Bursa Escort - escort bayan - görükle Escort

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ އަރިސްކުރުން.

ދިވެހިރާއްޖޭގެ ނަޞްރުގެ ދުވަހުގެ ހެޔޮއެދުންތަކާއި ތަހުނިޔާ ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އަރިސްކުރައްވައިފިއެވެ.

nasruge dhuvas-website

ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންދާ މައްސަލާގައި ފިޔަވަޅު އަޅައިފި

ޤާނޫނީ ވަކީލު އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ކޯޓުތަކުގެ ޙުރުމަތް ކަނޑަމުންދާ މައްސަލަ ބަލައި، އެމައްސަލާގައި ވަކިގޮތެއް ނިމެންދެން، އަލްއުސްތާޛު ޙުސްނުއް ސުޢޫދާއި، އަލްއުސްތާޛު ޢަލީ ޙުސައިން ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީ ގޮތުން މަނާކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން މިއަދު ނިންމަވައިފިއެވެ. މިފިޔަވަޅު އަޅާފައިމިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާއިދު އާއި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދު އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުންނެވެ.

 

ކޯޓުތަކުގައި ވަކާލާތުކުރުން ވަގުތީގޮތުން މަނާކޮށްފައިވާކަން ޢާންމުކޮށް އެންގުމަށްޓަކައި ކުރި އިޢުލާނު ވިދާޅުވުމަށް

ދިވެހިރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓިފައިވާކަން ކަށަވަރުކޮށްދިނުމަށާއި އަދި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމަށްޓަކައި ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމާގުޅޭ ނޫސް ބަޔާން

SC2

ދިވެހިރާއްޖޭގައި ރޫލް އޮފް ލޯ ނެގެހެއްޓިފައިވާކަން ކަށަވަރުކޮށްދިނުމަށާއި އަދި ކޯޓުގެ ހުރުމަތް ރައްކާތެރިކުރުމަށްޓަކައި ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީގެ 141 ވަނަ މާއްދާގެ (ނ) އާއި (ރ) އަށް ރިއާޔަތްކޮށް، ޤާނޫނީ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު އާއި ސުޕްރީމް ކޯޓުގެ ޤަވާއިދު އާއި ކޯޓުގެ ޙުރުމަތް ރައްކާތެރިކުރުމުގެ ޤަވާއިދު އާއި ދިވެހިރާއްޖޭގެ ކޯޓުތަކުގައި ވަކާލާތުކުރާ ޤާނޫނީ ވަކީލުންނާބެހޭ ޤަވާއިދުގެ ދަށުން، އަޅަމުން ގެންދާނެ ކަމަށާއި އަދި އެފަދަ އަމަލެއް ކުރި ފަރާތަކީ ޤާނޫނީ ވަކީލެއް ކަމުގައިވާނަމަ އެފަދަ ފަރާތެއްގެ ވަކާލާތުކުރުމުގެ ހުއްދަ ވަކި މުއްދަތަކަށް ނުވަތަ ދާއިމީކޮށް ބާޠިލް ކުރެވޭނެކަން އާއްމުކޮށް އަންގަވައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނޫސް ބަޔާނެއް ނެރުއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ޅ. ނައިފަރު / ގުލްޗަމްޕާގެ، އަޙްމަދު ޝިޔާމް އާ ސ. ހުޅުދޫ / މޭވާގަސްދޮށުގެ، މުޙައްމަދު ޝާހިދުގެ މައްޗަށް ދައުވާކޮށް މއ. ކިނބިގަސްދޮށުގެ / މާލެ، މައުމޫން ޢަބްދުލްޤައްޔޫމްގެ ފަރާތުން އިސްތިއުނާފުކުރުމުގެ ހުއްދައަށް އެދޭ މައްސަލަ ނިންމިގޮތް

މި މައްސަލައަކީ،ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީ.ޕީ.އެމް)ގެ ސިޔާސީ ޙަރަކާތްތައް ހުއްޓިފައި އޮންނަ އޮތުން ނިންމުމަކަށް ގެނެސް، އެ ޕާޓީ ހިންގޭނެ ގޮތެއް ކަޑައަޅައިދިނުން އެދި ޕީ.ޕީ.އެމްގެ ދެ މެންބަރަކު ސިވިލް ކޯޓަށް ހުށަހެޅުމުން އެ ކޯޓުގެ ނަންބަރު 1586/Cv-C/2016 ޤަޟިއްޔާގައި، ޕީ.ޕީ.އެމްގެ މެންބަރުންނާއި ދިވެހި ރައްޔިތުންގެ އެންމެ މަތީ މަޞްލަޙަތުތަކާ އެއްގޮތްވާ ގޮތުގެމަތިން، ޕީ.ޕީ.އެމްގެ ހިންގުން ކަށަވަރުކުރުމަށްޓަކައި، ޕީ.ޕީ.އެމްގެ ކައުންސިލުން ޕީ.ޕީ.އެމް ހިންގުމާމެދު އެހެން ގޮތަކަށް ކަނޑައަޅަންދެން، ޕީ.ޕީ.އެމްގެ ހިންގުމާ ޙަވާލުވެ، ހިންގުމާބެހޭ އެންމެހައި ޒިންމާ އުފުލަންޖެހޭ ފަރާތަކީ، ޕީ.ޕީ.އެމްގެ މުޝްތަޝާރު ކަމުގައި ކަނޑައަޅައި، 16 އޮކްޓޯބަރ 2016 ވަނަ ދުވަހުން ފެށިގެން 24 (ސައުވީސް) ގަޑިއިރު ތެރޭގައި ޕީ.ޕީ.އެމްގެ ކައުންސިލްގެ ރަސްމީ ޖަލްސާއެއް ބޭއްވުމަށް، ޕީ.ޕީ.އެމްގެ މުސްތަޝާރުގެ މައްޗަށް އަމުރުކޮށް ނިންމި ނިންމުމަށް ތާއީދުކޮށް، ހައިކޯޓުގެ ނަންބަރު 2016/HC-A/464 ޤަޟިއްޔާގައި ނިންމި ނިންމުމާމެދު ދަޢުވާ ލިބުނު ފަރާތުން ހިތް ހަމަނުޖެހިގެން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިލްތިމާސް ކުރުމުގެ ހުއްދައަށް އެދި ހުށަހެޅުމުން ބެލުނު މައްސަލައެކެވެ.

އިތުރަށް ވިދާޅުވުމަށް...

އިންޑިއާގެ އުއްތަމަ ފަނޑިޔާރުގެ ރަސްމީ ދަޢުވަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިންޑިއާއަށް ކުރެއްވި ދަތުރުފުޅު ނިންމަވާލެއްވުން

India-SCmeeting

އިންޑިއާގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް ޓީ.އެސް. ޓާކޫރުގެ ރަސްމީ ދަޢުވަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އިންޑިއާގެ ނިއުދިއްލީއަށް ކުރެއްވި ދަތުފުޅު ނިންމަވާލެއްވުމަށްފަހު،އެނބުރި މާލެ ވަޑައިގަންނަވައިފިއެވެ.

އުއްތަމަ ފަނޑިޔާރުގެ މި ދަތުރުފުޅަކީ އިންޑިއާގެ ޝަރުޢީ ނިޒާމް ހިނގަމުންދާގޮތް ދެނެގަތުމަށާއި، އިންޑިއާގެ ޝަރުޢީ ދާއިރާގައި އާބިޓްރޭޝަންއާ ގުޅޭގޮތުން ޢަމަލުކުރަމުންދާގޮތް ދެނެގަތުމުގެ އިތުރުން، ބޭރުގެ އެކި ޤައުމުތަކުގެ ޝަރުއީ ދާއިރާތައް ހިނގަމުންދާ ގޮތްތަކާގުޅޭ މަޢުލޫމާތު ޙިއްޞާކުރުމަށްޓަކައި ބޭއްވުނު "ގްލޯބަލް ކޮންފަރެންސް އޮން ނޭޝަނަލް އިނިޝިއޭޓިވް ޓްވަރޑްސް ސްޓްރެންތެނިންގ އާބިޓްރޭޝަން އެންޑް އެންފޯސްމަންޓް އިން އިންޑިއާ" ގައި ބައިވެރިވެވަޑައިގެންނެވުމަށްޓަކައި ކުރެއްވި ދަތުރުފުޅެކެވެ.

އިތުރަށް ވިދާޅުވުމަށް...

އިންޑިއާގެ އުއްތަމަ ފަނޑިޔާރުގެ ރަސްމީ ދަޢުވަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އިންޑިއާއަށް ވަޑައިގަންނަވައިފި

CJTrip-to-India

އިންޑިއާގެ އުއްތަމަ ފަނޑިޔާރު މިސްޓަރ ޓީ.އެސް. ޓާކޫރުގެ ރަސްމީ ދަޢުވަތަކަށް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު އިންޑިއާގެ ނިއުދިއްލީއަށް އިއްޔެ ވަޑައިގަންނަވައިފިއެވެ. އުއްތަމަ ފަނޑިޔާރުގެ މިދަތުރުފުޅުގައި؛

އިންޑިއާގެ ޝަރުޢީ ނިޒާމް ހިނގާގޮތް ދެނެގަތުމުގެ އިތުރުން، ބޭރުގެ އެކިއެކި ގައުމުތަކުގެ ޝަރުޢީ ދާއިރާއާއި އިންޑިއާގެ ޝަރުޢީ ދާއިރާގައި އާބިޓްރޭޝަންއާ ގުޅޭގޮތުން ޢަމަލުކުރަމުންދާގޮތް ދެނެގަނެގަތުމަށްޓަކައި 3 ދުވަހުގެ މުއްދަތަށް ބާއްވާ ކޮންފަރެންސްގައި ބައިވެރިވެ ވަޑައިގަންނަވާނެއެވެ.

އިތުރަށް ވިދާޅުވުމަށް...

ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ރަސްމިއްޔާތުގައި ދިވެހިރައްޖޭގެ އުއްތަމަފަނޑިޔާރު ދެއްކެވި ވާހަކަފުޅު

Legal-Practitioners2016

ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމުގެ ޤަވާޢިދު (ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/SC-RU/03ރޫލިންގ) ގެ ދަށުން ދިވެހިރާއްޖޭގައި ޤާނޫނީ ވަކީލެއްގެ ހައިސިއްޔަތުން މަސައްކަތްކުރުމުގެ ހުއްދަ ދިނުމަށްޓަކައި 2016 އޮކްޓޫބަރު 17 ވަނަ ދުވަހު ބޭއްވި ފުރަތަމަ ރަސްމިއްޔާތުގައި، ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރައްވައި ލީގަލް ފްރެޓަރނިޓީއާ ގުޅިވަޑައިގެންނެވި ޤާނޫނީ ވަކީލުންނާ މުޚާތަބުކުރައްވައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ވާހަކަފުޅުދެއްކެވިއެވެ. އެމަނިކުފާނުގެ ވާހަކަފުޅުގައި ޤާނޫނީ ވަކީލުކަމުގެ ހުވާ ކުރެއްވި ޤާނޫނީ ވަކީލުންނަށް،ދިވެހިރާއްޖޭގެ ޝަރުޢީ ނިޒާމުގެ ނަމުގައްޔާއި އެމަނިކުފާނުގެ އަމިއްލަ ނަންފުޅުގައި ހެޔޮ އެދުންތަކާއި ތަހުނިޔާ ރައްދު ކުރެއްވުމަށް ފަހު ފާހަގަ ކުރެއްވި ނުކުތާތައް ތިރީގައިއެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

ޢާއިލާއާބެހޭ ޤަވާޢިދަށް 2 ވަނަ އިސްލާޙް ގެންނަވައިފި

ޢާއިލާއާބެހޭ ޤަވާޢިދަށް ގެނެވުނު ދެވަނަ އިޞްލާޙުގައިވާގޮތުން، ޢާއިލާއާބެހޭ ޤާނޫނުގެ 9 ވަނަ މާއްދާގެ (ށ) ގައިވާ ފަދައިން ޙާކިމުގެ ވަލީ ދޭންޖެހިއްޖެނަމަ، ޙާކިމުގެ ވަލީއަށް ކާވެނިކުރުމުގެ ހުއްދަދޭނީ ދިވެހިރާއްޖޭގެ ސުޕްރީމްކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުގެ ލަފާގެ މަތިން ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރެވެ.

އަދި މީގެއިތުރުން ޤަވާޢިދުގެ 85 ވަނަ މާއްދާގެ (ށ) އަށް ގެނެސްފައިވާ އިޞްލާޙުގައި، މީލާދީގޮތުން 18 އަހަރު ނުފުރޭ ކުއްޖެއްގެ ކާވެނި ކޮށްދިނުމުގެކުރިން، މިނިސްޓްރީ އޮފް ޖެންޑަރ އެންޑް ފެމިލީގެ އެސެސްމެންޓް ރިޕޯޓާއެކު ޢާއިލާއާބެހޭ ކޯޓުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށް ހުށަހަޅައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ހުއްދަ ހޯދަންވާނެކަމަށް ބަޔާންކޮށްފައިވެއެވެ.


ޢާއިލާއާބެހޭ ޤަވާޢިދަށް 2 ވަނަ އިޞްލާޙް ގެނައުމުގެ ޤަވާޢިދު އިތުރަށް ވިދާޅުވުމަށް 

"ވޯލްޑް ޑޭ އަގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް" ގެ މުނާސަބަތުގައި ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ފޮނުއްވާ ޚިޠާބު

އިންސާނީ ވަގުފާރިއާދެކޮޅަށް ކުރެވޭ މަސައްކަތުގެ އަގު ވަޒަންކުރުމުގެ މަޤުޞަދުގައި، ދުނިޔޭގެ ފެންވަރުގައި މިއަދު ފާހަގަކުރަމުންމިދާ "ވޯލްޑް ޑޭ އަގެއިންސްޓް ޓްރެފިކިންގ އިން ޕަރސަންސް" ގެ މުނާސަބަތުގައި އަޅުގަނޑުގެ އެންމެ އިސް ވާޖިބެއްގެ ގޮތުގައި ދެކެނީ، މި ލާއިންސާނީ ޢަމަލާދެކޮޅަށް އަޅުގަނޑުމެން ކުރަމުންމިގެންދާ މަސައްކަތުގައި އެހީތެރިވެދެއްވާ ދިވެހިރައްޔިތުންނާއި ދައުލަތުގެ އިދާރާތަކަށް ވަރަށް އިޚްލާޞްތެރިކަމާއެކު ޝުކުރުދަންނަވައި، އަޅުގަނޑުމެންގެ މި މަސައްކަތުގައި ބަރަކާތްލެއްވުން އެދި اللّـه سبحـانـه وتعـالىގެ  ޙަޟުރަތަށް ދުޢާ ދެންނެވުމެވެ.

ހިއުމަން ޓްރެފިކިންގ ނުވަތަ އިންސާނީ ވަގުފާރިއަކީ، މީހުންގެ ނުރުހުމުގައި ގަދަކަމުން އެމީހުންލައްވައި ތަފާތު އެކި މަސައްކަތްތައް ކުރުވުމާއި، މީހުން އަޅުވެތިކުރުވައި އެމީހުންގެ ކިބައިން ނާޖާއިރު މަންފާތައް ހޯދުން ހިމެނިގެންވާ ލާއިންސާނީ ޢަމަލެކެވެ. މީހަކަށް މަޖުބޫރުކޮށްގެން ނުވަތަ އޮޅުވާލައިގެން މީހަކު ގެންގުޅުމާއި، އެފަދަ ގޮތަކަށް މީހުން އެއްތަނުން އަނެއްތަނަށް ގެންދިއުމާއި، އަދި މިނޫންވެސް އަޅުވެތިކުރުންކަމަށް ބެލެވޭފަދަ ގޮތްގޮތަށް މީހުންނާމެދު ޢަމަލުކުރުމަކީ އިންސާނީ ވަގުފާރީގެ ޢަމަލުތަކުގެ ގޮތުގައި ބެލެވިގެންދާ ކަންކަމެވެ.

އިތުރަށް ވިދާޅުވުމަށް...

"ލީގަލް އެއިޑް ކޮންފަރެންސް" ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅު

ލީގަލް އެއިޑް ދިނުމުގައި މިހާރު ކުރިމަތިވަމުންދާ ގޮންޖެހުންތައް ދެނެގަނެ، މިގޮންޖެހުންތަކަށް ޙައްލެއް ހޯދުމުގެ ގޮތުންނާއި، މިމަސައްކަތް ހަރުދަނާކަމާއެކު ކުރިޔަށް ގެންދިއުމުގެ މަޤުޞަދުގައި އެޓަރނީ ޖެނެރަލްގެ އޮފީހާއި ޔޫ.އެން.ޑީ.ޕީ އާއި، ފެމިލީ ޕްރޮޓެކްޝަން އޮތޯރިޓީ ގުޅިގެން ބަނޑޮސް އައިލެންޑް ރިސޯރޓްގައި މިއަދު ފަށައިގެން ކުރިޔަށްދާ ކޮންފަރެންސް ފެށުމުގެ ރަސްމިއްޔާތުގައި ދިވެހިރާއްޖޭގެ އުއްތަމަފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛު ޢަބްދުﷲ ސަޢީދު ބައިވެރިވެވަޑައިގެން ދެއްކެވި ވާހަކަފުޅުގައި ފާހަގަކުރައްވާފައިވާ ބައެއް ކަންތައްތައް ތިރީގައިއެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ އެންމެހައި ޢަމަލުތަކުން އެއްކިބާވެތިބުމަށް އަންގަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނޫސް ބަޔާނެއް ނެރުއްވައިފި

SC2

ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ އެންމެހައި ޢަމަލުތަކުން އެއްކިބާވެތިބުމަށް އަންގަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުންމިރޭ ނޫސް ބަޔާނެއް ނެރުއްވައިފިއެވެ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނޫސް ބަޔާނުގައި، ދިވެހިރާއްޖޭގެ ކޯޓުތަކާއި ކޯޓުތަކުން ބަލަމުންދާ މައްސަލަތަކާ ގުޅިގެން ހިނގާ ކަންކަމުގައި ޤާނޫނުތަކާއިޤަވާޢިދުތަކުގެ ޙުދޫދުގެ ތެރޭގައި ހުރިހައި އެންމެންގެ ވެސް ޢަމަލުތަކާއި ބަސްމަގު ބެހެއްޓުމަށާއި، ދިވެހިރާއްޖޭގެޖުމްހޫރިއްޔާގެ ޤާނޫނު އަސާސީއާ ޚިލާފަށް ޝަރީޢަތަށް ނުފޫޒު ފޯރުވުމުގެ އެންމެހައި ޢަމަލުތަކުން އެއްކިބާ ވެތިބުމަށްތަކުރާރުކޮށް އަންގަމުން ދިއުމާއެކު ވެސް ޝަރީޢަތަށް ނުފޫޒު ފޯރުވޭ ގޮތަށް ނުވަތަ އެފަދަ ނިޔަތެއްގައި ޝަރީޢަތާ ގުޅޭކަންކަމުގައި ބަޔާން ދިނުމާއި މީޑިއާގެ ވަސީލަތްތަކުގައި ޝާއިޢު ކުރުމަކީ މަނާ ކަމަކަށް ވާތީ، ދިވެހިރާއްޖޭގެ ސުޕްރީމްކޯޓަށް ލިބިގެންވާ ޤާނޫނުއަސާސީ އާއި ޤާނޫނުތަކުގެ ބެލެނިވެރިކަމުގެ ޙައިޘިއްޔަތުގެ މައްޗަށް ރިޢާޔަތް ކޮށް، އެފަދައެއްވެސް ޢަމަލެއް އެއްވެސް ފަރާތަކުން ތަކުރާރު ނުކުރުމަށާއި ތަކުރާރުކޮށް އެފަދަ ޢަމަލުތައް ހިންގާ ފަރާތްތަކާ މެދުޤާނޫނީގޮތުން އަޅާން ޖެހޭ ފިޔަވަޅުތައް އެއްވެސް އިސްތިސްނާއެއް ނެތި އަޅަމުން ގެންދާނެކަމުގައި ވަނީ އަންގަވާފައެވެ.

އިތުރަށް ވިދާޅުވުމަށް...

antalya bayan escort
bodrum escort
konya escort
astropay bozdurma
beylikdz escort istanbul escort beylikduzu escort ataky escort
sex watch
cankaya escort