެންދޫ/ މުނިޔާގެ، ޢަލީ ޙުސައިން، ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން 2018 އޮކްޓޫބަރު 22 ވަނަ ދުވަހުން ފެށިގެން 05 މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އިޢުލާން ވިދާޅުވުމަށް

ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއްސުޢޫދުގެ ސަސްޕެންޝަނުގެ މުއްދަތު އިތުރުކޮށްފި

އަލްއުސްތާޛު ޙުސްނުއްސުޢޫދު އޭނާގެ ނަމުގައި ހުޅުވާފައިވާ (@hsuood)  ޓްވިޓަރ އެކައުންޓުން، 2018  ސެޕްޓެންބަރު 24 ވަނަ ދުވަހު ޖުޑީޝަރީއާ ގުޅޭގޮތުން ކޮށްފައިވާ “Supreme court issued an unconstitutional ruling to extend the presidential term in November 2013” ޓްވީޓާއި، އަދި ހަމަ އެ ތާރީޚުގައި،  ޙުސްނުއްސުޢޫދު އާ ޙަވާލާދީ http://vnews.mv/103496) ) ގައި "ސުއޫދު ވިދާޅުވީ 2013 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގައި ދިމާވި މައްސަލަތަކެއްގެ ތެރެއިން އޭރު ރައީސުލްޖުމްހޫރިއްޔާގެ މަގާމުގައި ހުންނެވި ޑރ. މުހައްމަދުގެ ވަހީދުގެ ވެރިކަން ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހަށް ދިގު ދަންމާލީ ސުޕްރީމް ކޯޓުގެ ނިންމުމަކުން ކަމަށެވެ.  ސުޕްރީމް ކޯޓުގެ އެ ނިންމުމަކީ ޣައިރު ގާނޫނީ ނިންމުމެއް..." ކަމަށް ލިޔެފައިވާ ލިޔުމާ ގުޅޭގޮތުން ޙުސްނުއްސުޢޫދުއާ ސުވާލުކުރުމަށްފަހު، ޙުސްނުއްސުޢޫދު ދީފައިވާ ބަޔާނަށް ރިޢާޔަތްކޮށް ބެލިބެލުމުން  ސ. މީދޫ / ހަސަންކާރިގެ، ޙުސްނުއްސުޢޫދުގެ މި ޢަމަލަކީ "ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާޢިދު" ގެ 3.2 ގެ (ހ)، (ނ)، (ރ) އާ ޚިލާފު ޢަމަލަކަށްވާތީ، އެ ޤަވާޢިދުގެ 6 ވަނަ މާއްދާގެ  (ނ) ގެ ދަށުން ޤާނޫނީ ވަކީލު ސ. މީދޫ / ހަސަންކާރިގެ، ޙުސްނުއްސުޢޫދު ދިވެހިރާއްޖޭގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުގައި ވަކާލާތުކުރުން މިއަދުން ފެށިގެން 04 މަސްދުވަހުގެ މުއްދަތަށް މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ވަނީ ނިންމަވާފައެވެ.

އިޢުލާނު ވިދާޅުވުމަށް

ރައްޔިތުންގެ މަޖިލީހުގެ 04 މެންބަރެއްގެ ގޮނޑި ހުސްނުވާކަމަށް މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމްކުރައްވައިފި

ރައްޔިތުންގެ މަޖިލީހުގެ 04 މެންބަރެއްގެ ގޮނޑި ހުސްވެއްޖެކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމެވި ނިންމެވުމަކީ ބާޠިލު ނިންމެވުމެއް ކަމަށް ކަނޑައަޅައިދިނުމަށް އެދި އެ މެންބަރުންގެ ފަރާތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލަތަކަށް މިއަދު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޙުކުމް ކުރައްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރީޢަތްކުރުމާބެހޭ ޖިނާއީ އިޖުރާއާތުގެ ގަވާއިދު ޝާއިޢުކޮށްފި

ޤާނޫނު ނަންބަރު:2016/12 (ޖިނާއީ އިޖުރާއާތުގެ ޤާނޫނު) ގެ 211 ވަނަ މާއްދާގެ (ހ) ގެ (3) ވަނަ ނަންބަރުގެ ދަށުން، ޝަރީޢަތްކުރުމާ ގުޅޭގޮތުން ހަދަންޖެހޭ ގަވާއިދު މިއަދު ޝާއިޢުކޮށްފިއެވެ.

ޖުމްލަ 17 ބާބެއްގެ މައްޗަށް އެކުލެވިގެންވާ މި ގަވާއިދުގައި، ޖިނާއީ މައްސަލަތައް ކޯޓުތަކަށް ހުށަހެޅުމާއި، ހުށަހަޅާ މައްސަލަތައް ކޯޓުތަކުން ބަލައިގަތުމާއި، ޝަރީޢަތް ހިންގުމުގައި ކޯޓުތަކުން ޢަމަލުކުރަންޖެހޭ އެއްގޮތް އުސޫލުތައް ހިމެނެއެވެ. އަދި ކުށުގެ ތުހުމަތުގައި ބަންދުކުރެވޭ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމުގައްޔާއި، ކަފާލާތުގެ ދަށުން ދޫކުރުމާއި، ކޯޓު އަމުރު ނެރުމުގައި ކޯޓުތަކުން ޢަމަލުކުރާނެ އެއްގޮތް އުޞޫލުތަކާއި، ހޭބިއަސް ކޯޕަސް އަމުރު ނެރެމާގުޅޭ އުޞޫލުތައް ހިމެނެއެވެ. އޭގެ އިތުރުން، ޖިނާއީ މައްސަލަތަކުގެ ޝަރީޢަތްތަކާގުޅިގެން ކޯޓަށް މީހުން ހާޒިރުކުރުމުގައި ޢަމަލުކުރަންޖެހޭ އުސޫލުތައް ފަދަ އުސޫލުތައް ވެސް މި ގަވާއިދުގައި ހިމެނެއެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލުން ހުވާކުރުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ދެއްކެވި ވާހަކަފުޅުގައި ފާހަގަ ކުރެއްވި މުހިންމު ކަންތައްތައް

Oathtaking 2018 06 03

  1. ދިވެހިރާއްޖޭގައި އެންމެ ފުރަތަމަ ފަހަރަށް ޤާނޫނީ ވަކީލުން ހުވާ ކުރިތާ، ޖޫން މަހުގެ 17 އަށް، 67 އަހަރު ފާއިތު ވެގެން ގޮސްފައިވާކަން ފާހަގަކުރެއްވައި، އެ ދިގު މުއްދަތުގެ ތެރޭގައި، ޤާނޫނީ ޕްރޮފެޝަން ވަނީ ކުރިއެރުންތަކެއް ޙާޞިލު ކޮށްފައިވާކަން.

އިތުރަށް ވިދާޅުވުމަށް...

antalya bayan escort
kadikoy escort
bodrum escort
eskisehir escort
free sex video
sex watch
porn
kartal escort
izmit escort
freehdporn.mobi
porno