Bursa Escort - escort bayan - görükle Escort

ތުރާފިލުވުމުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސަރކިއުލަރ އެއް ނެރުއްވައިފި

ތުރާފިލުވުމުގެ މައްސަލަތައް ކޯޓަށް ހުށަހެޅުމާ ބެހޭ ގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ސަރކިއުލަރ އެއް ނެރުއްވައިފިއެވެ. 10 ސެޕްޓެމްބަރު 2015 ގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވި ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ ކަންތައްތައް ތިރީގައިއެވަނީއެވެ.

އިތުރަށް ވިދާޅުވުމަށް...

"މިނިވަން 50 ގެ ސްޓޭމްޕް" ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރަށް އަރުވައިފި

ދިވެހިރާއްޖޭގެ މިނިވަންކަމަށް 50 އަހަރު ފުރުމުގެ ޚާއްޞަ މުނާސަބަތާ ގުޅިގެން މޯލްޑިވްސް އިންލެންޑް ރެވެނިއު އޮތޯރިޓީން ނެރުއްވި 10000 ރުފިޔާގެ ރެވެނިއު ސްޓޭމްޕް ދިވެހިރާއްޖޭގެ އުއްތަމަ ފަނޑިޔާރު އޮނަރަބަލް އަލްއުސްތާޛް ޢަބްދުﷲ ސަޢީދަށް އަރުވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފުކުރުމުގެ މުއްދަތު

ހައިކޯޓުން ނިންމާ މައްސަލަތައް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގައި އިސްތިއުނާފު ކުރުމުގެ މުއްދަތަކީ، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޤަވާޢިދުގެ 39 ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތީން، ހައިކޯޓުން އެ ނިންމުމެއް ނިންމިތާ 60 (ފަސްދޮޅަސް) ދުވަހެވެ. މި 60 (ފަސްދޮޅަސް) ދުވަސް ގުނާނީ ހައިކޯޓުން މައްސަލަ ނިންމި ދުވަހާއި، މުއްދަތު ހަމަވާ ދުވަހާއި، އެ ދެމެދަށް އަންނަ ސަރުކާރު ބަންދު ދުވަސްތައް ނުހިމެނޭ ގޮތަށެވެ.

ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމާއި ގުޅޭ ގޮތުން ޢާއްމު ސިޓީއެއް ނެރުއްވައިފި

ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމާ ނިންމުންތައް ހައިކޯޓާއި ދިވެހިރާއްޖޭގެ 02 ސަރަޙައްދުގައި ޤާއިމުކުރާ ހައިކޯޓުގެ ގޮފިތަކުގައި އިސްތިއުނާފު ކުރުމުގެ މުއްދަތު ގުނުމާއި ގުޅޭ ގޮތުން ޢާއްމު ސިޓީއެއް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވައިފިއެވެ.

އިތުރަށް ވިދާޅުވުމަށް...

10 ދުވަހުގެ ތެރޭގައި އިސްތިއުނާފު ކުރުމަށް އެދި ހުށަހަޅަންޖެހޭނީ، 15 ފެބްރުއަރީ 2015 އިން ފެށިގެން ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތައް

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރގެ ޖަދުވަލު 1 ގައިވާ "ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ނިންމަ ނިންމުންތައް އިސްތިއުނާފުކުރުމަށް އެދި ހުށަހަޅާ ފޯމު" ހަމަޖެހިފައިވާ ގަވާއިދާ އެއްގޮތްވާ ގޮތުގެ މަތިން 10 ދުވަހުގެ ތެރޭގައި އެ މައްސަލައެއް ނިންމި ކޯޓަށް ނުވަތަ ޓްރައިބިއުނަލަށް އިސްތިއުނާފުކުރުމަށްޓަކައި ހުށަހަޅަންޖެހޭނީ، 15 ފެބްރުއަރީ 2015 އިން ފެށިގެން ފުރަތަމަ މަރުޙަލާގެ ކޯޓުތަކާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމާ ނިންމުންތަކުގައި ކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވައިފިއެވެ. މިގޮތަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވާފައިވަނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/04 ޢާއްމު ސިޓީންނެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާއްމު ސިޓީ ވިދާޅުވުމަށް

ރަސްމީ ސިޓީތަކުގައި ސޮއިކުރުމާއި ސިޓީ އެޑްރެސްކުރުމާ ބެހޭގޮތުން ނެރެފައިވާ ނަންބަރު SC/2012/02 ސަރކިއުލަރގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވައިފި

ރަސްމީ ސިޓީތަކުގައި ސޮއިކުރުމާއި ސިޓީ އެޑްރެސްކުރުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު SC/2012/02 ސަރކިއުލަރގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިއުމަށް ދަންނަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢާއްމު ސިޓީއެއް ނެރުއްވައިފިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ސަރުކާރު އޮފީސްތަކަށާއި ދައުލަތުގެ މިނިވަން މުއައްސަސާތަކަށާއި މުސްތަޤިއްލު ކޮމިޝަންތަކަށާއި މުސްތަޤިއްލު އިދާރާތަކަށް ފޮނުވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2012/02 ސަރކިއުލަރގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/03 ޢާއްމު ސިޓީއިން ވަނީ އަންގަވާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކައި މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު އިދާރާތަކާއި ކޯޓުތަކާއި މިނޫންވެސް ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ދިވެހިރާއްޖޭގެ ކޯޓުތަކަށް ފޮނުވާ ސިޓީތަކުގައި ސޮއިކުރުމާއި އެޑްރެސްކުރުމުގައި ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2012/02 ސަރކިއުލަރގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާއްމު ސިޓީއިން ވަނީ އަންގަވާފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/03 ޢާއްމު ސިޓީ ވިދާޅުވުމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2012/02 ސަރކިއުލަރ ވިދާޅުވުމަށް

ކޯޓުތަކުގެ ޤާނޫނުގެ 2 މާއްދާއަކާއި ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާއެއް ބާޠިލްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޫލިންގއެއް ނެރުއްވައިފި

ކޯޓުތަކުގެ ޤާނޫނުގެ 2 މާއްދާއަކާއި ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާއެއް ބާޠިލުކޮށް 27 ޖަނަވަރީ 2015 ވީ ހުކުރު ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޫލިންގ އެއް ނެރުއްވައިފިއެވެ. ދިވެހިރައްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2015/SC-RU/01 ރޫލިންގ ގެ ދަށުން ބާޠިލު މާއްދާތަކެއް ކަމުގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި އާއި 42 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ށ) އެވެ. ބަޔާންވެދިޔަ މާއްދާތަކަކީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުންނާއި ޓްރައިބިއުނަލް ތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރެވޭނެ މުއްދަތުތައް ކަނޑައަޅާފައިވާ މާއްދާތަކެވެ. މި މާއްދާތަކަކީ ބާޠިލު މާއްދާތަކެއްކަމަށް ކަނޑައެޅުއްވުމާއެކު، 15 ފެބްރުއަރީ 2015 ވާ އާދީއްތަ ދުވަހުން ފެށިގެން ފުރަތަމަ މަރުޙަލާގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގައި ޢަމަލުކުރަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ވެސް މި ރޫލިންގ ގައި ވަނީ ކަނޑައަޅުއްވާފައެވެ.

ދިވެހިރައްޖޭގެ ސުޕްރީމްކޯޓުގެ ރޫލިންގ ވިދާޅުވުމަށް

antalya bayan escort
bodrum escort
konya escort
astropay bozdurma
beylikdz escort istanbul escort beylikduzu escort ataky escort
sex watch
cankaya escort