04 ފެބްރުވަރީ 2018 ވަނަ ދުވަހު ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނޫސް ބަޔާން

TwitTer PressRelease

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނަންބަރު 2018/SC-SJ/01 ކޯޓު އަމުރުގައިވާ ކަންތައްތައް ތަންފީޒުކުރުމުގައި އިތުރު އިރުޝާދާއި މަޝްވަރާއަށް ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހުން އެދިލައްވާފައިވާ މައްސަލައިގައި، ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ އިސްވެ ދެންނެވުނު ކޯޓު އަމުރު ތަންފީޒުކުރަންޖެހޭ ދައުލަތުގެ ކަމާބެހޭ ފަރާތްތަކަށް، އެ އަމުރު ތަންފީޒުކުރުމަށް ޤާނޫނީގޮތުން ހުރަސް އެޅިދާނެ އެއްވެސް ސަބަބެއް ނެތްކަމަށާއި އަދި އެ އަމުރުގައިވާ ގޮތުގެމަތިން އަލުން ޝަރީޢަތް ހިންގަންޖެހޭ ފަރާތްތަކުގެ ޝަރީޢަތް ހިންގުމަށްޓަކައި ޤާނޫނީގޮތުން އަޅަންޖެހޭ ފިޔަވަޅެއް ވާނަމަ އެކަން ކަމާބެހޭ ކޯޓަށް ހުށަހަޅުއްވައިގެން ކުރިއަށް ގެންދެވުމަށް ޕްރޮސިކިއުޓަރ ޖެނެރަލްއަށް ޤާނޫނީ ގޮތުން އެއްވެސް ހުރަހެއް ނެތްކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ މަޖިލީހުން ކަނޑައަޅުއްވާފައިވާތީ، އެކަން 04 ފެބްރުވަރީ 2018 ގައި ޕްރޮސިކިއުޓަރ ޖެނެރަލްގެ އޮފީހަށް އެންގިފައިވާކަމަށް ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނެރުއްވާފައިވާ ނޫސް ބަޔާނުގައި ވަނީ ޢާންމުކުރައްވާފައެވެ.

ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ނޫސް ބަޔާން ވިދާޅުވުމަށް