ރަސްމީ ސިޓީތަކުގައި ސޮއިކުރުމާއި ސިޓީ އެޑްރެސްކުރުމާ ބެހޭގޮތުން ނެރެފައިވާ ނަންބަރު SC/2012/02 ސަރކިއުލަރގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިއުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން އަންގަވައިފި

ރަސްމީ ސިޓީތަކުގައި ސޮއިކުރުމާއި ސިޓީ އެޑްރެސްކުރުމާ ބެހޭގޮތުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނަންބަރު SC/2012/02 ސަރކިއުލަރގައިވާ ގޮތުގެ މަތިން ޢަމަލުކުރަމުން ގެންދިއުމަށް ދަންނަވައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ޢާއްމު ސިޓީއެއް ނެރުއްވައިފިއެވެ. އެގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކާއި ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަނުން، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ސަރުކާރު އޮފީސްތަކަށާއި ދައުލަތުގެ މިނިވަން މުއައްސަސާތަކަށާއި މުސްތަޤިއްލު ކޮމިޝަންތަކަށާއި މުސްތަޤިއްލު އިދާރާތަކަށް ފޮނުވާ ސިޓީތަކާއި ލިޔުންތަކުގައި ސޮއިކުރުމުގައި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2012/02 ސަރކިއުލަރގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/03 ޢާއްމު ސިޓީއިން ވަނީ އަންގަވާފައެވެ. އަދި ސަރުކާރުގެ އޮފީސްތަކާއި ދައުލަތުގެ މިނިވަން މުއައްސަސާތަކައި މުސްތަޤިއްލު ކޮމިޝަންތަކާއި މުސްތަޤިއްލު އިދާރާތަކާއި ކޯޓުތަކާއި މިނޫންވެސް ފަރާތްތަކުން ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓަށާއި ދިވެހިރާއްޖޭގެ ކޯޓުތަކަށް ފޮނުވާ ސިޓީތަކުގައި ސޮއިކުރުމާއި އެޑްރެސްކުރުމުގައި ވެސް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2012/02 ސަރކިއުލަރގައިވާ ގޮތުގެ މަތިން ޢަމަލުކުރުމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ޢާއްމު ސިޓީއިން ވަނީ އަންގަވާފައެވެ.
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2015/03 ޢާއްމު ސިޓީ ވިދާޅުވުމަށް
ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު SC/2012/02 ސަރކިއުލަރ ވިދާޅުވުމަށް