ކޯޓުތަކުގެ ޤާނޫނުގެ 2 މާއްދާއަކާއި ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާއެއް ބާޠިލްކޮށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޫލިންގއެއް ނެރުއްވައިފި

ކޯޓުތަކުގެ ޤާނޫނުގެ 2 މާއްދާއަކާއި ވަޒީފާއާބެހޭ ޤާނޫނުގެ މާއްދާއެއް ބާޠިލުކޮށް 27 ޖަނަވަރީ 2015 ވީ ހުކުރު ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ރޫލިންގ އެއް ނެރުއްވައިފިއެވެ. ދިވެހިރައްޖޭގެ ސުޕްރީމްކޯޓުގެ ނަންބަރު 2015/SC-RU/01 ރޫލިންގ ގެ ދަށުން ބާޠިލު މާއްދާތަކެއް ކަމުގައި ކަނޑައަޅުއްވާފައިވަނީ ޤާނޫނު ނަންބަރު 2010/22 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނު) ގެ 15 ވަނަ މާއްދާއާއި އާއި 42 ވަނަ މާއްދާއާއި ޤާނޫނު ނަންބަރު 2008/2 (ވަޒީފާއާބެހޭ ޤާނޫނު) ގެ 85 ވަނަ މާއްދާގެ (ށ) އެވެ. ބަޔާންވެދިޔަ މާއްދާތަކަކީ ފުރަތަމަ މަރުޙަލާގެ ކޯޓުތަކުންނާއި ޓްރައިބިއުނަލް ތަކުން ނިންމާ މައްސަލަތައް އިސްތިއުނާފުކުރެވޭނެ މުއްދަތުތައް ކަނޑައަޅާފައިވާ މާއްދާތަކެވެ. މި މާއްދާތަކަކީ ބާޠިލު މާއްދާތަކެއްކަމަށް ކަނޑައެޅުއްވުމާއެކު، 15 ފެބްރުއަރީ 2015 ވާ އާދީއްތަ ދުވަހުން ފެށިގެން ފުރަތަމަ މަރުޙަލާގެ ކޯޓުތަކުންނާއި ޓްރައިބިއުނަލްތަކުން ކުރާ ޙުކުމްތަކާއި ނިންމުންތައް ދިވެހިރާއްޖޭގެ ހައިކޯޓުގައި އިސްތިއުނާފުކުރުމުގައި ޢަމަލުކުރަންވާނީ ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/06/SC ސަރކިއުލަރ ގައި ބަޔާންކޮށްފައިވާ ގޮތުގެ މަތިން ކަމަށް ވެސް މި ރޫލިންގ ގައި ވަނީ ކަނޑައަޅުއްވާފައެވެ.

ދިވެހިރައްޖޭގެ ސުޕްރީމްކޯޓުގެ ރޫލިންގ ވިދާޅުވުމަށް